ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންޖެހޭ ހައްގުތައް
އަބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންޖެހޭ ހައްޤުތަކެއް ވާއިރު ފިރިމީހާގެ ފަރާތުން އަބިމީހާއަށް ލިބެންޖެހޭ ހައްޤުތަކެއްވެސް ވެ އެވެ. ހިތާމަޔާއި އެކު ބަޔާން ކުރަންޖެހެނީ މަދުން ނަމަވެސް ތިމާގެ އަބިމީހާއާއި މެދު އެއްވެސް ރަހުމެއް ނުބަހައްޓާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާާ ދެމުންގެންދާ ފިރިން އަޅުގަނޑުމެންގެ މިކުނޑަކުނޑަ މުޖުތަމަޢުގައިވެސް އެބައުޅޭ ކަމެވެ. މިއީ އެއްގޮތަކަށް ވެސް ކޮއްގެންވާނެ ކަމެއް ނޫނެވެ. މިއީ ޔަގީނުންވެސް ފިރިމީހާއާއި ސުވާލުކުރެވޭނޭ ކަމެވެ.
ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންޖެހޭ ހައްޤުތަކުގެ ތެރޭގައި ރަގަޅުގޮތުގައި އަނބިމީހާ ގެންގުޅުން، އަނބިމީހާ އަދަބުވެރިކުރުވުން، އަނބިމީހާއަށް ދީނުގެ ކަންތައްތައް އޮޅުން ފިލުވައިދިނުން، އަނބިމީހާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި، އަނބިމީހާގެ ސިއްރުތައް ފާޅުނުކުރުމާއި އަދި އެއް އަންބައްވުރެން ގިނަ އަނބިން ތިބެއްޖެ ހިދެއްގައި އަނބިންގެ މެދުގައި ހަމަހަމަކޮށް މުއާމަލާތު ކުރުންފަދަ ކަންތައްތައް ހިމެނެއެވެ.
ރަނގަޅުގޮތުގައި އަނބިމީހާ ގެންގުޅުމަކީ ތިމާ ކައިބޮއި ފެންވަރާ ހަދާފަދައިން ތިމާގެ އަނބިމީހާއަށްވެސް މިކަންތައް ހަމަޖައްސައި ދިނުމެވެ. އަދި ތިމާ ފޭރާންލައި އުޅޭ ނިސްބަތުން އަނބިމީހާވެސް ފޭރާންލައްވާ އުޅުމެވެ. އިސްލާމަދީނުގައި އަންހެނުން ހެދުން ބަހައްޓަންޖެހޭ ގޮތަށް ތިމާއަށް ކެރި ފޯރާ މިންވަރެއްގައި ބެހެއްޓުމެވެ. ތިމާގެ އަނބިމީހާ ރީތި ފޭރާންލައްވާ ޒީނަތްތެރި ކުރުވާ ހިތްވާ މީހަކު އެކަން ކުރުމަކީވެސް މަނާ ކުރައްވާފައިވާ ކަމެއްނޫނެވެ. ނަމަވެސް ތިމާގެ ފޭރާމަށްވުރެ އަނބިމީހާގެ ފޭރާން މާބޮޑަށް ދެރަކޮށް އަދި މަދުކޮަށްލުންވެސް ރަނގަޅެއްނުވާނެއެވެ. ކެއިންބުއިމާއި އަދި އެހެނިހެން ކަންތައް ވެސްހަމަ މިފަދަ އެވެ. سورة النساء ގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. “ އަންހެނުންނާއި މެދުގައި ރަނގަޅު ހެޔޮގޮތުގައި ކަލޭމެން ކަންތައް ކުރާށެވެ.” މިބަސްފުޅުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހެޔޮކަން ހިމެނެއެވެ. ނަމަވެސް އެއީ އިސްލާމްދީން ޤަބޫލުކުރާ ހެޔޮކަންތަކެވެ.
އިސްލާމްދީނުގެ މަގަށް އަނބިމީހާ އަދަބުވެރިކުރުވާ އަދި ފިރިމީހާއަށް ކިޔަމަންތެރިވާނޭ އުސޫލުތައް ދަސްކޮށްދީ ހެދުމަކީ ފިރިމީހާގެ ފަރާތުން އަނބިމީހައަށް ލިބެންވާ ހައްގެކެވެ. އެއީ އނބިމީހާ ނުކިޔަމަންތެރި ވެއްޖެނަމަ ވިސްނައިދީ ހެދުމެވެ. ނަމަވެސް ހުތުރު އެއްޗެތިކިޔާ އަރާރުންވެ ހެދުމެއްނޫނެވެ. ނަސޭހައްދީގެން ނުކިޔަމަންތެރިވުން ހުއްޓާނުލައިފިނަމަ އަނބިމީހާއާއި އެކުގައި އެއްތަނެއްގައި ނިދުން ދޫކޮށްލުން ހުއްޓެވެ. އެވަރުން ނުފުދުނުނަމަ އަނިޔާ ނުވާނެ ގޮތުން ޖަހާހެދުމެވެ. އެއްވެސް ހާލެއްގައި އަންހެން މީހާގެ ގައިގެ ތަނެއްހަލާކުވެ ލޭއޮހޮރުވާލައިގެން ނުވާނެއެވެ. އަދި މޫނު އަދިވެސް މިނޫން ލަތީފީ ގުނަވަނެއްގައި ޖަހާ އަނިޔާކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. النساء 34 އާޔަތުގެ މާނައިގައި ވެ އެވެ.
“ އަނބިމީހާގެ ނުކިޔަމަން ތެރިކަމަށް ބިރުވެތިވާ މީހާ ފަހެ އެމީހާ އޭނާގެ އަނބިމީހާއަށް ނަސޭހަތް ދޭށެވެ. އަދި އެވަރުންނުވިނަމަ އެއްތަނެއްގައި ނުނިދާށެވެ. އެކަނބަލުންނަށް އެއްވެސް އަނިޔާއެއްކޮށް މައްސަލައެއް ޖެއްސުމެއް ތިޔަބައި މީހުންނަކަށް ނުވެއެވެ.” ވީމާ ﷲ ގެ އަނުރުފުޅަށް ކިޔަމަންތެރިވެ އެ އަމުރުފުޅުގައި ވާގޮތައް އަމަލުކުރުމަކީ ކޮންމެ ފިރިހެނެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ފިރިމީހާ އެފަދައިން ނަސޭހަތްދީ އިރުޝާދު ދީފިނަމަ ކިޔަމަންވެ އަދަބުވެރިވުން އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވެ އެވެ.
އަނބިމީހާއީ ދީނުގެ ފަރާތުން އޭނާއަށް ލާޒިމްވާ ކަންތައްތައް ކުރަންނޭގޭ ޖާހިލުމީހަކުނަމަ އެފަދަ މިންވަރު އޭނާއަށް އުގަންނައި ދިނުމަކީ ފިރިމީހާފަރާތުން އަނބިމީހާއަށް ލިބިދޭންޖެހޭ ހައްގެކެވެ. މިބަހުގެ މާނައަކީ އިސްލާމް ކަމަކީ ކޮބައިކަމާއި އީމާންކަމަކީ ކޮބައިކަމާއި އިހުސާންތެރިކަމަކީ ކޮބައިކަމާއި ނަމާދުކޮށް ހިނާ ތޯހިރުވާނޭގޮތާއި ރޯދަ ހިފާނޭގޮތާއި އަދި މިނޫނަސް ދީނުގެ ފަރާތުން ކޮންމެހެން ކުރަންލާޒިމްވ ކަންތައްތައް ކުރާނޭގޮތް އުގަންނައި ދިނުމެވެ. ތިމާއަމިއްލައަށް އުގަންނައި ދިނަސް އަދި މީހަކު މެދުވެރިކޮށްގެން އުގަންނައި ދިނަސް އެންމެ ރަނގަޅެވެ. އަދި އިތުރަށް ދިރި އުޅުމުގެ ތެރޭގައި ދިމާވާ އެކިއެކި ކަންތައްތައް ކުރާނެގޮތް ދަސްކޮށްދިނުންވެސް އެކަމަށް ތަނަވަސްވެގެންވާނަމަ އެދެވިގެންވެއެވެ.
ތިމާގެ އަނބިމީހާ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ރައްކާތެރިކޮށް ހިފެހެއްޓުމަކީ އަދި އެކަމަށް މަޖުބޫރު ކުރުވުމަކީވެސް ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބބދޭންޖެހޭ ޙައްގެކެވެ. އަދި އަނބިމީހާއަށް އެކަމަށް މަގުފަހިކޮށްދީ ހެދުމަކީ ފިރިމީހާ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އިސްލާމްދީނުގައިވާ ގޮތާއި ޚިލާފަށް އަނބިމީހާ އުޅެމުންދާނަމަ ނަސޭހަތްތެރިވެ ދީނުގައިވާ ޤަވާއިދުން އަދަބުދީ ތަޅާހެދުންވެސް ފިރިމީހާއަށް ހުއްދަވެގެންވެއެވެ. މިހެން މިކަންތައް ކުރުމަށް އިސްލާމްދީނުގައި ފިރިމީހާއަށް އަމުރުކުރެއެވެ. ފިރިމީހާ ހިފަހައްޓަންޖެހޭ ކަންތައްތަކަކީ އިސްލާމްދީނުގެ ފަރާތުން އަންހެނުންނަށް މަނާކުރައްވާފައިވާ ކަންކަމެވެ. އޭގެތެރޭގައި އެކަނބަލުން ދީނުގައި އަންގަވާފައިވާ ވަރަށް ނިވާނުވެ އުޅެންޏާއެކަން ނުކުރުމުގެ މައަޗަށް މަޖްބޫރުކުރުވަން ޖެހޭނެއެވެ. އަދި ހިލޭ ފިރިހެނުންނާއި މަސްހުނިވެ އަދި އެމީހުންނާއިއެކު ހީސަމާސާކޮށް އެމީހުންނާއިއެކު ކުޅެ ނުވަތަ ކުޅޭތަނަށް ގަޮސް ނުވަތަ ހިލޭމީހުންނާއިއެކު ދަތުރުގޮސް ހަދާކަމުގައިވާނަމަ އަދި މިނޫންވެސް ދީނުގައި މަނާކުރަށްވާފައިވާ އެބާވަތުގެ ކަމެއް ކުރާނަމަ ފިރިމީހާ އެކަމާއި ރުހި ގަބޫލުވެގެން ނުވާނެއެވެ. އެހެނީ އެފަދަ ކަންކަމަކީ ފިރިމީހާއަށްވެސް ހުއްދަދެވޭނެ ކަންކަމެއް ނޫނެވެ. އެއީ ދީނުގެ ފަރާތުންމަނާ ކުރައްވާފައިވާ ކަންކަމެވެ.
އަނބިމީހާގެ ސިއްރުތަކަކީ އަދި އޭނާގެ ކިބާގައި އައިބެއް ހުރުނަމަ އެއައިބެއް ސިއްރުކޮށް ވަންހަނާކުރުމކީ ފިރިމީހާގެ މައްޗަށް ވާޖިބުވގެންވާ ކަމެކެވެ. މިކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ހަދީޡު ކުރައްވާފައިވާފައިވެއެވެ.
“ ފރިމީހާވެސް އޭނާގެ އަނބިމީހާއެކުގައި ނިދާ ހެދުމަށްފަހުދެން އަނބިމީހާގެ ސިއްރުތައް ބޭޒާރުކޮށް މީސްތަކުންނަށް ފާޅުކޮށްހަދާ ފިރިން ޤިޔާމަތްދުވަހުން ﷲ ގެ ހަޒުރަތުގައި ދަރަޖައިގެގޮތުން އެންމެ ނުބައި މީހުންކުރެ މީހަކުކަން ކަށަވަރެވެ.” ވީއިރު އަނބީންގެ އައިބުތަކާއި ސިއްރުތައް ރައްކާތެރިކޮށް ހެދުމަކީ ފިރިމީހާގެ ކިބައިން އަނބިމީހާއަށް ލިބެންވާ ހައްޤެއްކަން ކަށަވަރެވެ.
ފިރިމީހާގެ އެއް އަތްބަތްވުރެ ގިނަ އަނބިން ތިބިނަމަ އެއަނބިންގެ މެދުގައި ހަމަހަމަ ކޮށް މުއާމަލާތުކުރުމަކީ ފިރިމީހާގެފަރާތުން އަނބިންނަށް ލިބެންޖެހޭ ހައްޤެކެވެ. އެއީ ކާންދިނުމާއި ފޭރާންދިނުމާއި އުޅޭނެތަން ދިނުމާއި އަދި އެއްތާ ނިދުމުގެ ގޮތުންވެސް މެއެވެ. އަދި ދެއަނބިން ނުވަތަ އެއަށްވުރެ ގިނަ އަނބީންތިބޭ މީހުން ދަތުރަކު ދާއިރުގައި އަންބަކު ގެންދަންވެއްޖެނަމަ ގުރުއަތުލައިގެން ހޮވުނު އަންބަކު ގެންދިއުމަކީވެސް ކީރިތި ރަސޫލާގެ ސުންނަތުން ފެންނަ އަދުލުވެރި ގޮތެކެވެ. މިފަދަ ކަންކަމުގައި އަދުލުވެރި ނުވެވޭ ފިރިހެނުންނަށް ވާޖިބުވެގެންވަނީ އެންމެ އަންބަކު ގެންގުޅުމެވެ. ސަލާމާއި ސަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޡުކުރައްވައި އަންގަވާފައިވެއެވެ. “ ދެއަނބީން ތިބިޟިހަކު އެއް އަންބެއްގެ ފަރާތަށް ބޮޑަށް ލެބޭނަމަ ޤިޔާމަތް ދުވަހުން އޭނާ ހުންނާނީ އެއްފަޅި އެކިފައެވެ. ނޫންނަމަ އެއްފަޅި ވާވެފައެވެ.” ނަމަވެސް މިދެންނެވި ހަމަހަމަކުުރުން ވާޖިބުވެންވަނީ ކެއުމާއި ބުއިމާއި އަދި ފޭރާން ލުމާއި ނިދާނޭތަނާއި އދި އެއްތާގައި ނިދުމާއި މިބާވަތުގެ އންމެހައި ކަންކމުގައެވެ. ނަމަވެސް ތިމާގެ ހިތުގައި ވަކިމީހަކާއި މެދު އުފެދޭ ލޯތްބާއި ގާތްކަމަކީ އޭނާގެ އަމިއްލަ އޚުތިޔާރުގައި ނުވާކަންކަމެވެ. އެފަދަ ކަންކަމުގައި ބޭއިޚުތިޔާރުން ވަކިފަރާތަކަށް ލޯބިވެރިކަން ބޮޑަށް ހުރުމަކީ އެފަދަ މީހާ ފާފަވެރިވެދާ ކަމެއަނޫނެވެ.
މީގެއިތުރުންވެސް އަނބިމީހާ ބަލިވީމާ ބޭސްކޮށްދިނުމާއި އަދި އަނބިމީހާ ވޭނެއް ހިތާމައެއް ލިބުންފަދަ މުސީބާތެއް ކުރިމަތިވެއްޖެނަމަ އެކަންކަމުގައި ފިރިމީހާވެސް ބައިވެރިވެ އަނބިމީހާއަށް ތަސައްލީ ކޮށްދިނުމަކީ ރިވެތި އަޚުލާގުގެ ތެރެއިންވާކަމެކެވެ.
