ބާރުތައް އެކުވާގޮތަށް ހުރި ހުށަހެޅުންތަކަށް ވޯޓަށް ނާހަން ނިންމައިފި
އިންތިގާލީ މަރުހަލާގައިވެސް ބާރުތައް އެކުވާގޮތަށް ހުރި ހުށަހެޅުންތަކަށް ވޯޓަށް ނާހަން ނިންމައިފި ކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްޞަ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ ނިޒާމަކީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއް ކަމަށާއި އިންތިގާލީ މަރުހަލާގައިވެސް ކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި ވޯޓަށް ނޭހި ހުރި ހުށަހެޅުންތަކުގެ ތެރެއިން ބާރުތައް އެކުވާގޮތަށްހުރި ހުށަހެޅުންތަކަށް ވޯޓަށް ނައްސަވާނެ ކަމަށްވެސް ޤާސިމް ވަނީ ވިދަޅުވެފައެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ހޫނުގަދަ ބަހުސަކަށްފަހު ނިންމާފައިވަނީ 32 ވަނަ ހުށަހެޅުމަށް ވޯޓަށް ނޭއްސެވުމަށް ކަމަށެވެ.
އެހުށަހެޅުމުގައި ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި މިހާރުގެ ކެބިނެޓް އޮންނަން ވާނެ ކަމަށެވެ. އަދި އެގޮތުގައި އޮންނަ އިރު އަލަށް އިސްލާކުރެވޭ ގާނޫނު އަސާސީގެ ވަޒީރުންގެ މަޖިލީހުގެ ބާބުގެ އެއްވަނަ މާއްދާގެ (ނ) އާއި ރައްޔިތުން މަޖިލީހުގެ ބާބުގެ ހަތަރުވަނަ މާއްދާގެ (ރ) އަށް އަމަލުނުކުރާ ގޮތަށެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައި މެންބަރުން ވިދާޅުވީ އެހުސަހެޅުން އެގޮތަށް އޮއްވާ ފާސްވެއްޖެނަމަ ބާރުތައް އެކުވެގެން ދާނެ ކަމަށެވެ.
އެންމެފަހުން ބޭއްވި ޚާއްޞަ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ޤާނޫން އަސާސީއާ އުސޫލީ ތައާރަޟްވާ ހުށަހެޅުންތަކެއްގެ ގޮތުގައި ހުށަހެޅުން 32, 35, 36, 39, 42 އަދި 43 ތައާރަޒް ނުވާގޮތަށް ހުށަހަޅަން މެންބަރުންނަށް ފުރުސަތު ހުޅުވާލައްވާކަމަށް ރައީސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
އަދި 31 ވަނަ ހުށަހެޅުމާއި 38 ވަނަ ހުށަހެޅުމަކީ މާނަކުރުމުގެ ބަޔާ ގުޅުންހުރި ކަމަކަށް ވާތީ އެބައި މާނަކުރުމުގެ ބަޔަށް ގެންދިއުމަށްވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ދެން ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ހެނދުނު އެވެ.
-
ބުރާސްފަތި، އޭޕްރީލް 17 2008، 19:18
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ. ދިވެހިން މިއަނދަވަޅުން ސަލާމަތް ކޮށްދެއްވާފާނދޭވެ. އާމީން. ޔަޤީން ކަމަކީ ކުރީގޮނޑިބަރި ފުރޭތަ، އެއީ ބޮޑުދުވަހެއް. ކާކަށް އިތުބާރުކުރާނީ. ވަރަށްމަދު މެންބަރަކަށް މެނުވީ އިތުބާރެއް ނުކުރެވޭ. ޤާސިމް އެހެން ވިދާޅުވިޔަސް މިހާރު ޤަބޫލެއް ނުކުރެވޭ. ކަންވެ ނިމުނީމަނޫނީ މިހެންހައްދަވާނެ، އެހެންހައްދަވާނެ ކިޔާކަށްނޭގޭ. ތިޔަ އަނީސާގެ ހުށަހެޅުން ފާސްވިދުވަހުވެސް މީހުން ބުއްދިޤަބޫލުނުކުރާ ޒާތުގެ ވާހަކަވެސް އެތަނުގަދެއްކި. އެތިބަ ފުރާފުރިހަމަވެފަތިބި ބޮޑެތި ފިރިހެނުންވެސް ހަމަ ޤަބޫލެއްނުކުރެޔޭ ތިމާމެނަށް މިދެއްކޭވާހަކައިގެ ދެކޮޅު ދިމާނުވާކަމެއް. ކީއްތޯ ކުރާނީ. އެ އުޅުއްވާ ގޮތްފެނިފަ ލަދުގަންނަ ފަހަރުވެސް އެބައާދޭ. އެބޭފުޅުން އެތަނުގައެތިބީ ވަކިކަމެއް، ވަކިގޮތަކަށް ކުރަން. އެކަންކުރާނެ އެބޭފުޅުންގެ ހޭހުރިއްޔާ. =ސދ=
-
ބުރާސްފަތި، އޭޕްރީލް 17 2008، 20:35
ގާސިމު ތިގޮތުގަ ހިފަހައްޓާފިއްޔާ މަޖިލިސްހުއްޓުމަކަށް އައިސްފާނެކަމަށްފެނޭ، އެއީތިމަޖިލީހަކީވަކިބަޔަކު ވަކިމަގުސަދެއް ހާސިލުކުރުމަށްބޭނުން ކުރަމުންއަންނަމަޖިލީހަކަށްވާތީ އެބޭފުޅުންގެ މަގުސަދުހާސިލުނުވާގޮތަކަށް ނިންމުމަށްއެބޭފުޅުންގެ ޒަމީރުގަބޫލެއްމުކުރާނެތީ، ދެންއޮތްގޮތަކީ މައުމޫނުއެބޭފުޅުންނަށްއެންގުން އެއިރުންތިކަންވެދާނެ ނޫނީނުވާނެޔޭބުނަންކެރި ދާނެ، މަޖިލސްތެރޭގަ ކަންހިގާގޮތަށްބަލާއިރު ކަންހިގަމުންއައިގޮތްމިއީ، މައުމޫނުބޭނުން ނޫންގޮތަކަށް ވަކިކަމެއްނިންމަން ގާސިމަށް އަންގާފިނަމަ ދެންގާސިމުކަންތަށްކުރަށްވާނީކިހިނެއްތޯ؟ އަނީސާގެހުށަހެޅުންތަށް އިސްލާހުނުކޮށްވޯޓައްއަހާ ފިއްޔާ ގާސިމުތިގޮޑިގައިންނަވަނީ އަމިއްލައެއްވެސް ބާރެއްނެތް ރައްޔެތުންނަށް އިތުބާރުނުކުރެވޭ އަބުރުގެއްލިފަހުރި ވަރަށްއާދާގެ މީހެއްކަމަށް ރައްޔެތުންދެކޭނެ، ވީމާގާސިމު އެފަދަކަމެއްނުކުރަށްވާނެކަމަށް އުއްމީދުކުރަން، މިއީގާސިމުގެއަގު ރައްޔެތުންވަޒަން ކުރުމަށްލިބޭ ވަރައްރަނގަޅުފުރުސަތެއް، މިފުރުސަތުނަގާނުލާނެކަމަށް ހީކުރަން، ވާނުވާބަލާދިވެހިދަރިއެއް،
-
ހުކުރު، އޭޕްރީލް 18 2008، 06:40
ޤާސިމަށް ތިޔަކަންކުރެއްވޭނެބާ؟އެހާހިއްވަރުހުހުންނާނެބާ؟މައުމޫނަކީއެއަށްވުރެމާނުލަފާ އަމިއްލައެދުންފުޅުބޮޑުބޭފުޅެއް،ހަމަހިލާ ތިޔަކަންޤާސިމު ކުރެއްވިޔަކަނުދޭނެ،އެއީ ޔަޤީންކަމެއް،ފަހަރުގައި ވަގުތީގޮތުން ދޫކޮށްލިއަސް ވަރަށްއަވަހަށް އިދިކޮޅަށްޖަ- ހަންއުޅުއްވާނެ،ނިކަންބަލާބަލަ،ސިވިލްސާވިސްބިލަށް ހައްދަވަން އެހެރަ އުޅުއްވާގޮތް،އެއްގޮތުންނޫނީއަނެއްގޮތުންއެއުޅުއް ވަނީ،އެބިލަށްވެސް ބަދަލުގެނެވޭތޯ،އަންނަމަހު ހީވަނީއެހެންގޮތެއް ހައްދަވާލައްވައިގެން އަނެއްފަހަރުވެސް ހުށަހަޅަނެހެން ދިވެރާޖޭގެ ރައްޔިތުން ހިތުލޯބިން މައުމޫނާއި ޙަވާލުކުރި މިބޮޑުއަމާނާތް،މިވަނީޙިސޯރުކޮށް، ހިތިޔާރާއި،ފައިސާގެ ބާރުގައި،މިޤައުމު މިވަނީ އަމިއްލަ ތަރިކައަކައަކަށް،ހައްދަވާފައި،
-
ހުކުރު، އޭޕްރީލް 18 2008، 07:10
އަހުރެމެން މިތިބީ ޤާސިމުގެ ފަހަތްޕުޅުގައި،ތިޔަކަން ކުރެވުނިއްޔާ ކުރެވޭނެ ހަމައެކަނިމީހަކީ،ޤާސިމު ފަހަށް ނުޖެހި މިޤައުމު ސަލާމަތްވޭތޯ ބައްލަވާދެއްވުން،ނިހާޔަތަށްއެދެން،ކުރައްވައިގެންހުންނެވި ހުވަޔަށް ތެދުވެރި ވުމަށް ވަސީ- އަތްކުރަން،ނިކަންވިސްނާވަޑައިގަންނަވާ،ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެގެން އުޅުނު ގިނަމީހުން މިދުނިޔެ ދޫކޮށްފަ- އިވާގޮތް،ހަމައެކަކުވެސް އެތަށްޒަމާނެއް ވަންދެން ދެކިޑްނީފެއިލްވެ،ޕްރެޝަރާއި،ހަކުރުގެ ވޭންދެނިވި ބަލީގައި،ނިކަމެތިޙާލުގަ- އި،ގިނަޒަމާންތަކެއްގައި ގެންގުޅުއްވާފައި ނޫނީ މިދުނިޔެއަކުން ގެންދަވާފަކާނެތެވެ.އަދި އާޚިރަތުގެ ޙާލުއެނގެނީ ކާކައްޔޯ- އެވެ.ހަމަގައިމުވެސް ސަލާމަތްނުވާނެކަން ހަމަޔަޤީނެވެ.މައުމޫނަކަށް،އުމަރުޒާހިރަކަށް،ޒާހިރު ޙުސޭނަކަށް،އަބްދުލޯ ޙަމީދަކަށް- ފަތުޙުލޯ ޖަމީލަކަށް،ކޮލިޢަލިމަނިކަކަށް،ސަލާމަތްކޮށްނުދެވެނެކަން ހަމަޔަޤީނެވެ.މާލަސްތަކެއްނުވެ،ތިޔަމީސްމީހުންގެ ނިމުން- ވެސް ދުނިޔޭގައި ތިބިބަޔަކަށް ފެނިގެން ދާނެކަމާއިމެދު ކުޑަވެސްޝައްކެއްނެތެވެ.ބަލަންތިބޭށެވެ.
-
ހުކުރު، އޭޕްރީލް 18 2008، 07:28
ގާސިމު ކަން ކުރާނީ މައުމޫނު ވިދާޅުވާގޮތަށް. ބަލަ އެބޭފުޅާއަކީވެސް މައުމޫނު އައްޔަންކޮށްފައި އިން މިނިސްޓަރެކޭ . މާދަމާ ވަކިކުރެއްވިއަސް ހާއްޞަ މުޖުލީހުންވެސް ބޭރެވީ. މިނޫންގޮތަށް އޭނަ މިކަން ނިންމާފިއްޔާ އޭނައަށް ކިނާނީ ގަސިމެއްނޫ ، ކާސިމު. ވިކިފަ ، ވިކިހުސްވެފަ . އަޅާނުލާ ބަހައްޓާ ގަދަބާރުން އަދި 10 އަހަރު އެބޭ ވެރިކަން ކުރާނެ. އޭގެފަހުން ގަމާރުންނަށް އެއްޗެއް ވިސްނޭނީ. 2018 ގައި ރަގަޅުވާނެ. ބަލަ ކެއްކުރިމީހާ ފުޅަށްބުޑު އޮވެ މަރުވީވެސް. އެކަމު އިރާދަކުރެއްވިއްޔާ މިފަހަރު މަރުނުވަނީސް އެކަން ރަގަޅުވާނެ. ބޮޑެތިކަންކަން ވާނީ ގިނަދުވަހުން. އައްޔަ
-
ހުކުރު، އޭޕްރީލް 18 2008، 07:39
ވެރިކަމަކީ މާތްﷲދެއްވާކަމެކޭ،ދަންނަބޭކަލުން ވިދާޅުވާ އަޑުއަހަމެވެ.ހަމައެފަދައިން،ވެރިކަމަކީ،މާތްﷲޙަވާ- ލުކުރައްވާ،ބޮޑުވެގެންވީ އަމާނާތެކޭވިދާޅުވާދަންނަބޭކަލުންވެސްމަދެއްނޫނެވެ.ސުވާލަކީ،އެއަށްޚިޔާނާތްތެރިވާ ދަންނަބޭކަލުން- މިޚިޔާނާތްތެރިވަނީ،ކޮންއަސްލެއްގެމަށްޗަކަށްބާވައެވެ. މިޤައެމުގެ އިސްސަފުގައި،ތިއްބެވި ދަންނަބޭކަލުން މަދެކޭ ނުދެންނެވޭނެއެވެ.އެކަމަކު މިޤައުމުގެ ނިކަމެ- ތި ރައްޔިތުންނަށާއި،މިޤައުމުގެ ޚަޒާނާއަށް،ހަދަމުންމިދާގޮތް،ދުވާލުގެ އަލިކަން ފަދައިން އެނގޭއިރުވެސް،ހުކުރުދުވަހުގެ ޚުތުބާގައި،އިމާމުމީހާލައްވާ އެކިއުވާ،ވެރީންހަދާނެގޮތެއް ހެއްޖަސް އެމީހުންނަށް ރަހުމަތް ލެއްވުންއެދި،އެގޮވާގޮވުމަށް،ހަމަހޭ- ގައިތިބޭމީހުންވެސް ހަމަ އާމީން، ކިޔަންވީތޯއެވެ. އަޅުގަނޑު ކިޔަނީ،އަވަސްގޮތެއްގައި،މިމުސީބާތުން ސަލާމަތްކޮށްދެއްވުން- އެދި،އާމީންއެވެ.
-
ހުކުރު، އޭޕްރީލް 18 2008، 08:24
އައްސުވާނެ،އައްސުވާނެ،ހަމަކޮންމެގޮތެއް ހަދާފައިނަމަވެސް މައުމޫނު ބޭނުންވާ ގޮތެއް ހަދާނެ ވޯޓަށް މަކަރު ހަދައިގެންނާއި، ރިޝްވަތުދީގެން،ކުރީސަފަށްލީއެންމެން،އެތިބީ އޭނާގެ މަޅީގައި ޖައްސާފައި،ސިފަ- އިންނާ ފުލުހުންގެ އިސްކޮށް ތިބިމީހުންވެސް އެތިބީ އެމަޅީގައިޖައްސާފައި، ދަށަށްތިބިމީހުންވަނީ،މައްޗަށްތިބި މީހުންގެ- ތެރެއިން، ކޮންމެވެސް މީހެއްގެ ދަންތުރައިގައި ޖައްސާފައި،މުޅިޤައުމުމިވަނީ ޙިޞާރުކޮށްފައި،ރައްޔިތުން ތިބީނިކަމެތިވެފައި- ވޭތުވެދިޔަ،އޮނަތިރީސް އަހަރު ދުވަހުގެތެރޭގައި މިޤައުމަށް ލިބުނިއްޔާ ލިބުނުހާ އެއްޗެއްވަނީ، ވެރިކަމުގައި އިސްކޮށް- ތިބި ހައެއްކަ ޢާއިލާގެމެދުގައި ބަހާލާފައި،ގައުމަށް ކަމެއް ކޮށްދިނިއްޔާ ކޮށްދީފައިއޮތީ،މުޅިޤައުމު ދަރުވާލާފައި،ވީމާ ތިޔަ ބުނާހާގޮތަކަށް،ޤާނޫނުތައް ފާސްވެއްޖެނަމަ،އަބަދު ވެރިކަމުގައި ތިބެވޭނެގޮތެއްނެތް،ވެރިކަމުން ފައިބަން ޖެހިއްޖެނަމަ،ޖެހޭ- ނީ ޖަލަށްދާންކަމަށް ޔަޤިންވާވަރުން އެނޫންގޮތެއް ހެދޭކަށްވެސްނެތް،ޤާސިމަކަށްކަމެއް ކުރާހާ ހިއްވަރެއްވެސްނެތް،އެހެން- ނޫންނަމަ.......................................... ކީކޭތަހީވަނީ،އަހުރެމެން،އެންމެން މިތިބީ ޤާސިމުގެ ފަހަތްޕުޅުގަ، ހަމަހިލާ- އެއްގޮތެއްވެސް ނުހެދޭނެ،ކުރަންވީ ކަމަކީ،ކެރިގެން ބުނެލަންވީ،12.13ގައިވެސް ކަންކަން ނުވީ ޤާސިމު ބޭނުންނުވީމަ، މާކަންބޮޑުވަންޏާ،ޤާސިމަކަށްވެސް ނުބަލާނަން،އިނގިދާނެތާ ވާގޮތެއް،މަރުވާންވެސް މިތިބީކެރިގެން،ދެފަހަރަކު،މަރެއްނުވާނެ- ކޮންމެވެސް އެއްދުވަހަކުން މަރުވެސްވާނެ،އާން.......................................
-
ހުކުރު، އޭޕްރީލް 18 2008، 08:42
ކޮންމެމީހަކު ކޮންމެއެއްޗެއްލިއުނަސް ކަންކުރާނީ ވިދާޅުވާގޮތައް އެނޫންއެހެންގޮތެއް ނޯންނާނެ،ޤާސިމު ކީއްތޯކުރައްވާނީ ކުރީގޮނޑިބަރި ފުރޭނީވިދާޅުވާދުވަހަކު ވިދާޅުވިކަމެއްކުރަންކަން މިހާރުވެސްއެބައިގޭނޫންތޯ ދެންމިހާރުވޯޓުލާދުވަސް ކައިރިވާތީ ކުޑަކާފުއާއި ބޮޑުކާފު ޖެއްސެވުމުގަ ވަރައްއިސްބޭފުޅުންކޮޅެއް އަނެއްކާވެސްއިތުރުކޮއްލެއްވީނޫންތޯ ދެންޤާސިމުކީއްތޯކުރައްވާނީ ދެންކުރާކަމެއްކުރެވޭނީ ރައިއްޔަތުންނަށް
-
ހުކުރު، އޭޕްރީލް 18 2008، 14:06
ޖަޒީރާ ނޫސް ވަކިކޮޅަކަށް ބުރަވެވަޑައިގަންނަވަނީ ކީއްވެތޯ؟ ކޮމަންޓް ތިބައްލަވައި ގަންނަ ޝަރުތުތަކަކީ ފާހަގަ ކުރެވޭ ގޮތުން ހަމައެކަނި މައުމޫނަށް ކުޑައިމީސް ބަސްތަކެވުން ކަން. މިއީ ވަރަށް ދެރަކަމެއް.
-
ހުކުރު، އޭޕްރީލް 18 2008، 14:17
އެންމެ ފަހު ވަޤުތު ޤާސިމް ވެސް މޮޅު އެތިފަހަރެއް ހަދާނެ ކަމަށް ބެލެވޭ-ޑީޑީ-
-
ހުކުރު، އޭޕްރީލް 18 2008، 23:22
އެންމެން މިތިބީ ޤާސިމުގެ ފަހަތްޕުޅުގަ،
-
ހޮނިހިރު، އޭޕްރީލް 19 2008، 08:12
aއަޅުގަޑު ނެންނަށް މިފަހަރު އެގޭނެ ރަޔްޔި ގަމާ ރީތޯ ނުވަތަ ގައުމަށް ހެވާ ލާބަ ބޭނުން ނުވަނީތޯ ވުވަތަ 29 އަހަރު ރަގަޅު ތޯ އިސްލާ ހުކުރަން އުޅޭ ބޭފުޅޫން ގަބޫލު ތޯ ރަޔްޔިތުން ބޭނުން ވަނީ ވަގުން ތަ ނުވަތަ ތެދުވެރިން ތަ އެގޭ ނެ އެގޭނެ ޖަވާބަކީ ކޮބާ
-
ހޮނިހިރު، އޭޕްރީލް 19 2008، 09:21
ރައްޔިތުން މިތިބީ ކެތްމަދުވެފައި،ރައްޔިތުންނަށް ނޭގޭހަމައެންމެ ކަމެއްވެސް މިހާރަކުނެތްތިޔަރާވާ ހުރިހާރޭވުމެއްވެސް ވަރަށްރަގަޅަށް ރައްޔިތުންނަށް އެނގޭ،މައްސަލައަކީ،މިޤައުމާއި ޤައުމުގެ ރައްޔިތުންނަށް ތެދުވެރިވާން ތިއްބެވި ލޮބުވެތި ސިފައިންނާއި ފުލުހުން ޙަރާމްކޯރުވަމުންދާކަން،އެމީހުން އެމީހުންގެވާޖިބުއަދާނުކުރާކަން، ވެރީން ފާޅުކަން ބޮޑުގޮތެއްގައި ޤައުމަށާއި،ރައްޔިތުންނަށް ޚިޔާނާތްތެރި ވަމުންދާކަން އެނގޭއިރުވެސް ވެރީން ޙިމާޔަތްކުރުމަށްޓަކާ ރައްޔިތުން މަރަމުން ގެންދާކަން. މިޒަމާނުގައި،ތިޔަހާގިނަ ސިފައިންނަކާ ފުލުހުންނެއް މިޤައުމަކަށް ބޭނުމެއްނުވެޔޭ، ބަލަ ބާރުގެގޮތުން،އަހަ ރުމެން ފިއަވައި އެންމެދަށް ޤައުމަކީ ސްރިލަންކާ ކަމަށް ބަލަމާހިނގާށެވެ. އެކަމަކު ޔަޤީންވާގޮތުގައި،އެޤައުމުން މިޤައުމާ ހަނގުރާމައަކަށް އަތުވެއްޖެއްޔާ، ކުޑަވަޤުތު ކޮޅެއްގެތެރޭގައި، މިޤައުމު ހިފާނެކަމާއިމެދު ކުޑަވެސް ޝައްކެއްނެތެވެ.އެކަމަކު - ފާޅުކަންބޮޑުގޮތެއްގައި،އެނގެންއޮތް ޙަޤީޤަތަކީ،މިއަދުގެދުނިޔެ އެކަން ޤަބޫލުނުކުރާނެކަމާއި،އެއްވެސްބަޔަކަށް މިޤައުމު އަޅު ވެތިކޮށްގެން ދާއިމީގޮތެއްގައި ނުތިބެވޭނެކަމެވެ. މިޤައުމަށް ބޭނުންވަނީ ގަދަދައްކާލައިގެން އުޅޭއެކިވަކި ގުރޫޕް ނުވަތަ މީސްމީހުން،ބަލިކޮށްލާނެ ގިނަ ވެގެން 500އެއްހާ މީހުންނެވެ.ސިފައިންނޭ،ނުވަތަ ފުލުހުންނެކޭ ކޮންމެހެން ނުކިޔަކަސް މައްސަލައެއްނެތެވެ.އެފަދަބަޔަ ތިބެނިކޮށްއެނިމުނީއެވެ. ތިޔައެއްކޮށްފައިވާ ބޮޑުބައިގަނޑާއި،ހަތިޔާރުތަކަކީ ފަހަރެއްގައިވެސް މިޤައުމު ޙިމާޔަތްކުރާކަށް އެއް ކޮށްގެންއުޅޭ ބައިވަރެއްނޫނެވެ.ތިޔައީ މިޤައުމުގެ މުއްސަންދިކަން މިޤައުމުގެ ނިކަމެތި ރައްޔިތުންނަށްނުދީ ހަމައެކަނި ވެރި ވެގަނެގެން އުޅޭބައިގަނޑު ކާލަކާލައި ތިބެންވެގެން،ކުރާ ބޮޑުވެގެންވީ އިޝްރާފެކެވެ.
-
ބުރާސްފަތި، އޮކްޓޫބަރ 2 2008، 12:48
މައުމޫނަށް ވޯޓް ދިނިއްޔާ އެނުވާނެ ޤައުމުގެ މުސތަޤުބަލް އުޖާލާކުރަން ދިންވޯޓަކަށް ނުވާނެއެވެ.