ރިޔާސީ އިންތިޚާބުގައި މައުމޫނަށް ލިބޭނީ އެންމެ 7 ޕަސެންޓް ކަމަށް ފުރަތަމަ ފަހަރަށް ސާރވޭއަކުން ދައްކައިފި
ރައްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިޚާބެއްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މއ ކިނބިގަސްދޮށުގޭ އަލްއުސްޓާޛް މައުމޫނު ޢަބްދުލް ޤައްޔޫމް ވާދަކުރައްވައިފިނަމަ ލިބޭނީ އެންމެ 7 ޕަސެންޓް ވޯޓުކަމަށް, ދިރާސާއަކުން ދައްކައިފިއެވެ.
ސަރުކާރުން އަމިއްލައަށް އިސްތިއުފާދެއްވި ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވީ މިނިވަން ވަކިފަރާތަކަށް ނުޖެހޭ ބަޔަކު ލައްވާ ކުރި ފޯނު ސާރވޭއެއްގެ ނަތީޖާ ދައްކާފައިވަނީ މައުމޫނަށް ލިބޭނީ 7 ޕަސެންޓް ވޯޓު ކަމަށެވެ.
ޝަހީދު ވިދަޅުވީ މިސަރވޭ ކޮށްފައިވަނީ ތަފާސް ހިސާބާއި މާކެޓް ރިސާރޗްގެ ރޮނގުން ތަޖްރިބާ ލިބިފައިވާ ޚާއްޞަ ދިވެހި ބަޔަކުލައްވާ ކަމަށާއި މިސާރވޭގައި ފޯނުކޮށްފައިވަނީ ދިރާގާއި ވަތަނިއްޔާގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ލިސްޓްތަކުން ރެންޑަމްކޮށް (ވަކިގޮތެއް ނުބަލާ) ނެގި ނަންބަރުތަކަކަށް ގުޅައިގެން ކަމަށެވެ.
”ރެންޑަމްކޮށް ފޯނުކޮށްގެން އެއްކަހަލަ ސުވާލުތަކެއް ކޮށްފައިވަނީ. މިސާލަކަށް. މިހާރުއޮތް އެންމެބޮޑު މައްސަލަތަކަކީ ކޮބައިތޯއާއި, އިންތިޚާބުގައި ކުރިމަތިލައްވާނެކަމަށް ވިދާޅުވާ މީހުންގެ ތެރެއިން ވޯޓު ދޭނީ ކާކަށްތޯ. މިފަދަ ސުވާލުތަކެއް ކުރީ“ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ފޯނަށް ޖަވާބުދިން މީހުންގެތެރެއިން 40 ޕަސެންޓް މީހުން ބުނެފައިވަނީ ވޯޓު ދޭނެ ވަކި މީހެއް އަދި ނޭނގޭ ކަމަށާއި އެހެންނަމަވެސް މައުމޫނަށް ވޯޓު ނުދޭނެ ކަމަށެވެ.
ޝަހީދު ވިދާޅުވީ މިސާރވޭ ފެށި މިދިޔަމަހު ފަހުކޮޅު ކަމަށައި މިހާތަނަށް 1500 މީހުންނާ އެސާރވޭ ޓީމުން ގުޅާފައިވާނޭ ކަމަށާއި 2000 މީހުން ހަމަވުމުން އެކޯލުތަކާއި ސާރވޭގެ ރިޕޯޓް ޢާއްމުކުރާނެ ކަމަށެވެ.
މިއީ ރައްޖޭގައި ހަދާ މިފަދަ ފުރަތަމަ ސަރވޭއެވެ.
-
ބުރާސްފަތި، އޭޕްރީލް 17 2008، 18:11
އަޅުގަނޑު ޖަޒީރާއަށް ދީފައިވާ ގިނަކޮމެންޓު ތަކުގައިވެސް މައުމޫނު މިފަހަރު އިންޝާﷲ ބޮޑުބޭޒާރުވުމަކުން ބޭޒާރުވާނެވާހަކަ ވާނީ ތަކުރާރުކޮށް ބުނެފައި،އަޅުގަނޑަކީ ސިޔާސީމައިދާނުގައި ހަރަކާތްތެރިވާމީހެއްނޫންވިޔަސް ވަރަށްގިނައިން އާންމުންނާއިއެކު އުޅެ އެމީހުންގެޚިޔާލާއި ވިސްނުން އަޅުގަނޑަށްވަނީ މިކަމުގައި ލިބިފައި،އަދިވެސް މިބުނަނީއެވެ.ކުރީގެއެންމެންތައްގެނަޔަސް މިފަހަރު އިންޝާﷲ މިސަރުކާރުފެއިލްވުން ނޫންއެހެންއެއްވެސް ގޮތެއްނޯންނާނެއެވެ.=ލަގޮނޑި=
-
ބުރާސްފަތި، އޭޕްރީލް 17 2008، 18:25
ތިސަރވޭ ޑީއާރުޕީއިން ހަދައިފިނަމަ، ތިނަތީޖާ ނިކުންނާނީ މުޅިން އިދިކޮޅަކަށް ކަށަވަރު. ތިއީ ކިތައްމެ މިނިވަންކޮށް ކުރެއްވި ސަރވޭއެއްނަމަވެސް ތިކަން ޤަބޫލުކުރާނެ މީހަކުވެސް ޑީއާރުޕީއަކަށް ނިސްބަތްވެފައެއް ނުހުންނާނެކަން ޔަޤީން. އަދި ވަރަށް އަވަހަށް މަސްޢޫދު ޢިމާދު ލައްވާ ޑީއާރުޕީން ސާވޭއެއްވެސް ކުރައްވާނެއެވެ. ނަތީޖާދައްކާނީ %99.99 އިންސައްތައް މީހުން ސަޕޯޓުކުރަނީ އަދިވެސް ރައީސް މައުމޫނަށް ކަމަށް، އަޅުގަނޑަށް އެގޭކަމަކީ ސާވޭއެއް ނުހެދިއަސް މިހާރު މައުމޫނުގެ އިތުރު ދައުރަކަށް ސަޕޯޓުކުރާނީ ޤައުމުދެކެ އެއްވެސްކަހަލަ ކުލުނެއްނެތް އަމިއްލަ އެދުމުން ފުރިފައިވާ ބަޔެއްކަމެވެ. -ފާރިޝް-
-
ބުރާސްފަތި، އޭޕްރީލް 17 2008، 19:50
ސާވޭއެއް ކުރުން އެއީ ކޮންމެ މީހަކު ކުރިނަމަވެސް ގޯހެއް، އެއީ އަނެއްކާ އިތުރު ބަޔަކަށް މި ސަރުކާރު އާ ދޭތެރޭ ވިސްނުމުގެ ފުރުޞަތެއް ދިނީ، ފާރިޝް ވިދާޅުވިހެން އެގޭމް ކުޅޭނެ، އަދި ނަތީޖާވެސް ވަރަށް ފުޅާދާއިރާއެއްގައި ފާޅުކުރާނެ، އެކަމުގައި އުފާފާޅުކުރުމުގެ ސިލްސިލާބުރެއްވެސް ފެށޭނެ. ކެތްތެރިކަމާއެކު ހެޔޮބަދަލަށް އެދޭބަޔަކު މަސައްކަތް ކުރަންވީ. ޢޙޙ
-
ބުރާސްފަތި، އޭޕްރީލް 17 2008، 19:59
ފާރިޝްގެ ހިޔާލަށް ތާއީދު ޑރ. ޝަހީދުމެންނަކީވެސް ދެއަނގައިން ވާހަކަދައްކާބައެއް. އަޅެ މައުމޫނު އެމް.ޑީ.ޕީ އަށް ވަދެފިނަމަ ދެން އަހަރެމެން މިލަވާހާ ހަޅޭއް ސަނާއަށް ބަދަލުވާނީތަ. ބުނަން ސާވޭތަކަށް ކުރެވޭނީކޮން އިތުބާރެއް. ތިޔަބުނާ މިނިކަން ކޮމިޝަންތަކާ، ދެމަޖިލިހުންވެސް އެހަދަނީ ހަމަ ހަދާނެގޮތެއް. ނިކަން ރަގަޅަށް އަރިއަރިން ބަލަބަލާފަ ހިޔުމަން ރައިޓުންވެސް އެބުނީ ނިޒާމީވޯޓުވަރުގެ އިންސާފުވެރި އިންތިހާބެއް މިރާއްޖެއަކު އަދިޔެއް ނުބޭއްވެޔޭ. މީ މިވެރިންގެ ހާލަރުހުރިވަރު ދެން އަހަރެމެން އައްޔަންކޮށްފާތިބިހާ މެންބަރުންވެސް އެއްދުހުކިޔަނީ އަލޭ، އަނެއްދުހުކިޔަނީ ބަލޭ. މަލިކުމީހުންގެ ލަވަޔަށް މިވަރުގެ ތަނެއްދޮރެއް، އުޑެއްބުޑެއް ނުދަނޭ. ވީއިރު ތިކަހަލަ ސާވޭއަކަށް ކުރެވޭނީ ކޮންބަރޯސާއެއް؟ -ރިންސް-
-
ބުރާސްފަތި، އޭޕްރީލް 17 2008، 21:04
މައުމޫނުގެ ވަގުތު ޖެހެނީ. މިފެންނަނީ މައުމޫނު ސަރުކާރުން ފައިދާ ލިބޭ މީހުން ކޮޅުކޮޅު މައްޗަށް ދުވާތަން. ހަސަން ސައީދުމެންނަށް ޖާސޫސްކޮށްދިނުމުގައި ރިފޯމް ނަޝީދު ކުރައްވާ މަސައްކަތަށް ވަރަށް ޝުކުރުދަންނަވަން. ދޮންއަލީ
-
ބުރާސްފަތި، އޭޕްރީލް 17 2008، 21:40
ތިސާވޭ ޝަހީދުމެން ނޫން އެހެންމީހަކު ކުރުވައިފިނަމަ މައުމޫނާއި ޙަސަން ސައީދު ފޭލްވާނެކަން ޔަގީނެވެ.
-
ބުރާސްފަތި، އޭޕްރީލް 17 2008، 21:50
ޝަހީދުގެ ސަރވޭއަކީރަނގަޅު ސަރވޭއެއްކަމަށްފެންނަނީ އެކަމަކު ޝަހީދު ވިސްނާލަންޖެހޭނެ މައުމޫނުދެންހަދާފާނެއެތިފަހަރަކަށް.މިހާރުސީނިއަރު އަދި ޖޫނިއަރު ވަޒީރުންތަކެއް އެހެދީ މިހެންގޮސްމުޅިގައުމުގެ ރަށްޔެތުން ހުސްވަޒީރުންނަށް ހަދައިފިއްޔާ ސަތޭކަ ޕަސެންޓް ނުލިބެންވީ އެއްވެސް ސަބަބެއްނެތް.މައުމޫނަކީ ވެރިކަމާހެދި ކޮންމެފަދަކަމެއްވެސް ކޮށްފާނެބޭފުޅެއް އަދިތިހުރިހާ ވަޒީރުންތައް މަޖްލިސްތެރެއަށް ވައްދާނެ.މިބުދުތައްލައްވާ އެންމެފުރަތަމަ ކުރާނެކަމަށްފެންނަނީ ސިވިލްސަރވިސް ނައްތާލުން އަދި ދިވެހިރާއްޖޭގެ ވެރިކަމަކީ މައުމޫނުގެ މިލްކެއްކަމަށްހެދުން.ވެރިކަންބޭނުމަސްތީތަންކޮޅެއްބޮޑުވަރެއް.އޭބީޑީ
-
ބުރާސްފަތި، އޭޕްރީލް 17 2008، 22:00
ޑރ ޝަހީދުގެ މެން ތިހެއްދެވި ސާވޭއަކީ އެއްވެސް ކަހަލަ ހަގީގަތެއްގެ މައްޗަށް ބުރަވެ، ހުރެ ހަދާފައިވާ ސާވޭއެއް ނޫންކަން ފާޅުގައި ކެރިހުރެގެން ޙަގީގަތަށް ބުރަވެ ހުރެ ހާމަކުރަން. އަޅުގަނޑަކީ ޑީ.އާރު.ޕީގެ މީހެއް ވެސް ނޫން. މައުމޫނުގެ މީހެއް ވެސް ނޫން. އެކަމަކު މައުމޫނަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިއްޖެނަމަ، އެމަނިކުފާނަކީ އަދިވެސް ދިވެހި ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރައްވާނެ ފަރާތްކަން ދިވެހި ކުދިބޮޑު އެންމެން ގަބޫލްކުރޭ! އަޅުގަނޑަށް ޔަގީން ޑރ. ޝަހީދު ދިވެހިންގެ ތެރެއިން 7 އިންސައްތަ މީހުންނަށް ނޭގޭކަން އަދި ދިވެހިންގެ ތެރެއިން 7 އިންސައްތަ ސަޕޯޓް ނުލިބޭނެކަން . އޭގެ ހެކި ޑީ.އާރުޕީގެ ކައުންސިލަށް ކުރިމަތިލާ ނުހޮވޭނެކަން އެގުމުން ނަން އަބުރާ ގެނައުން އަދި ރައްޔިތުންގެ މަޖްލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓަކަށް ހުށަހެޅިފައިވަނިކޮށް އިސްތިއުފާ ދިނުން. އަލީ/ސ.ހިތަދޫ
-
ބުރާސްފަތި، އޭޕްރީލް 17 2008، 22:09
ޑރ. ޝަހީދަކީ އިތުރުފުޅު ހެއްދެވުމުގެ ލާމަސީލު ދެދުލުގެ ވެރިޔާއޭ ސަރުކާރާ އިދިކޮޅު މީހުންނާއި ޕާޓީތަކުން ބުނޭ. މިފަހަރުވެސް ތިހެއްދެވީ އިތުރުފުޅެއް. މައުމޫނަށް ދިވެހިންގެ ތާއީދު އޮތީ. މައުމޫނަށް ސަޕޯޓް އޮތް ވަރަށް އޮތް އެއްވެސް ލީޑަރެއް އަދި ދިވެހިންގެ ތެރޭގައި ނެތް. ޑރ. ޝަހީދު އެމީހަކު ވެރިކަމަށް އެރުވުމަށްޓަކައި މަސައްކަތްކުރާ ޑރ. ޙަސަން ސަޢީދު ނޭގޭ ކިތައްމެ މީހުނެއް ދިވެހިންގެ ތެރޭގައި އެބައުޅޭ. އަދި އެމަނިކުފާނަށް ކެމްޕޭން ކޮށް ދިނުމަށްޓަކައި އެހީތެރިވާނެ މީހުން ނުވެގެން ކުދި ރަށްތަކާ ބޮޑެތި ރަށްތަކުގެ އެކި މީހުންނަށް ޑރ. ޝަހީދާ، ޖަމީލް އަދި ޑރ. ހަސަން އާދޭސް ކުރަމުން އެބަދޭ. މއީ ހަގީގަތް، މިހަގީގަތް އޮންނަ އިރުވެސް އަދިވެސް ތިބުނަނީ މައުމޫނޭ ބަލިވާނީ. ބަލަ ބުނަން ވާހަކައެއް. ޑރ. ހަސަނާ، ޑރ. ޝަހީދާ އަދި ޖަމީލް ދިވެހިންނަށް ތަޢާރަފުކޮށް ދެއްވީވެސް މައުމޫނު. ޑރ. ޝަހީދު އުފަން މާލޭގެ ގޭދޮށު ކުދިން ފިޔަވައި އެހެން ބަޔަކަށް މާލޭގައި ޝަހީދު ނޭގޭ. ސ.ފޭދޫ ނުވަތަ އައްޑު އަތޮޅު 90 އިންސައްތަ މީހުންނަށް ޑރ. ހަސަން ނޭގޭ. އުސްތާޛު ޖަމީލް އޭނާގެ އުފަން ރަށް ފުވައްމުލަކުގެ އޭނާގެ އަވަށުގެ މަދު ބަޔަކަށް ނޫނީ ނޭގޭ. މި 3 މީހުން ދިވެހި ރައްޔިތުންނަށް ތައާރަފުކޮށްދިނީ ތިބޭފުޅުން ތިވިދާޅުވާ 30 އަހަރު ވެރިކަން ކުރަމުންދާ ޚުދުމުޚުތާރު މައުމޫނު ދޯ؟
-
ބުރާސްފަތި، އޭޕްރީލް 17 2008، 23:00
އަޅުގަނޑުމެން ދިވެހިން މިއަދު މިތިބީ ރަނގަޅު ހެޔޮބަދަލަކަށް ބޭނުންވެގެން. އެހެންވީމާ، މައުމޫނަށް ވޯޓުދޭނީ ޤައުމަށް ހެޔޮއެދެން ބޭނުންވާ ބައެއްނޫން.
-
ހުކުރު، އޭޕްރީލް 18 2008، 01:18
ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ މައުމޫނު ވައްޓޭނެކަން ކަށަވަރެވެ. އޭނާ ހޮވެނީ ކޮންމެހެން ގިނަބަޔަކު ވޯޓްދީގެނެއްނޫން.އެޓޮލްސް މިނިސްޓަރާ އަތޮޅުވެރިންނާއި ކަތީބުން މެދުވެރިކޮށް ވޯޓުން ވައްކަންކޮށްގެންނާއި އޭނާ އައްޔަންކުރާ އިލެކްޝަންކޮމިޝަންލައްވާ ވޯޓްގެ ނަތީޖާ އޮޅުވާލައިގެންނެވެ. މިއީ ޙަޤީޤަތެކެވެ. ވަގުތީ ސަރުކާރެއްއުފައްދަން ޑީއާރޕީން ދެކޮޅުހަދާ މައިގަނޑު ސަބަބަކީވެސް މައުމޫނަށް ރައްޔިތުންގެ ސަޕޯޓްނެތްކަންއެގޭތީ މިނިވަން އިންސާފުވެރި އިންތިޚާބަކުން މައުމޫނު ބަލިވާނެތީ އެފުރުޞަތު ރައްޔިތުންނަށް ނުދިނުމެވެ. މިހާރު އޮތް ސަރުކާރަކީ ކުރީގެ ޤާނޫނު އަސާސީގެ ދަށުން ހޮވިފައިވާ ސަރުކާރަކަށް ވާއިރު އާޤާނޫނު އަސާސީއަށް ޢަމަލުކުރާ ދުވަހުން ފެށިގެން މިހާރުގެ ޤާނޫނުއަސާސީ އުވުނީކަމަށް ފާސްކުރުމަށް ފަހު އެބުނަނީ އިންތިޤާލީ މަރުހަލާގައިވެސް ތިބޭނީ މިހާރުގެ ރައީސާއި ކެބިނެޓް ކަމަށާއި ރައްޔިތުންގެ މަޖުލިހުގައިވެސް ރައީސް އައްޔަންކުރާ މެމްބަރުން ތިބޭނެކެމެށެވެ. މިއީ އިންސާފުވެރި އިންތިޚާބެއްބާއްވައިފިނަމަ މިހާރުގެ ސަރުކާރުވެއްޓޭނެކަން މައުމޫނަށްވެސް ޤަބޫކުކުރެވޭތީ ކުރާހާކަންތަކެވެ.ވީމާ، ތިޔަސާވޭގެ ނަތީޖާ ރަގަޅުކަމުގައި ޤަބޫލުކުރަމެވެ.
-
ހުކުރު، އޭޕްރީލް 18 2008، 02:06
ކޮމެންޓުތަކަށް ބަލާލުމުން ދިވެހިގައުމަށް ބަދަލެއްގެނައުމަށް ނިކުމެތިބި ޒުވާނުންނަށް، އަންނިއާއި މުނައްވަރާއި ހަސަންއާއި އުމަރާއި އިބުރާއާއި މިއިން އެއްވެސް މީހަކަށް އެކަށީގެންވާ ތާއީދެއް ނުލިބޭނެކަމާއި، އަދިވެސް ދިވެހިން ބޭނުންވެގެން ހޮވާނީ މައުމޫނުކަން ރަގަޅަށް އެބައިނގޭ. ތިޔަބުނާ ސާރވޭގަވެސް މީހުން ދީފަ ތިޔަހަރީ ގުޅިމީހާ ބޭނުންވާ ޖަވާބު. ނަމްބަރުން ކާކުކަން އެނގޭނެތީ. މިކޮމެންޓުތަކުގައި ފެންނަން މިހިރީ ހިތުގައި އޮތްގޮތަށް. މައުމޫނު ވެރިކަމުގައިހުރީ ދިވެހިން ބޭނުންވެގެން. ތާހިރު ދިރިއުޅުމެކޭ، ރައްޔިތުންނަށް ޚިދުމަތްކުރުމަށޭ ކިޔައިގެން ތިޔަ ނިކުންނަ މީހުންނަށްވުރެ ބޮޑަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވަނީ އެތިކޮޅުދޭނެ ވެރިޔެއް.
-
ހުކުރު، އޭޕްރީލް 18 2008، 02:37
މިދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް ސިޔާސީ ދާއިރާއެއްވާކަމާއި އެދާއިރާއިން ރައްޔިތުންގެ މިނިވަން އަސާސީ ހުރިހައި ސިފަތަކެއް ނިގުޅައިގެންފައިވާ ކަމާއި ހާމަކަން ބޮޑު ނޫސްވެރިކަމަކަށް ޖާގައެއް ދީފައި ނުވާކަމާއި އަތުޖެހުނު ދިމާލަކުން ދިވެހީންގެ ބައިތުލްމާލަށް ޙަރާމް ކޯރުވުން ފަދަ ކަންތައް ގެނެސްދޭންފެށީ ރާއްޖޭގައި ޝާއިޢު ކުރެވެން ފެށި ދެނޫހެއް ކަމަށްވާ ހުކުރު ނޫހާއި ސަންގުން ކަމީ ވަރަށް ގިނަ ދިވެހީންނެއް ޤަބޫލްކުރާނެ ޙަޤީޤަތެއް. އަދި އެކަންތައްތަކަށް ދިވެހީން ހޭލުންތެރިކުރުވައި ޤުރުބާން ތަކެއްވީ ބޭކަލެއް މަޝްހޫރު ނަމުންނަމަ އަންނި އަކީ. ދިވެހިންނަށް މިނިވަން އަކީ ކޮންބަހެއްކަމާއި އޭގައި މާނައެއްވާކަން ދަސްވާންފެށީ އެދުވަސްވަރު. އެއިގެފަހުން މައުމޫނަށް ދިވެހިންކުރަމުން އައި އިތުބާރު ގެއްލުނު. އަދިވެސް އެއިތުބާރެއް ނުލިބޭ. ވެރިކަމަށް ކުރިމަތިލައްވައިގެން މައުމޫނު ކާމިޔާބު ކުރަނީ އެއީ މިނިވަން ވޯޓަކުންނެއް ނޫން. ނުފޫޒުގެ ބޭނުންކުރުމާއެކު މަކަރާއި ޙީލަތުން. ދިވެހިދަވްލަތް ހިންގުމުގެ ހުރިހާބާރެއް އެމަނިކުފާނު އަތުގައި އޮވެގެން ބާރުގެ ބޭނުންކޮށްގެން. މިސްރު، ޒިމްބާބުވޭ އަދި ކިއުބާފަދަ ޤައުމުތަކޭ އެއްގޮތަށް ޚުދުމުޚްތާރު ވެރިކަމެއް ކުރަމުން އަންނަނީ. މިކަމުގެ ފާލައެއް ނުބެލޭނެ. މައުމޫނު ރާއްޖޭގެވެރިކަން ދޫނުކުރައްވަނީސް އެއީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫން. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ނަޒަރު އަޅުގަނޑުމެން ހިންގާލާމުން ފުރަތަމަ ކިޔާނީ މިސާލަކަށް އެމެރިކާ، ކެނަޑާ އަދި ޔޫރަޕޭ އެކަމަކު އެއިން ޤައުމެއްގައިވެސް ނެތް މިމީހުން މިކިޔާއުޅޭ ކަހަލަ ޑިމޮކްރަސީއެއް. އާނ! އެމެރިކާގެ ޑޮލަރނޫޓު ހުންނަހެން ރާއްޖޭގެވެސް ރުފިޔާނޫޓު ވަނީ އެއްސައިޒަކަށް ބަދަލުވެފައި. ޢަދުލު އިންސާފެއް ނެތް. ރައްޔިތުން އެންމެނަށް ހަމަހަމަވާ ޤާނޫނެއް ނެތް. ދެން ކިހިނެއް ތިބުނާހެން ވާނީ. މިހެން ފާޅުގައި ޑީއާރުޕީއަށް ބުނަންދަތިވިޔަސް މައުމޫނު އެމީހުންލައްވާ އެކުރުވަނީ "ސަކްސަސް އެޓް އެނީކޯސްޓް" ގެ ދަށުން ހުރިހާކަމެއް. އެހެންވީމާ ބުނެވޭނީ 93 ޕަސެންޓު މައުމޫނު ކާމިޔާބުކުރާނެޔޭ. އަދިވެސް އަންނި ނިކުމެވަޑައިގަންނަވާށޭ މިނިވަން ވޯޓެއް މީހުންނަށް އުގަންނައިދޭން. (ހަސަނުލްބަޞަރީ)
-
ހުކުރު، އޭޕްރީލް 18 2008، 07:49
މި ގައުމުގެ ވެރިއަކަށް މައުމޫން ދެނެއް ދިވެހި ރައްޔިތުންނެއް ނުހޮވާނެ.
-
ހުކުރު، އޭޕްރީލް 18 2008، 09:24
ތިޔަގޮތަށް މައުމޫނުކީއްވެތޯބިރުފުޅުގަންނަނީ،ކީއްވެތޯރިއާސީދައުރަކަށްކުރިމަތިނުލައްވާނޭކަމަށް ވިދާޅުވެފަވާއިރުވެސް އަދާލަތުޕާޓީއާއެކު އެއްމޭޒުދޮށަށް ވަޑައިގަތުމަށް ދެކޮޅުހެއްދެވީ،ދެފަހަރުދެގޮތަށްމާނަކުރަށްވާ ޝާފިޢުމެދުވެރިކުރަށްވާދެކޮޅުހެއްދެވީ ހަމަބިރުފުޅުންނޫތޯ،ވަރަށްސާބިތުކަމާފަޚުރުވެރިކަމާއެކު ބައެއްކަތީބުންނާ މެޖިސްޓްރޭޓުންވިދާޅުވޭ ވޯޓަށްހަދާނީއަހަރުމެންބޭނުންގޮތެކޭ އެހެންވީއިރު ބިރުފުޅުގަންނަނީކޮންކަމަކާތޯ؟