މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އެމްޑީޕީގެ ރިޔާސީކެންޑިޑޭޓާއި ގައުމީ މަޖިލިސް

މޭއި 4، 14:35 1 ޚިޔާލު

އެމްޑީޕީގެ ރިޔާސީކެންޑިޑޭޓެއް ހޮވުމަށް ދާދި ފަހުން އެޕާޓީގެ އިންތިޚާބުވަނީ ބާއްވާފައެވެ. އާންމު ހުރިހާ މެންބަރުން ވޯޓުލައިގެން ރިޔާސީ ކެންޑިޑޭޓަކު މިހާރު މިވަނީ ކަނޑައަޅާފައެވެ. ރިޔާސީ ކެންޑިޑޭޓެއް ހޮވާނުނިމި އުޅެނިކޮށް ކުއްލި އަކަށް އަޑު އިވިގެން މިދިޔައީ އެޕާޓީގެ ގައުމީ މަޖިލިހުން އާންމު މެންބަރުންގެ ނިންމުން ބަދަލުކުރި ވާހަކައެވެ. އެމްޑީޕީ ހިމެނޭ އިއްތިހާދެއްގެ އެއްކެނޑިޑޭޓެއް ނެރުމަށް ގައުމީ މަޖިލިސްގެ އާނބަސް ދިންތަނެވެ. އެއީ ރިޔާސީ ކެންޑިޑޭޓަކަށް ހޮވުނު ފަރާތުގެ އެދުމުގެ މަތިންނެވެ.

މިނިންމުމާ ގުޅިގެން މިހާރު މިވަނީ ތަފާތު ދެބަސްވުންތައް އުފެދިފައެވެ. އެމްޑީޕީގެ މެންބަރުންނާއި މިނޫން ފަރާތްތައް ވެސް މިކަމުގައި އުޅެނީ ވަރަށް ކުރީގައެވެ. އިވެމުން ދާ ވާހަކަ ތަކަކީ އެމްޑީޕީގެ މެންބަރުންގެ ނިންމުން, ގައުމީ މަޖިލީހަކަށް ބަދަލެއް ނުގެނެވޭނެ ކަމަށް އެއް ބަޔަކު ބުނަމުންދާ ވާހަކަ ތަކެކެވެ. އަނެއް ބަޔަކު މިނިންމުމަށް މަރުހަބާ ކިޔާތަނެވެ. އިއްތިހާދުން ނެރޭ އެއްކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެއްފަރާތަކަށް ނުޖެހެވޭނެ ކަމަށް އެއްބަޔަކު ބުނަމުން ދާއިރު ރިޔާސީ ކެނޑިޑޭޓަކަށް ހޮވުނު ފަރާތުން އިއްތިހާދުގެ އެއް ކެނޑިޑޭޓަކަށް ތާއީދުކުރުމަކީ ވަރަށް އޮނަރަބްލް ނިންމުމެއް ކަމަށް ދެކެއެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ސިޔާސީ އިދިކޮޅު ޕާޓީ ކަމުން އެމްޑީޕީ އަށް ވާ ކޮންމެ ގޮތަކީ މިއަދު ރާއްޖޭގެ އެންމެންނަށް ވެސް އޭގެ އަސަރުކުރާނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ވެސް އަސަރު ކުރާނެ ކަމެކެވެ. އެމްޑީޕީގެ މުސްތަގުބަލާ މެދު ފިކުރުކުރާ ކޮންމެ މީހަކު ފުންކޮށް ވިސްނާނެ ކަމެކެވެ. ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނަށް މީގެ އަސަރުކުރާނެ ކަމެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން އަސާސީ ގަވައިދުގެ ބުނެފައިވެއެވެ. އަސާސީ ގަވައިދުގެ 7.11.1 ވަނަ މާއްދާގައި ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ބުނެފައިވާ ގޮތް ފިޔަވާ ރިޔާސީ ކެންޑިޑޭޓެއްގެ ދައުރެއް, ރޯލެއް, އަދި ރިޔާސީ ކެންޑިޑޭޓެއްގެ މަސްއޫލިއްޔަތެއް އަސާސީ ގަވައިދުގައި ބުނެދީފައެއް ނެތެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގައި ވަނީ އެއަސާސީ ގަވައިދު ހެދުމުގައި ހުރި އުނިކަމަކުން ޕާޓީގެ އެއްވެސް ގުނަނެއް ނުވަތަ މަގާމު ފުރައެއްގެވެސް މަސައްކަތް ކުރުމަށް ދަތިވެއްޖެ ނަމަ ގައުމީ މަޖިލީހުން އެކަމެއް ބަދަލުކޮށް ނުވަތަ އާގޮތްތަކެއް ފާސް ކުރެވިދާނެ ކަމަށެވެ. އަދި އެފާސްކުރާ ފާސްކުރުންތަކަކީ ދެން އެންމެ އަވަހަށް ބޭއްވޭ ކޮންގްރަސްއަކަށް ހުށަހަޅާ ފާސްކުރަން ޖެހޭނެ ކަންކަން ކަމަށް އަސާސީ ގަވައިދު ބުނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަރަށް ސާފުކޮށް ރިޔާސީ ކެނޑިޑޭޓުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ޖާގަލިބޭކަމަށް އެމަޖިލީހުން ދެކެއެވެ. އަދި އެ އިޚްތިޔާރުގެ ބޭނުން ކޮށްގެން ގައުމީ މަޖިލީހުން މިވަނީ ރިޔާސީ ކެނޑިޑޭޓެއްގެ މައްސަލައިގައި ގޮތެއް ނިންމާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެ ދެދުވަހެއް ކުރިން ފާސްކުރި ގަރާރުގައި ވާގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރާއްޖޭގައި ދެން ބާއްވާ މަލްޓިޕާޓީ ރިޔާސީ އިލެކްޝަންގައި ބައިވެރި ނުވެވޭނެ ކަމަކަށް ވެސް ނުބުނެއެވެ. ރައީސަކަށް ވުމާއި ރަނިންމޭޓަކަށް ވުމާއި އަދި މިދެމާގާމުން ކުރެ އެއްވެސް މަގާމެއް ނުފުރުމަށް ވެސް ޖާގަ ލިބެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުން ދަނީ ތަބަކަކަށް ލައިގެން ރައީސްކަން ވެދުމަށް އެރުވުމަކީ އެދޭގޮތް ނޫން ކަމަށެވެ. އަނެއްބައި މެންބަރުންގެ ހިޔާލުގައި ރާއްޖޭގައި އުފެދިފައިވާ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީއަށް އިއްތިހާދެއް ބޭނުންވާކަމަށެވެ. މިހުރިހާ ކަމެއްގެ އަޑީގައިވެސް ފޮރުވިފައިވާ ވަރަށް ގިނަ ކަންތައްތަކެއްވާކަން ކަށަވަރެވެ. އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުގައި ވެސް ވަނީ އަޑިނޭނގޭ އެތައްކަމެއް ހިގަންފަށާފައެވެ.

ޕާޓީ ތެރޭގައި މިހިނގާ ކަންކަމަކީ މިކަމާ މާބޮޑަށް ހައިރާން ވާންޖެހޭ ވަރުގެ ކަމެއްނޫނެވެ. އަދި އާންމު މެންބަރުން ފިކުރު ބޮޑުވާން ޖެހޭ ވަރުގެ ކަމެއްވެސް ނުމެ ނޫންމެއެވެ. ސިޔާސީ މީހުން ސިޔާސީ އުކުޅުތައް ހަދާނެއެވެ. އަދި އެހުރިހާ ކަންކަމަކީ އާންމުންނަށް ހާމަކުރެވޭނެ އެއްޗެއްވެސް ނޫނެވެ. ޕާޓީގެ ގައުމީ މަޖިލީހަކީ ވެސް ހަމަ މީހަކު ބުނީތީ ބުނިހާ ގޮތެއް ހަދާނެ ތަނެއް ނޫނެވެ. ގައުމީ މަޖިލީހުގެ ނިންމުމުގެ ފަހަތުގައި ޕާޓީއަށް ފައިދާހުރި ގޮތްތަކެއް ތަކެއް ހުންނާނެ ކަން ކަށަވަރެވެ. މީހަކަށް ވެދުމަށް ވެރިކަން ދިނުމަށް ގައުމީ މަޖިލިސް ނުނިންމާނެ އެވެ. ރާއްޖޭގެ ސިޔާސީ ޖައްވުގައި އެމްޑީޕީ ދައުރެއް ކުޅެމުންދާތީ ވެރިކަމަށް ދަހިވެތި އެތައްބައެއް އެމްޑީޕީ މިނެގި ފިޔަވަޅު ކަމުނުގޮސްގެން އުޅެނީ ކަމަށް ވެދާނެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އީވާ، ސާބެ، ޒިޔާއްޓޭ، އިބޫ، ޢަލީޝިޔާމް، މަޖީީދް ސަރ، ރަންކޮކާ ޢަރީފް، ނަޒާކީ ޒަކީ، އޭޖެންޓް ޒަކީ، ބޮޑިބަތް ޞިއްދީޤް، ޙާމިދް ، މީމު ސައްޕޭ، ޖީީސަސް ޢަފީފް، ތްރީއޭ ލަޠީފް، ބަކްރ،ީބައިކެނޑި، ދޮންބިލެތް، ރަސްތަ މެންގެ ސިޔާސީ ޤާބިލިކަން މިޤައިމަށް ހަމަ އަދިވެސް ވަރަށް މުހިންމު

    އަންގާރަ، މޭއި 13 2008، 18:25
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv