
އިސްލާހު ގެނެވޭނީ މައްސަލަ ހުރިކަމަށް ޤަބޫލު ކުރެވިގެން: މައްސަލަ ހުރިކަމަށް މައުމޫނު ޤަބޫލެއް ނުކުރައްވާ
މުޙައްމަދު ޖަމީލް އަހުމަދަކީ މައުމޫނު ސަރުކާރުގައި ހިމެނިވަޑައިގެންނެވި ވަޒީރުންގެ ތެރެއިން އަމިއްލައަށް އިސްތިއުފާ ހުށަހެޅުއްވުމަށްފަހު, ނޫސްވެރިންނާ ކުރިމަތި ލެއްވި ދެ ވަޒިރުންގެ ތެރެއިން އެކަކެވެ. ޖަސްޓިސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ މީގެ ކުރިން މައުމޫނު ސަރުކާރު ނެގެހެއްޓުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. މިއަދު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާ އާއެކު އިސްތިއުފާ ދެއްވި ޑރ. ހަސަން ސައީދަށް ކެޕްޕޭން ކުރެއްވުމުގައެވެ.
ތިރީގައި އެވަނީ މުޙައްމަދު ޖަމީލް ޖަޒީރާގެ މުހުސިނަށް ދެއްވާފައިވާ އިންޓަވިއު އެކެވެ.
ޖަޒީރާ: އަމިއްލައަށް އިސްތިއުފާ ދެއްވީ ކީއްވެގެންތޯ؟
ޖަމީލް: ޒުވާން ބަޔަކު ސަރުކާރުގެ އެންމެ އުސް ހަރުފަތަށް ދިއުމަކީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކު އުއްމީދު ތަކެއް ކުރިކަމެއް. ޚާއްޞަކޮށް ޒުވާނުން. އެހެންވެ އެބައިމީހުންގެ އުއްމީދުތައް ހާސިލް ނުވެ އަނެއްކާ ވެސް އިންތިޚާބަކަށް ދާކަމުގައި ވާނަމަ ކޮބައިތޯ އަޅުގަނޑުމެން ދައްކާނެ ވާހަކައަކީ އެހެންވީމަ އަޅުގަނޑަށް ފެނުނީ އިސްތިއުފާ ދޭން.
ޖަޒީރާ: އެތެރޭގައި ހުންނަވައިގެން އިސްލާހު ގެނެވޭތޯ މަސައްކަތް ކުރެއްވިންތޯ؟
ޖަމީލް: އަޅުގަނޑުމެން ސަރުކާރުގެ އެންމެ އިސް ބައްދަލުވުން ތަކުގައާއި ކެބިނެޓުގައި އެވާހަކަތައް ދެއްކިން. ސަރުކާރުގެ ކަމެއް އެކަން ކުރުން. އަޅުގަނޑުމެން ވަޒީރުންގެ ކަމެއް ދެއްތޯ އެކަމާ ގުޅޭ ކަރުދާސްތައް ގެނެސްގެން ގޮތްތަކެއް ނިންމުމަކީ. އަޅުގަނޑު ހުރި އަހަރުތަކުގައި އެކަހަލަ އެއްވެސް ކަމެއް ނުދެކެން.
ޖަޒީރާ. ކިހާހިސާބަކުންތޯ ޖަމީލަށް ފަހުމްވީ އެތެރޭގައި ހުންނަވައިގެން އިސްލާހުތައް ގެނެވެން ނެތްކަމަށް؟
ޖަމީލް: ދެއަހަރެއްހާ ދުވަހު އަޅުގަނޑަށް ކުރެވުނު މަސައްކަތެއް ކުރުމަށްފަހު ގާތްގަނޑަކަށް އަޅުގަނޑު އިސްތިއުފާ ދިނުމުގެ 6 މަސްދުވަސްކުރިންވެސް މިޚިޔާލެއް އަޅުގަނޑުމެން ގެންގުޅުނިން. މިއީ ކުއްލިއަކަށް އައި ވިސްނުމެއްނޫން.2003ން ފެށިގެން ހީވި ސަރުކާރުން ވަރަށް ބާރުސްޕީޑެއްގައި ކަންތައްތަކެއް ކުރަން އުޅޭކަމަށް. އެކަމަކު ކޮންމެވެސް ވަރަކަށް ޤާނޫނީ އޮނިގަނޑުގައި ކަންތައްތަކެއް ކުރި. ޙަޤީގީ ކުލަވަރެއް މުޅިއަކުން ޖެހޭ ގޮތެއްނުވި. އެހެން ހުރިހާ އިޞްލާޙުތަކެއް ދިޔައީ ފަހަތަށް ޖެހެމުން. ޚާއްޞަގޮތެއްގައި އިޖްތިމާޢީ ރޮނގުން އަންނަން ހުރި ބަދަލުތަކެއް ނައީމާ އިސްތިއުފާދޭން ވިސްނަން ފަށައިފިން
ސ. ސަރުކާރުގައި ވަގުތުތަކެއް ދުއްވާލެވުނީމާ ހިތާމަ ކުރަންތޯ؟
ޖަމީލް އެއްގޮތަކަށްވެސް އެހެނެއްނޫން. ރާއްޖެ ކަހަލަ މާޙައުލަކަށް ހަމަޔަޤީނުންވެސް އަޅުގަނޑު ޤަބޫލެއްނުކުރަން މަގުމައްޗަށް ނިކުމެގެން އިޞްލާޙު ގެނެވޭނެއެކޭ އަދިއެއް. ރަގަޅު ބޭރުގަ ތިބެގެންވެސް ބަޔަކު މަސައްކަތެއްކުރޭ. އެކަމަކު މިކަހަލަ ކުޑަ މުޖްތަމަޢެއްގަ އަޅުގަނޑު ދެކޭ ގޮތުގަ އެތެރެއިން އިޞްލާޙު ކުރަން މަސައްކަތް ކުރަން ފުރުޞަތެއް ލިބިއްޖެކަމަށްވަންޏާ އިޞްލާޙު ވެއްޖެކަމުގައިވާނަ އެއީ އެންމެ ރަގަޅު ގޮތް, އެހެންވީމަ އެގޮތަށް ޤަބޫލުކުރެވިގެން އެގޮތަށް ލިބުނީމަ ވަނީ. ދެން ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކުރެވުނީމާ ހެޔޮނަތީޖާ ތަކެއްވެސް ފޯރާފަވެސް އެބަހުރި.
ޖަޒީރާ: ޖަމީލުގެ ދާއިރާއިން ކުރަންއުޅުނު މަސައްކަތެއް ކުރަން ބޭނުންވި ހިސާބަށް ނުގެންދެވިފައި އެބަހުރިތޯ؟
ޖަމީލް: ޝަރުއީ ދާއިރާގައި ނެތް މީހުން ބިނާކޮށްފައެއް.ފަޚުރުވެރިކަމާއެކު ދައްކަނީ ޤާނޫނުތަކެއް ހަދާފައިވާ ވާހަކަ. އެއަށް އަހުލުވެރި ކުރުވިފައެއް ނެތް ފަނޑިޔާރުންނާ ޤާޟީންނެއް. އަޅުގަނޑު ފެއްޓީ ވަރަށް ޚާއްޞަ ގޮތެއްގައި މީހުން ބިނާކުރުމުގެ ޕްރޮގްރާމް. އަޅުގަނޑު އައިއިރު ޝަރުޢީދާއިރާއަށް އަމާޒުކޮށްގެން އެޓާރނީ ޖެނެރަލް އޮފީހުން ފޮނުވި 18 ކުދިން ފިޔަވާ އެއްވެސް ބަޔަކު ފޮނުވާފައެއްނެތް ކިޔަވާކަށް. އަޅުގަނޑުގެ މަސައްކަތުން 30 ށްވުރެ ގިނަ ޑިޕްލޮމާއާއި ޑިގްރީ އަށް އޮންނާނެ ކުދިން ފޮނުވާފަ. އޮންނާނެ ފަސްއަހަރުގެ ޖަސްޓިހުގެ ޕްލޭނެއް ކުރިމަގަށް ރާވާފަ. އެޕްލޭނުގެ ދަށުން ރާވާފައޮންނާނެ ކޮންމެ އަތޮޅެއްގަ މިއަންނަ ދެތިން އަހަރެއްގެ ތެރޭގައި ޑިގްރީ ފެންވަރުގެ ބޭފުޅުން ތިއްބަވާގޮތަށް. ހަމައެކަނި ފަނޑިޔާރުގެ ގޮތުގައެއް ނޫން ޝަރުޢީ ދާއިރާ ހިންގުމުގަވެސް. މާލެއާ އެއްފެންވަރުގެ ކޯޓްތަކެއް ނޫންކަމުގަ ވިޔަސް އެފެންވަރުގެ ކޯޓްތައް ހެދެން ޖެހޭ ހިސާބު އެބަހުރި. މިހާރުން މިހާރަށް ހުރިކަންތަކުގައި މާލޭ ކޯޓްތަކަށް ވެސް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގާ ޤާޒީންނަށް މުހިއްމު ޤާނޫނީ މައްސަލަ ތަކަށް ނުވަތަ ޤާނޫނު ތަކާ ބެހޭ ގޮތުން ލެކްޗަރ ދީ ދަރުސްތައް ދެމުން ގެންދިޔައިން. ފުރަތަމަފަހަރަށް ރާއްޖެތެރޭގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން ތަމްރީނު ބުރެއް ފެށުނު. ގާތްގަނޑަކަށް 12, 13 ވަރަކަށް އަތޮޅުހެން އޮންނާނީ މުޅި އެއްކޮށް ކަވަރުކުރެވިފަ. އަޅުގަނޑު ފުރަތަމަ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ދައުރުވެސް ކުރުވަން ފެށީ. ޙަޔާތުގަ އެއްމެ މައްސަލައެއްވެސް ނުބައްލަވާ ބޭފުޅުންވެސް އެބަތިއްބެވި.
ސިންގަޕޫރުގެ ސަޕޯޓް ނީޑް ކޯޓުގެ އެންމެ އިސް ތިން ފަނޑިޔާރުން ގެންނަވާ ކުރި ދިރާސާއަކުން އެބޭފުޅުންވިދާޅުވި ހަމަސް ދުވަހުގެ ތެރޭގަވެސް ނަތީޖާ ނެރެވިދާނޭ.
ދެން އަޅުގަނޑު ދެވަނަ އަށް އިސްކަމެއް ދިނީ ރާއްޖޭގެ ކޯޓުތަކުގައި ޕްރޮސީޖާތަކެއް ހަދަން. މިސާލަކަށް ކޯޓަށް ބާރެއްނެތް ހައްޔަރު ކުރުމުގެ އަމުރު ނެރޭކަށް. އަޅުގަނޑު ފަސްޤަވާޢިދެއް ތަޢާރަފްވި ކުރިން. އޭގެ ފަހުން ފުރަތަމަ ފަހަރަށް ކޯޓްތަކަށް މިބާރުތައް ލިބިގެން ދިޔައީ. މިސާލަކަށް ޣައިރު ޙާޟިރުގައި ރިޕޯޓް ޖަޖްމެންޓް ތަޢާރަފް ކުރުމުގެ ސަބަބުން މަދަނީކޯޓް ހިނގައިގަންނަން ފެށީ. އަދި އޭގެ އިތުރަށް ތަންފީޒީ ދާއިރާގަ އަޅުގަނޑުކުރި މަސައްކަތުގެ ތެރެއިން އުފުލޭ މުދަލާ ނުއުފުލޭ މުދާ ދަރަނީގެ ގޮތުގައި ވިއްކުމުގެ ބާރު ކޯޓަށް ލިބުމާ ޕާސްޕޯޓް ހިފަހައްޓާ އެމީހާގެ ބޭންކް އެކައުންޓް ފްރީޒްކޮށް ހެދުމުގެ ސަބަބުން މީހުންނަށް ދަރަނި ނުދައްކާ ތިބި މީހުން ދައްކަން ފަށައިފި. އަދި ޝަރީޢަތް ކުރުމާ ބެހޭ ޤަވާޢިދު ގާތްގަނޑަކަށް އެއްކޮށް މުރާޖަޢާކުރިން.
އަނެއް ކަމަކީ އަޅުގަނޑު ބެލިން އަޅުގަނޑަކީ ފަނޑިޔާރުންނަށް އަމުރުކުރާ މީހަކަށް ނުވުން. އަޅުގަނޑަކީ މަދަނީ, ޖިނާޢީ, ޢާއިލީ, ކުޑަކުދިންނާ ބެހޭ ޤާނޫނުތައް ދިރާސާ ކުރުމާ ޤަވާޢިދުތައް ދިރާސާކުރުމާ އެއާ ގުޅޭ އުޞޫލުތަކާ ޤަވާޢިދުތައް ތައްޔާރުކޮށްދެވޭ ފަރާތެއް ކަމުގައި ވުމާ, ޝަރުޢީ ދާއިރާއަށް އެހީތެރިވާ ފަރާތެއް ކަމުގައި އަޅުގަނޑު ވުން.
ތިންވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ބެލިން ރާއްޖޭގެ ޖުޑިޝަލް އިންފްރަސްޓްރަކްޗަރ ރަގަޅު ކުރުމަށް. އަޅުގަނޑު މަސައްކަތް ކޮށްގެން އޮންނާނެ މާލޭން ބިމެއްވެސް ކޯޓުތައް އަޅަން ހޯދާފަ. މީހުންތަމްރީނު ކުރުމުގެ ގޮތުން އޮންނާނެ ވިލިގިލީގަ ލިބިފަ އޮތް ބިމުގަ ޖުޑިޝަލް ޓްރޭނިންގ ސެންޓަރެއް ޤާއިމްކޮށްފަ. އަޅުގަނޑުގެ ވިސްނުމަކަށްވީ އެތަނަކީ ރާއްޖޭގައި ދާއިމީ ގޮތަކަށް ފަނޑިޔާރުންނަށް ތަމްރީނުދޭ އަދި ފަނޑިޔާރުން އެތަނަށް އައިސް ތިބެވޭނެ ގޮތަށް އެކޮމަޑޭޝަން ބްލޮކަކާއެކީގަ އެތަން ހެދުން. އަޅުގަނޑަށް ކުރެވުނު ޚާއްޞަ އެއްކަމަކީ ޝަރުޢީ ދާއިރާގެ ތެރެއަށް ޖެންޑާ ހަމަހަމަކަން ގެނައުމަށްޓަކާ ފުރަތަމަ އަންހެން ފަނޑިޔާރުން ގެނައުން.
އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މިހާރުގެ ޖަސްޓިސް މިނިސްޓަރވެސް ހިންގަވަނީ އަޅުގަނޑު ހެދި ޕްލޭނާ އެއްގޮތަށް.
ސ. ކުރައްވަން އުޅުއްވި މަސައްކަތުން ކިހާ މިންވަރެއްތޯ ހާސިލްވީ؟
ޖ. އަޅުގަނޑު ދަންނަވާނީ ހައިކޯޓުން މައްސަލަ ނިމޭގޮތް ނޫނީ އެއަށްވުރެން މަތިން އިލްތިމާސްކޮމިޓީގެ މައްސަލަ ތަކާ ދޭތެރޭގަ ސުވާލު އުފެދެނީ އަދުލުއިންސާފް ލިބޭގޮތާމެދުގަ. އެމަރުހަލާއަކަށް ހައްލެއް ނާދޭ. މިސާލަކަށް ޖުޑިޝަލް ސަރވިސް ކޮމިޝަން ހަދާފައި ކީއްވެގެންތޯ އުއްތަމަ ފަނޑިޔާރުވެސް މުސްތަޤިއްލު ކުރުމަށްޓަކާ ކޮމެޓީއަކުން އައްޔަން ނުކުރެއްވީ. ދެން ރާއްޖޭގެ ނިސްބަތަށް ބަލާއިރު އިލްތިމާސް ކޮމެޓީއަކީ ސްޕްރީމްކޯޓް. ޝަރީޢަތުގެ ވަރަށް އަސާސީ ސިފައެއް ޝަރުޢީ އެއްވެސް މަރުޙަލާއަކީ ފޮރުވިފައިވާ އެއްޗަކަށް ނުވުން. އެހެންނަމަވެސް މި އިލްތިމާސް ކޮމިޓީން ހިނގާ ގޮތެއް އަދި އޭގެ ޕްރޮސީޖާރ ތަކެއްވެސް މިއީ ޢާއްމުވެފައިވާ އެއްޗެއްނޫން. އެކަން ކުރައްވަން ޚުދު ރައީސްވެސް އެއްބަސްވެ ވަޑައިގަތް, އެކަމަކު ނުކުރެއްވި. ރާއްޖޭގެ ހައިކޯޓަކީ ދުނިޔޭގެ އެހެން ކޯޓްތަކާ ޚިލާފަށް, ކޮންމެ މަރުޙަލާއެއްވެސް އިސްތިއުނާފް ކުރެވޭ ތަނެއް. ހައިކޯޓުން ދެވޭ ޙުކުމެއް އޭގެ ފަހު ޙުކުމަކަށް ވެގެންދަނީ އެހެންވީމާ އެތަން މުސްތަޤިއްލު ނުވަންޏާ ކިތައްމެ ޤަވާއިދެއް ހަދާ ދަށު ކޯޓްތައް ކިތައްމެ އޮމާންކުރި ކަމުގައި ވިޔަސް ޢާއްމު ރައްޔިތުންނަށް އެދަނީ ރޫޅިގެން.
ސ. ދިވެހިންނަށް އަދްލު އިންސާފް ނުލިބޭކަމަށް ޤަބޫލުކުރަންވަމުތޯ؟
ޖަމީލް: ޢަދުލު އިންސާފު ނުލިބޭ ވާހަކަ އެދައްކާ ބޭފުޅުންގެ އިޙުސާސްތައް ހިއްސާކުރަން. ޢަދުލު އިންސާފުގެ ހަމައެކަނި ކޯޓްތަކެއް ހީކުރެވުނު ކަމުގައި ވިޔަސް ޙަޤީގަތުގަ އެ މާނަ ކުރަނީ ހަމައެކަނި ކޯޓްތަކެއްނޫން. އެއީ ހައްޔަރުކުރުމާތަހުގީގް ކުރުން, ދައުވާކުރުން ޝަރީއަތް ކުރުން އަދި ތަންފީޒް ކުރުން. މިހަތަރުބައި ރަނގަޅު ނުވަންޏަކާ ނުވާނެ. މިކަމުގައި ހަމަހަމަ މިންގަނޑެއް ނެތީމާ މީހުންނަށް އެހެން ބުނެވެނީ. އަޅުގަނޑު މަޤާމުގައި ހުރިއިރުވެސް މިވާހަކަދައްކަން. އެކަމަކު އޭރު ވަޒީރެއްގެ ގޮތުގައި ހުރިއިރު އާއްމުންގެ ތެރެއަކު ނުދެއްކޭނެ އެކަމަކު ރަސްމީ ފަރާތްތަކާ ދައްކާ ފައި ހުންނާނެ.
ސ. ކިހާވަރަކަށް މަސައްކަތް ކުރިން އެކަން ރަނގަޅުކުރަން؟
ޖ. މިމައްސަލަތައް ޙައްލުކުރުމަށްޓަކައި ވާހަކަ ދެއްކުނީ ކިތައް ފަހަރު ކަމެއްނޭނގެ. އަޅުގަނޑު ހުންނާނެ އެމީހުންނަށް ރަސްމީކޮށް ސިޓީތައް ލިޔެފަ. އަޅުގަނޑު ރައީސް އަރިހަށް ވެސް އެކަން ގެންދިޔައިން. އެކަމަކު ޖަވާބެއް ނުލިބޭ. އެހެންވީމަ, އަޅުގަނޑު ޤަބޫލެއް ނުކުރަން ސަރުކާރަށް އެކަން ނޭނގޭ ކަމަކަށް. އަޅުގަނޑަށް ހީވަނީ އެކަތިގަނޑަކަށް ވެގެން އެމަސައްކަތް ސަރުކާރު ތެރޭގައި ނުކުރެވޭ ހެން.
ޖަޒީރާ . ޖަމީލު ހުންނެވިއިރު ސިޔާސީ ކުށްވެރިންނަށް ހުކުމް އިއްވެވުމަށް ކިހާވަރެއްގެ ބާރެއް ފޯރުވިތޯ؟
ޖަމީލް: ކުރީގަ އޮންނާނެ ކޯޓު ތަކުން ނިންމަވާ މައްސަލަތައް ދިރާސާކުރައްވާ ކޮމެޓީއެއް. އަޅުގަނޑު އެކޮމެޓީ އުވާލިން . އަދި އެބައި ކޯޓުތަކާ ހަވާލުކުރިން. އަޅުގަނޑުގެ މަސައްކަތަކީ ޝަރުއީ ކުރުމަކީ ޖަސްޓިސް މިނިސްޓްރީގެ ކަމަކަށް ނުހަދާ އެބާރު ކޮޓުތަކަށް ދިނުން. އަޅުގަނޑު ނުބަލަން ކޯޓުތަކުގައި ޝަރީއަތްތައް ހިނގާގޮތެއް. އަޅުގަނޑު ބެލީ ޤަވާއިދުތަކާ އުސޫލުތައް ހެދޭތޯ. ތިވިދާޅުވާ ކަހަލަ އެއްވެސް ފަރާތަކުން ނުފޫޒެއް އަޅުގަނޑަކަށް ނާދޭ. އިނގޭތޯ މިދެންނެވިހެން އައުމުގެ ޖާގަ އަޅުގަނޑު ހަނިކޮށްލީ ޖާގަ ދުއްވާލީ
ޖަޒީރާ: ރާއްޖެ ވަރަށް ނުރައްކާތެރި ފައްތަރެއްގައި އޮތްކަމަށް ދެކެވޭ. ކޮބާތޯ މިހެން ދިމާވާން ޖެހުނު ސަބަބަކީ؟
ޖަމީލު. ހަމަ ވިޝަންއެއް, ތަޞައްވުރެއް ނެތީ. މާޙާއުލާ މުޖްތަމަޢަށް މިއައި ބަދަލް ސަރުކާރަކަށް ވިސްނި ވަޑައެއް ނުގަތް. މިދިޔަ 30 އަހަރުގަ އާބާދީއަށް ބޮޑެތި ބަދަލުތަކެއް އައިކަމެއް ނޭނގުނު. ސްކޫލްތަކުން ކުދިންތަކެއް އެބަނިމޭކަން. މިކުދިންނަށް ވަޒީފާތައް ދޭންޖެހޭކަން. ޒުވާން އާބާދީއެއް އިތުރުވާކަން އެއާ އެކީ އަންނާނެކަން އިޖްތިމާޢީ ކަންތައްތަކެއް. ލީޑަރޝިޕް ވީކީ. ބަލިކަށީ ހަމަ ޙަޤީގަތުގަވެސް ޤައުމުގެ ހުންގާނުގަ ހުންނަ ބޭފުޅާ ބަލިކަށީ. މިއީ އަޅުގަނޑު ސަރުކާރުން ބޭރުވީމާ އެހެން ދައްކާ ވާހަކައެއްނޫން.އަނެއް ކަމަކީ ވަކިގޮތަކަށް ބޭނުންފުޅުވާތީވެގަސްތުގަ މުޖްތަމަޢު އެޙާލަތަށް ވައްޓާލީ. މިހާލަތަށް ގެނައިމާ އެބަ ހިންގަ ޤައުމުގެ އެންމެ އިސްފަރާތަށް އާދަޔާހިލާފު ޤާނޫނުތަކެއް. މިސާލަކަށް އެމެޖެންސީއާ އަދި އެހެން ނޫނަސް އެބާވަތުގެ ޤާނުނުތައް ހިންގާ އެހެންވީމަ އެޤާނޫނު ތަކުގެ ނިވަލުގަ ސިޔާސީ ގޮތު ޚިޔާލު ތަފާތުވާ ބޭފުޅުންނާ މެދުގަވެސް ފިޔަވަޅުތައް އަޅަން ވަރަށް ފަސޭހަވާނެ. އަދި ހަމަ އެއާ އެކީގަ އިސްލާހުގެ ނަމުގަ ފައްޓަވާފަ ހުރިކަންތައްތައްވެސް ހުއްޓުވަން ވަރަށް ފަސޭހަ ވާނެ އަދި އިޤްތިޞާދީ ގޮތުން ނުފުއްދި ވަރަށް ގިނަ ކަންތައްތައް ކެމްޕެއިނަކާ ހަމަޔަކަށް ދާއިރު ނުކުރެވުނީ ވަކި ބަޔަކު މުޖްތަމަޢު ތެރޭގަ ކަންތައްތަކެއް ކުރުމުގެ ސަބަބުން ކަމަށް ބުނަންވެސް ޖާގަ އޮންނާނެ, އެހެންވީމަ މިހެން ހުރި ކަންތައްތަކެއް ޙާޞިލްކުރުމަށްޓަކާ ކަމަށް ވެދާނެ.
ޖަޒީރާ. ކުރުކޮށް ދަންނަވަންޏާ މިކަން މިގޮތަށް ކުރީ ވެރިކަން ދަމަހައްޓަންށޭ ބުނެވިދާނެތޯ.
ޖަމީލް: މިހުރިހާކަމެއްގޮސް ޖެހޭތަނަކީ ތިވިދާޅުވިތަން.
ޖަޒީރާ:. މިހާރު މައުމޫނަށް ކިހާ ތާއީދެއް އެބައޮތްތޯ.
ޖަމީލް: މިހާރު އޮތްތާއީދު މުޖުތަމައުން މިދަނީ ފެންނަމުން. ތާރީޚުގައިވެސް ހިޔެއް ނުވޭ ރާއްޖޭގައި ވެރިކަމުގައި ހުންނަވަނިކޮށް އެބޭފުޅަކަށް މިހާ ނިކަމެތިކޮށް ނޫސްތަކުގައާއި މިނޫން ގޮތްގޮތަށް ބަދުބަސްތަކާ އެއްޗެހި މިވަރަށް އިވިގެންދިޔަތަނެއް. ދެން މިނިވަން އިންތިޚާބެއް ބާއްވައިފިއްޔާ އެނގޭނީ ކިހާވަރެއްގެ ތާއީދެއްކަން އޮތީ.
ޖަޒީރާ:. ރައްޔިތުން މިބޭނުންވާފަދަ އިސްލާހެއް މައުމޫނަށް ގެނެވިދާނެތޯ؟ އެކަން އެބަކުރޭތޯ.
ޖަމީލް: އިސްލާހު ގެނެވޭނީ އިސްލާހަކީ ކޯންޗެއްކަން ދެނެވަޑައިގަންނަވާ ބޭފުޅުންނަށް. ހިޔެއް ނުވޭ ރައީސަށް ޤަބޫލުކުރެވޭހިނެއް މިޤައުމުގައި އިސްލާހު ކުރަންޖެހޭކަމެއް އޮތްކަމަކަށް. އަޅުގަނޑަށް ފެނުނުތާނގައި ރައީސް ޤަބޫލުފުޅެއް ނުކުރައްވާ މިޤައުމުގައި މައްސަލަތަކެއް އޮތްކަމަކަށް. ރައްޔިތުންނަށް ބަދަލެއް ގެނެވިދާނެ ކަމަކަށް ޝައްކެއްވެސް ނުކުރަން. އެކަމަކު އެއީ ރައްޔިތުން ހޭލުންތެރިވެގެން. މިއަންނަ އިލެކްޝަނުގައި ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލުވާލައިފިއްޔާ ދެން އަވަހަކަށް އެފަދަ ފުރުސަތެއް ނުލިބޭނެ.
ޖަޒީރާ: ކޮންގޮތަކަށްތޯ މައުމޫނު ވެރިކަން ބައްޓަން ކުރައްވަން ބޭނުންފުޅުވީ؟
ޖަމީލް: ރައީސް ގެންނަވަން އުޅުއްވީ މިސްރުގައި އޮންނަކަހަލަ ޤާނޫން އަސާސީއެއް. އޭގެ ވެރިކަމެއް. ރައީސަކާ ބޮޑުވަޒީރަކާތިބެގެން ރައީސެއްގެ ބޮޑު ބާރު އޮންނަ ގޮތަށް. އަޅުގަނޑުމެންނާ އަދި އެންބަޔަކާ ކެބިނެޓާއި ޑީއާރުޕީ ތެރެއިން މަސައްކަތްކޮށްގެން އެކަން ހުއްޓާލީ.
ޖަޒީރާ: އެހެންކަމަށްވަންޏާ އިސްލާހު ގެންނަމޭ ކިޔައިގެން މިއުޅުއްވަނީ ކީއްކުރައްވަންތޯ؟
ޖަމީލް: އަމިއްލަ މަސައްކަތުން ބަޔަކު ކިޔަވައިފި ހޭލުންތެރިވެއްޖެ. އެމީހުން ތެދުވެއްޖެ. އެމީހުން އިސްލާހޭ ކިޔަން ފެށުމުން ސަރުކާރަށް ހީވީ މިއީ ރައްޔިތުންނަށް ވިކިދާނެ ލަފުޒެއްކަން.
ޖަޒީރާ: ޖަމީލް ދެކޭގޮތުގައި މައުމޫނަކީ ކޮންކަހަލަ ބޭފުޅެއްތޯ؟
ޖަމީލް: ފަރުދެއްގެ ހައިސިއްޔަތުން ވަރަށް ސާދާ ހިތްހެޔޮ މަޖާ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނީ. އެކަމަކު 30 އަހަރު ވެރިކަން ކުރުމަށްފަހު އިތުރަށް ކުރިމަތިލާނެކަމަށް ވިދާޅުވި ވިދާޅުވުން އެއީ އަޅުގަނޑު ސަރުކާރު ތެރެއިން ނިކުތް އެއްސަބަބު.
ޖަޒީރާ: ޖަމީލު ހުންނެވި ދާއިރާއިން އަމިއްލަ ޒާތީ ހަސަދައެއް ފިލުވަލުމުގެ ގޮތުން މީހަކަށް ކަމެއް ކޮށްފައި ވެޔޭ ބުނެވިދާނެ މީހަކު ހުރެދާނެތޯ؟.
ޖަމީލް: މުޖުތަމައުގައި ވާހަކަ ދެއްކިދާނެ. އެކަމަކު އަޅުގަނޑު އެދާއިރާއާ ގުޅުނީ ޝަރީއަތް ކުރާކަށް ނޫން. މީހުން ބިނާ ކުރުމަށާއި ޤަވައިދުތަކާ އުސޫލުތައް ކަނޑައެޅުމަށާއި އިންފްރާސްޓްރަކްޗަރ ވަރުގަދަކުރަން. ތިވިދާޅުވާކަހަލަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު ނުލިބޭގޮތަށް އަޅުގަނޑު ކަންތައް ކުރީ.
ޖަޒީރާ: މިހާރު ތިއުޅުއްވަނީ ޑރ ހަސަން ސައީދުގެ ކެމްޕޭނުގައި ތިއުޅުއްވަނީ. ހަސަންގެ ވެރިކަމެއްގައި ޖަމީލް ހުންނަވާނީ ކިހާ ހިސާބެއްގައިތޯ؟
ޖަމީލް: އަޅުގަނޑަކީ ޕްރިންސިޕަލެއްގެ މައްޗަށް ބިނާކޮށް މިފެންވަރުގެ ވަޒީފާއަކުން ދުރަށްދިއަ މަދު މީހުންގެ ތެރެއިން މީހެއް. އެހެންވީމާ އެއިން އެބައެނގޭ ދެއްތޯ ސިޔާސީ ވިސްނުމެއް ގެންގުޅޭ ބައެއްކަން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ސިޔާސީ ހަޔާތް އަދި ވަރަށް ދިގު މުސްތަޤްބަލަކަށް ދެމިގެން ދާނެ.
-
ހުކުރު، އޭޕްރީލް 18 2008، 10:42
ހަމަ ގައިމުވެސް ތްރީއޭ ކުންފުނީގެ މުދާ ބެހެވިގެން ގޮސްފައިވަނީ ޖަމީލުގެ ބާރުގައި ޖަމީލުގެ އަންހެނުންނަށް ފައިދާ ވާގޮތަށް ކަން މިއީ މުޅިރާއްޖެ ހެކިވާ ކަމެއް. މިނޫނަސް ވަރަށް ގިނަ ކަންތައްތައް ރައްޓެހިންނަށް ކޮށްދެއްވާފައި އެބަހުރި. ރަގަޅަށް ހަނދުމަކުރެއްވުން ރަގަޅުވާނެ.
-
ހުކުރު، އޭޕްރީލް 18 2008، 13:23
ތިޔަވިދާޅުވީ ވަރަށްވެސް ރަނގަޅު ވާހަކަފުޅެއް. މައުމޫނަކީ ލަދުކުޑަމީހަކައްވާތީ އެކަންކަންވެސް ހަމަ ހަޖަމުނުކުރެވެނީއެވެ. މައުމޫނުވެރިކަމުގާ ބަހައްޓަން ދެންބޭނުންވާނީ މިގައުމުގާތިބި މުނާފިގުން އެކަންޏެވެ. އަޅުގަނޑަކީ ރާއްޖެތެރޭގެ އޮފީހެއްހިންގާ ވެރިއެއް. ހަމަޔަގީނުންވެސް ދެނެއް މައުމޫނު ވެރިކަމަށްގެނައުމަކަށް ވޯޓެއްނުދޭނަމެވެ. އެއީ، އަޅުގަނޑަކީ އަދި، މުސްލިމެއްކަން އަޅުގަނޑު ގަބޫލުކުރާތީ. މިގޮތުގާހުރެ ގައުމުގެ ރައީސްކަމަށް މައުމޫނު ބަހައްޓަންދެނެއް އަޅުގަނޑަށް ލާހިކު ކުޅަދާނައެއްނޫން ވޯޓްދޭކަށް. އަޅުގަނޑަށްވީ މީހަކައްވެސްހިލާ މިފަހަރަކުނުކެރޭނެ މައުމޫނަށް ވޯޓްދޭކަށް. އަޅުގަނޑުވެސް ގަބޫލުކުރަން އަޅުގަނޑުމެން ތަންތަނުގެވެރިންގެ ގޮތުގާތިބެގެން މިހަޑިއެއްހާވާފައި މިއޮތޯ. ނަމަވެސް ކޮއްކޮމެންނޭ އޭރަކުއެހެންހަމަ އެއްވެސްގޮތެއްވެސް ނެތީއެވެ. ނަމަވެސް މިފަހަރު އެނގިދާނައެއްނޫން. ނިކުންނާނީ ބަނޑުންލޯއަޑުކިޔާވަރަށް ކައިގެން ވަރަށް ގަދަޔަށް ދުފާލާގެންނެވެ. މާތްﷲ އިރާދަފުޅުން ދެންއިތުރުދައުރެއްގާ މައުމޫނަކަށް މިގައުމުގެ ރައީސްކަމަކު ނުހުރެވޭނެއެވެ. = ރާއްޖެތެރެއިން =
-
ހުކުރު، އޭޕްރީލް 18 2008، 13:49
މިޤައުމުގައި ސިޔާސީ ޙަޔާތުގައި ދިގު މުސްތަޤްބަލެއް އެބައޮތްކަމަށް އުއްމީދު ޖަމީލު ކުރިއެއްކަމަކު ޖަމީލްވަނީ އެމުސްތަޤްބަލް އަމިއްލަފުޅަށް އަނދިރީގެ ތެރެއަށް ލާފަ. ދެން އެމުސްތަޤްބަލް އަލީގެ ތެރެއަށް ގެނައުން ދަތިވާނެ. އަޅުގަނޑު ހިތައް އަރާ ސިޔާސީ އުސްގޮނޑީގައި ހުންނަވާ ދުވަސްވަރު މިހާރު ނޫހަށްދެއްވަމުން ގެންދަވާ ބަސްތައް ޖަމީލު ނޫން އެހެން ބޭފުޅުންނެއްވެސް ހަނދާނެއް ނުކުރައްވާ. މިހެން ފާހަގަ ކުރެވުނު ހަމަ ދެބޭފުޅުން އަޅުގަނޑަށް ފާހަގަ ކުރެވުނު އަދި އެދެބޭފުޅުންވެސް އެމީހުންގެ ޤާބިލްކަމާ ޝަޚްޞިއްޔަތާއެކު ދުރުހެލިވި. ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަދި ޑރ. މުސްތަފާ ލުތްފީ ފަދަ ބޭކަލުން ވަރަށް ރަގަޅަށް އެކަންތައް ޤަބޫލްކުރި. މިދެބޭފުޅުން ޢަމަލު ކުރެއްވީ އަންނަނިވި ގޮތައް: ނަމެއްނެތް ކަމެއްގައި އުފާވެރި ކަމެއްނެތް ކަމެއްނެތް ނަމެއްގައި ކުރާނޭ ކަމެއްނެތް އެހެންވެ އެކަހެރިވެ ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިގަތީ. ޖަމީލު މިއަދު ތިޔަދައްކަވާ ވާހަކަތަކަކީ މުޅިން ތެދުވާހަކަތަކެއް ނޫން. އެކުޑަ ދުވަސް ކޮޅު ކަންތައް ކުރެއްވި ގޮތީ ހަމަ އަތުގަ ހޭކެންޏާ ދަތުގަ ހޭކޭނެޔޭވެސް ބުނާފަދައިން. މިއީ އަހަރުމެން މިޤައުމުން ފޮހެނުލެވިގެން އުޅޭ ކަމަކީ. ކޮންމެހެން ކުށް ކުރާ މީހުންނަށް އަދަބު ދޭތީ އެއްނޫން ކަންބޮޑުވީ. ކޮރަޕްޝަން ނައްތާނުލެވިގެން. ޑްރަގްގެ ވަބާއިން ސަލާމަތް ނުވެވިގެން. ސިޔާސީ ބޭނުންތަކަށް ޒުވާނުން މަގުފުރައްދައިގެން އުޅުން. މަދަނީ މައްސަލަ ތަކުގައި އިންސާފު ނުލިބުމާއެކު ފައިސާ ކޮޅަށް މައްސަލަ ނިންމުން. މިހެން މިކަންތައް ހިންގާ މީހުންނާ ބައިވެރިވެވުނީ. ދެން މިހާރު ތިއިވެނީ މުޅީން ތަފާތު އަޑެއް. (ހުޅެހި)
-
ހުކުރު، އޭޕްރީލް 18 2008، 14:09
ވަރަށް އުފާ ކުރަން ޖަމީލުމެންނަށް ވިސްނުނީތީ. ދިދަދެހި ކާރާއި ރަތްޕާސްޕޯޓް ދޫކޮށް ރައްޔިތުންގެ ހައްގުގައި ނިކުންނެވީތީ ޝުކުރިއްޔާ. ކުއްޓި ނަޝީދުއާއި ކުވާ ޝާފިއުއަށް މާތްﷲ ހެޔޮ ވިސްނުން ދެއްވާށި
-
ހުކުރު، އޭޕްރީލް 18 2008، 15:47
ޖަމީލް ވެސް ވަޒީރް ކަމުގައި ހުރިއިރް މީނަގެ ވަޒީފާ ގެއްލިދާނެތީ މީނަހުންނަނީ މައުމޫނައް ސަޖިދަޖަހަޖަހާ، މިހާރު ފޮނިބައިސާތަކެއް ކެޑިޔަސް މީނަ ހެދުނު މިނިސްޓްރީއަށް އައިސް ފުރަތަމަކަމަކީވެސް މުވައްޒަފުން ނައްބެވުން! މިފަދަ މީހުންނައް ގެނެވޭނީ ކޮން އިސްލާހެއްބާ؟ އެއްވެސް ހަރުދަނާ ކަމެއް ހުންނައްމީހެއްނޫން މިހާރުދެން ކޮންމެ އެއްޗެއްވެސް ކިޔާންވީ ދޯ!
-
ހުކުރު، އޭޕްރީލް 18 2008، 18:35
އިސްލާމްދީން ނިވާފަތްގަނޑަކަށް ހަދައިގެން މިހާރުގެ ސަރުކާރުންވެސް ރައްޔިތުންނަށް އޮޅުވާލަނީ، ޖަމީލުމެންވެސް ހީވަނީ އެކަހަލަގޮތަށް ރައްޔިތުންގެ ބޮލަށް އެރެން އުޅޭހެން. މިހާރުހަމަ ހިލާ ތިޔަމަޅިއަކު ރައްޔިތުންނެއް ނުޖެހޭނެ. އިންޓަވިއުއެއް ދިނަސް ރޭޑިއޯޕްރޮގްރާމަކަށް އެރިޔަސް އާޔަތްތައްކިޔާހަދަނީ މިބޭނުމުގައިކަމަށް ފާހަގަކުރެވޭ. ހިތާމަޔަކީ އާޔަތްތައް ރޯނުބައިކޮށްވެސް ކިޔާކަން. ޖަމީލުގެ ފީލްޑަކީ ޤާނޫނު، އެހެންވީމާ ޤާނޫނުގެ ވާހަކަދެއްކުން ރަގަޅުވާނެ. އިރެއްގައި ޕާކިސްތާނުގައި ދީނީމާއްދާތައް ކިޔެވިއަސް އެއީ ވަރަށް ބޭސިކު އެއްޗެހި، އެވަރުން ދީންކިޔެވުނީކަމަށްބަލާ ދީނުގެ ވާހަކަދައްކަންޏާ ފަޟީޙަތްވުންފިޔަވާ އިތުރުކަމެއްނުވާނެ. ހަސަނަށް ދޭންއޮތްނަސޭހަތަކީ ޖަމީލު ކައިރިކޮށްގެން ތިޔަކަން ކުރައްވަން އުޅުއްވަންޏާ ލިބެންވާ ވޯޓުން ވަރަށް ބޮޑުބައެއް އުނިވާނެއޭ. ޙަސަނަށްވެސް ދޭން އޮތްނަސޭހަތަކީ ޙަދީޘެއް އާޔަތެއް ކިއުއްވާކަމަށްވަންޏާ އެކަމުގެ އަހުލުވެރިއެއްގެ ގާތުން ޗެކްކުރެއްވުމަށް ފަހުގައި ވިދާޅުވުން ރަގަޅުވާނެއޭ.
-
ހުކުރު، އޭޕްރީލް 18 2008، 20:19
މައުމޫނުގެ އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުމަށް ޖަމީލު މެން ކުރަމުންދާ މަސައްކަތަށް ތައުރީފު ހައްގު. މަސައްކަތް ކުރުވުމަށް ބަވަންޖެހޭ ތާންގައި ބަވަންވެސް ޖެހޭނެ. ތައުރީފު ކުރަންޖެހޭތާންގައި ތައުރީފުވެސް ކުރަން ޖެހޭނެ. ޖަމީލު މެންފަދަ ކިޔަވައިގެންތިބި ކިޔަވައިގެންތިބި މީހުންނަށް މިގައުމު ނުހަނު ބޮޑަށް ބޭނުންވެއެވެ.
-
ހުކުރު، އޭޕްރީލް 18 2008، 20:22
ޖަމީލު ދުރައްދިޔުމުން މައުމޫނާއި އޭނާގެ ސަޕޯޓަރުން ތިޔަ ދައްކާ ވާހަކަތަކަކީ ހިޔަޅަށް މޭބިސްކަދުރު ހިތިވުން ކަހަލަ ކަމެއް. ޖަމީލު ޖަސްޓިސް މިނިސްޓަރު ކަމުގައި ހުއްޓަސް އޭނާގެ އާއިލާއަށް ލިބެންޖެހޭ ހައްގަކުން ކޮންމެހެން މަހްރޫމުވާކަށް ނުޖެހޭ. ޖަމީލުގެ ދައުރުގައި ގައުމުގެ އަދުލުއިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއްވަނީ ކުރައްވާފައި. ޝުކުރިއްޔާ
-
ހުކުރު، އޭޕްރީލް 18 2008، 20:24
މައުމޫނުގެ އަސްލު މޫނު މިހާރު ތިޔަދަނީ ފެންނަމުން، އޭނާގެ އާއިލާއަށް މަތީ މަޤާމުތައް ދިނުމަށް މިހާތަނަށް ހިންގި ކެމްޕޭން ހުއްޓި އިސްލާހަށް ކިރިޔާވެސް ކަމެއްކުރީ ހަސަންމެން ޖަމީލުމެން ތިބި ދުވަސްވަރު. ޖަމީލު މެން އިސްތިއުފާ ދިނުމުން މިހާރު މައުމޫނުގެ ކުޅި ސަމާ ފެންނަމުންތާ އެދަނީ.
-
ހުކުރު، އޭޕްރީލް 18 2008، 22:34
މިއީ ދެފުއްކެހެރިން. ވާޖެހޭކޮޅަކަށް މިމީސްމީހުން ދާނީ. މިކަމުގައިވެސް ވަރަށްބޮޑު ސިއްރެވާނެ. ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ.
-
ހޮނިހިރު، އޭޕްރީލް 19 2008، 00:28
މިއީ ޖަދަލުކުރުމުގެ މަރުޙަލާކަމުގައި ނުވިސްނަމާތޯ. ޖަމީލު ވެސް. ހަސަނުވެސް. މުނައްވަރު ވެސް. އަދިވެސް އެފަދަބޭފުޅުން އެތިއްބެވީ ގައުމަށް ހެއު އެދި އިސްލާހު ގެނުއުމަށް ކެރި. ޖާނާއި މާލު މި އަނިޔާވެރި ވެރިކަމުގެ ކުރިއަށް ނެރެގެން. ފުރުސަތު ދޭން ވިސްނަމާހިގާ އެންމެންވެގެން. ޔަގީނުންވެސް އެބައިމީހުންނަކީ، މިގައުމުން ނޫނަސް މަތީމަގާމާއި ގޮތްތަކެއް ތިބިބައެއް. އެކަމަކު މިހާރު އެތިއްބެވީ މި ނިކަމެތި ރައްޔިތުންނަށްޓަކައި ކުރިއަށްނުކުމެ. ހިތްމަރުވާކަހަލަ ކޮމެންޓްސް އެދެނީ މި އަނިޔާވެރި ސަރުކާރުގެ ޕްރެޕެގެންޑާ އަކަށް ވާނީ. ރައްޔިތުން ތިބީ ތިޔަ އެންމެހާ އިޚްލާސްތެރިންނާއެކު. ފުރުސަތުބޭނުން ކުރެއްވުމަށް ނަސޭހަތްތެރިވަން. "ރައްޔިތު އަހައްމަދު"
-
ހޮނިހިރު، އޭޕްރީލް 19 2008، 01:46
ހަމަ ހަގީގަތުގައިވެސް އަޅުގަޑު ދަންނަވާނީ ޖަމީލަކީ ވަރަށްކެރޭ ހިތްވަރުގަދަ މީހެއްކަމުގައެވެ.މިވާހަކައިގެ ތެދުކަން ތިބޭފުލުންނަށް ފެނިވަޑައިގަންނަވާނެ ޖަމީލު އާއި ހަސަން ސަރުކާރުން އިސްތިއުފާ ދެއްވާފައި ނޫސްވެރިންނާބައްދަލުކޮއްފައިނިކުންނެވިއިރު ހަސަންވެސް ހުންނަވަނީ ޖަމީލުގެ އަތުގައިހިފައިގެން ވަރަށްބިރުންކަންއެގެއެވެ.ފޮޓޯ އިންފެންނައިރު ޖަމީލުގެ އެހާބޮޑު ހާސްކަމެއްނެއްކަން އެގެއެވެ.މީ ކެރޭ ހިއްވަރުގަދަމީހުން ތިބެންވާނެގޮތެވެ.އާރޭ
-
ހޮނިހިރު، އޭޕްރީލް 19 2008، 01:46
މުޅި ރާއްޖޭގެ ރައްޔިތުން ވަގުތުން ބަލަމުން އަދި އަޑުއަހަމުން ގެންދިޔަ ބަހުސެއްގައި، އެމްޑީޕީއަތުން ބަލިވެ، ބަސްހުއްޓޭގޮތް ވެގެން، ރައްޔިތުންނާ މުޚާތަބުކޮށް އަދަބުކުޑަ ބަސްތަކަކުން ވާހަކަދައްކާފައި، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަންދާ އުސޫލުން ޖަމީލުމެން ފިލީ 2007 އޮގަސްޓް 4 ގައި، ޖެހިގެން އައި ދުވަހު މިދިނީ އިސްތިއުފާ. މިއީ ހަމަ މައުމޫނުގެ ވެރިކަމުގެ ނިޒާމު ދޯދިޔާވެގެން ދިން އިސްތިއުފާއެއްބާ؟ މައުމޫނުގެ ސަރުކާރު ދިފާއުކުރަން ފޫގަޅާ، ސިޔާސީ ކުށްވެރިންނޭ ކިޔައިގެން އެތައް ބަޔަކަށް ބޭއިންސާފުން އަދަބުދީ ހެދީ އިސްލާހު ގެނައުމުގެ ނިޔަތުގައިބާ؟
-
ހޮނިހިރު، އޭޕްރީލް 19 2008، 03:19
މީ ޖަސްޓިސް އާ އިމާރާތް އަޅަން ވިމްލާ އާއި ޙަވާޅުކޮށްގެން ކިޔާ ލާރިއެއް ލިބުނުތޯ؟ އަޅުގަނޑު އަޑުއެހީ 19 މިލިއަނުގެ ޕްރްޖެކްޓުން ޖަމީލަށް ހަދިޔާއެއްގެ ގޮތުން 2 މިލިއަން އަދި ހަސަނަށް 1 މިލިއަން ލިބުނު ވާހަކަ! ހަމަޔަގީނުންވެސް ހަސަން މިކަމަކަށް ދެކޮޅެއް ނަހަދާ! ޖަމީލު ކިހިނެއްބާ؟
-
ހޮނިހިރު، އޭޕްރީލް 19 2008، 09:01
ހަރުދަނާކަންހުންނަމީހުން 30 އަހަރުވެގެންދިޔައިރުވެސް މިއުޅެނީ ކޮންހާލެއްގަކަން ދެނެވަޑައިގަންނަމުތޯ ،އަމިއްލަފައިދާއަށް ކަންތައް ކޮށްފަ ހުރީ ހަމައެކަނީ ޖަމީލުތޯ،ކޮންގޮތަކަށްތޯ މިފްކޯގެތިޖޫރީއަށް އެޅިވަގުރުފިޔާތައް އަސްލުފައިސާއަށް ބަދަލުވެގެންދިޔަގޮތްދެނެވަޑައިގަންނަވަމުތޯ،ވިސްނާކަންތައްތައްވާގޮތްބައްލަވާށެވެ
-
ހޮނިހިރު، އޭޕްރީލް 19 2008، 10:45
ޙަގޯގަތަކީ ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ އެދުމާއިގެންކަން. ޙަސަން ސަޢީދު ހީކުރީ މައުމޫނު ވެރިކަމަށް ކުރިމަތި ނުލައްވާ ޑީ.އާރު.ޕީ އިން ވެރިކަމަށް ކުރިމަތިލާމީހަކަށް ހޮވާނީ އޭނާކަމަށް. އަދި މައުމޫނުގެ ކުރިމަތި ނުލަންޏާ މައުމޫނުގެ ސަޕޯރޓް އޮތް މީހަކު ރައީސަކަށް ހޮވޭނެކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭތީ މައުމޫނަށް ވައިޖަހަންވެގެން މައުމޫނު ރިޔާސީ އިންތިކާބަށް ކުރިމަތިލާވާހަކަ އިޢްލާންކުރާށޭވެސް ބުންޏެއްނުން. ހަމަޔަގީނުންވެސް ބޭރު މީހަކަށް ދިވެހިރާއްޖޭގެ ފަސްޓްލޭޑީކަން ދިމުމަށް އަހަރެމެން ވޯޓެއް ނުދޭނަން.. އަހަރެމެން ލައްވާ ގޯސްހައްދަން ނޫޅޭ ހަސަނުވެސް.
-
ހޮނިހިރު، އޭޕްރީލް 19 2008، 10:53
ޖަމީލް އަކީ ވަރަށް ގިނަ އިސްލާޙް ތަކެއް ޝަރުޢީ ދާއިރާ އަށް ގެންނެވި ބޭފުޅެއް.