ރަޝިޔާގެ ވެރިކަންކުރާ ޕާޓީ ހިންގެވުމާ ރައީސް ލަޑީމިއަރ ޕޫޓިން ހަވާލުވެވަޑައިގެންފި

ހުސައިން ރަޝީދު އޭޕްރީލް 17، 12:15 2 ޚިޔާލު

ރަޝިޔާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޔުނައިޓެޑް ރަޝިޔާ ހިންގެވުމާ މިހާރުގެ ރައީސް ލަޑީމިއަރ ޕޫޓިން ޙަވާލުވެ ވަޑައިގެންފިއެވެ. މިމަހުގެ ނިޔަލަށް ރައީސް ކަމުގައި ހުންނެވުމަށްފަހު ޕޫޓިން ވެރިކަމާ ދުރަށް ވަޑައިގެންނެވި ނަމަވެސް, ސިޔާސީ މައިދާނުގައި އޭނާގެ ނުފޫޒުތައް ކުޑަވާގޮތަށް މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާކަން އޭނާ ހާމަކޮށްފައިވެއެވެ.

މިގޮތުން ވެރިކަމަށް އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ޑިމިޓްރީ މެޑްވެޑޭވް ހަމަޖެއްސެވުމަށް ކެމްޕެއިން ކުރައްވާ އޭނާއަށް ކާމިޔާބު ހޯއްދަވާ ދެއްވާފައިވެއެވެ.

ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި ޕާޓީ ހިންގެވުމަށް އެޕާޓީގެ މެމްބަރުންނާއި އިސް ފަރާތްތަކުން އޭނާ ހޮއްވެވުން އެއީ އެޤައުމުގެ މިޞްރާބު ރަގަޅުކަން ދޭހަކޮށްދޭ ކަމެއްކަމަށެވެ. އަދި ޝުކުރުވެރިކަމާއެކު މިހުށަހެޅުން ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޕޫޓިންގެ ޒަޢާމަތުގައި ރަޝިޔާގައި ގިނަ ކަންތައް ހިންގާފައިވަނީ ނުފޫޒާއި ބާރުގެ ބޭނުން ހިފައިގެން ކަމުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.

ޚާއްޞަކޮށް ރަޝިޔާއިން ގެންގުޅެމުން އަންނަ ސިޔާސަތުތަކުގައި ޕޫޓިން އަބަދުވެސް ހަރުކަށި ގޮތްތަކަކަށް ތާއީދު ކޮށްފައިވެއެވެ. މިގޮތުން އެމެރިކާގެ ސިޔާސަތުތަކަށް އެންމެބޮޑަށް ގޮންޖައްސަވާ އެއްބޭފުޅަކަށް ޕޫޓިން ވެވަޑައިގެންފައިވެއެވެ.

އެންމެފަހުން އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއެކު ބޭއްވެވި މަޝްވަރާތަކުގައިވެސް ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި ޔޫރަޕުގައި އެމެރިކާއިން މިސައިލުން ދިފާޢުވުމާ ބެހޭ ނިޒާމެއް ޤާއިމުކުރުމަކީ އެޤައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށެވެ. އަދި އެކަމަށް ތާއީދު ނުކުރައްވާނެ ކަމުގައި ވިދާޅުވެ, އެމަސައްކަތަށް ފާޅުގައި ހުރަސް އަޅުއްވާފައިވެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އެތިބެނީ ވެރިން . އަދުއްވުންގެ މައްޗަށް ގަދަފަދަ ގައުމާއި ރައްޔިތުންނަށް އޯގާތެރި އިޚްލާޞްތެރި ވެރިން.

    ބުރާސްފަތި، އޭޕްރީލް 17 2008، 15:50
  2. އއއެެެެެެެެެެެެރރއރފއެފއރފރރރރރރއެރރރރރރރރރރރރރރރ

    އާދިތްތަ، އޮކްޓޫބަރ 12 2008، 14:01
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv