މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ތަޅާ ފޮޅުމާއި މާރާމާރީ ހިންގުން

މަސްއޫދު ހިލްމީ މޭއި 1، 17:59 1 ޚިޔާލު

މާތްﷲ އިންސާނުން އުފައްދަ ވަނީ ބިން ބިނާކޮށް އެބިން ތަރައްގީ ކުރުމަށެވެ. އެކަލާނގެ އިންސާނުން ދުނިޔެއަށް ފޮނުއްވާފައި ވަނީ އެއްގޮތަކަށް ވެސް ބިން ފަސާދަކޮށް އެ ބިންމަތީގައި ބޮޑެތި ޖަރީމާތަކާއި ނޭއްގާނީ އަމަލުތައް ހިންގާކަށެއް ނޫނެވެ.

އަޅުގަނޑުމެންގެ ސައްތައިންސައްތަ މިމުސްލިމް ގައުމުގައި މިހާރު މިވަނީ ތަޅާފޮޅުމާއި މާރާމާރީ ހިންގުން އާއްމުވެފަ އެވެ. މީހުންގެ މުދަލަށް ގެއްލުން ދިނުމާއި މީހުން މެރުން ވަނީ މިގައުމުގެ ޒުވާނުންގެ ކަށީގައި ހިފާފަ އެވެ.

އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިފަދަ ދަރަޖައަކަށް ގޮސްފައިވާއިރު އަޅުގަނޑުމެންގެ ދީނުގައި މިކަން އޮންނަގޮތެއް ވެސް ބަލާލަން އެބަޖެހެ އެވެ.

މުހައްމަދު ރަމީޒު އަހުމަދު

ކިޔަވާވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން

ރަމީޒު ވިދާޅުވަނީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ހެދުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.

” އެއީ ގުރޫޕްތަކެއް ނަމަވެސް މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކޮށް ތަޅާފޮޅާ, މަރާ ހެދުން އެއީ އިސްލާމް ދިން ހުއްދަ ކުރާނެ ކަމެއް ނޫން.“

ރަމީޒު ވިދާޅުވީ ބިންފަސާދަކޮށް ހެދުމަކީ ގަތުލުކުރުމަށް ވުރެ ބޮޑު ކަމެއް ކަމަށް ވަހީކުރައްވާފައިވާ ކަމަށެވެ.

އަބުދުލް މަޖީދު އަބުދުލް ބާރީ.

ކިޔަވާވިދާޅުވީ މަދީނާގެ އިސްލާމިކު ޔުނިވާރސިޓީން.

މަޖީދު ވިދާޅުވީ ތިމާގެ އަމިއްލަ ނަފްސާ ދޭތެރޭ ކަންތައްތައް ވުމަށް ނޭދޭ ފަދައިން އެހެން މީހަކާ ދޭތެރޭ ވެސް ނޭދޭހައި ހިދަކު އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ރަސޫލާގެ ހަދީސްފުޅުން އައިސްފައިވާ ކަމަށެވެ.

” އެހެން މީހަކު ތިމާއަށް އަނިޔާ ކުރަން ނޭދޭ ފަދައިން ތިމާވެސް އެހެން މީހަކަށް އަނިޔާ ކުރަން އެދިގެން ނުވާނެ. ރަސޫލާގެ ހަދީސްގައި އައިސްފައި ވަނީ އެއް މުސްލިމް އަނެއްމުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ އަބުރާއި އޭނާގެ މުދާ ހަރާމްވެގެން ވެއޭ. މީހެއްގެ މުދަލަށް އަރައިގަތުން ހުއްދައެއް ނުވާނެ, މީހެއްގެ އަބުރަށް އަރައިގަތުން ހުއްދައެއް ނުވާނެ, މީހެއްގެ ފުރާނައަށް އަރައިގަތުން ހުއްދައެއް ނުވާނެ.“ މަޖީދު ވިދާޅުވި އެވެ. ” މިކަންތައްތަކަށް ކަނޑައަޅާފައިވާ އެކިއެކި އުގޫބާތްތަކަށް ބަލާއިރު, އެގޮތުން ސިއްރިއްޔާތުގައި މީހެއްގެ އެއްޗެއް ނަގައިފިއްޔާ އުގޫބާތަކީ އަތް ކަނޑުން, މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގައި ރަށުތެރޭގައި ހަމަނުޖެހުން އުފައްދައި ފަސާދަކޮށް ހަދާ މީހުންނަށް ކަނޑައެޅިފައިވާ އުގޫބާތަކާއި މެދު ހާކިމު މީހާއަށް އޮންނަނީ އިހުތިޔާރުތަކެއްދީފައި. އެކަމަކާއި ގުޅިގެން ހާކިމް މީހާއަށް އަވަގުތަކު ފެނިލެއްވި އެކަށީގެންވާ އުގޫބާތެއް އެމީހަކަށް ކަނޑައެޅުން. އެގޮތުން އެމީހަކު މަރާލެވިދާނެ, އަތްފައިގެ ގުނަވަންތައް އެކިވަރަށް ބުރި ކުރެވިދާނެ. ނޫނީ އޭނާ ސަލީބަށް އެރުވުމުގެ އިތުރުން އަރުވާވެސް ލެވިދާނެ.“ މަޖީދު ވިދާޅުވި އެވެ.

ހަސަން މާސާ ފިކުރީ

ކިޔަވާވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން.

ފިކުރީ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކޮންމެހެން ރައްކާތެރި ކުރުމަށް ﷲ ތައާލާ އަންގަވާފައިވާ ފަސް އަސްލެއް އޮންނަކަމަށާއި އެއީ އިންސާނާގެ ބުއްދިއާއި އިންސާނާގެ ފުރާނަ އާއި މުދަލާއި އަބުރާއި ދަރިފަސްކޮޅު ކަމަށެވެ. އޭނާ ވިދާޅުވީ މިފަސްކަންތަކަށް އެންމެ މަތީ އުގޫބާތްތަކާއި ހައްދުތައް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

” މިސާލަކަށް މަރަކަށް މަރެއް, އަބުރާ ބެހިއްޖެނަމަ ހައްދެއް ކަނޑައެޅިފައިވޭ, ދަރިފަސްކޮޅު ސަލާމަތް ކުރުމަށްޓަކައި ޒިނޭގެ ހައްދު ކަނޑައެޅިފައިވޭ. މުދާ ރައްކާތެރިކުރުމަށްޓަކައި ވައްކަން ކުރާ މީހުން އަތް ކެނޑުމަށް އަންގަވާފައިވޭ.“ ފިކުރީ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވީ ބަޔާންވެ ދިޔަ ހައްދުތަކަކީ އެޖަރީމާތައް ފުރިހަމަ ވެއްޖެނަމަ ކަނޑައެޅުއްވާފައިވާ ހައްދުތައް ކަމުގައި ވީނަމަވެސް ކީރިތިގުރުއާނުގެ ނަފްސުންވެސް މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމާއި ޖާސޫސް ކުރުން މަނާ ކުރައްވާފައިވާ ކަމަށެވެ.

” އިންސާނެއްގެ ފުރާނައަކީ އެންމެ ހުރުމަތްތެރިވެގެންވާ އެކަތި ކަމުގައި ﷲ ސުބުހާނަހޫ ވަތައާލާ މިއޮތީ ކަނޑައަޅުއްވާފައި. އެންމެ މީހެއްގެ ނަފްސު ގަތުލު ކުރުމަކީ މުޅި އިންސާނިއްޔަތު އެކީގަތުލު އެމީހަކު ކުރުމާއި އެއްފަދަ ކޮށްފައި. އަދި އެންމެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ މުޅި އިންސާނިއްޔަތުގެ ފުރާނަ ސަލާމަތް ކުރުމަށް އެމީހަކު އެހީތެރިވެދިން ފަދަ ކަމެއް.“ ފިކުރީ ވިދާޅުވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ބިނާ ކުރަނިވި ލިޔުމެއް

    ހޯމަ، ޖޫން 23 2008، 17:59
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv