
ރޮމާރިއޯ އެންމެ ފަހުން ކުޅުން ހުއްޓާލައިފި
ބްރެޒިލްގެ ކުރީގެ ތަރި ރޮމާރިއޯ އުމުރުން ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 42 އަހަރުގައި ރޮމާރިއޯ ބައިނަލް އަގުވާމީ ފުޓުބޯޅަ އާއި އަލްވަދާއުކީއިރު އޭނާ ވަނީ ވޯލްޑް ކަޕެއް ކާމިޔާބުކުރުމުގެ އިިތުރުން 1000 ގޯލް ޖެހިކަމަށްވެސް ދައުވާކޮށްފައެވެ.
ރޮމާރިއޯ ބުނީ އޭނާ ކުޅުން ހުއްޓާލަނީ އެނޫން ގޮތެއް ނެތިގެން ކަމަށާއި ކުޅުންތެރިންގެ ބުންވަރާއި ސިފަވެސް މިހާރު އޭނާގެ ކިބައިގަިއ ނެތް ކަމަށެވެ.
”ރަސްމީކޮށް އަހަރެން މި ކުޅުން ހުއްޓާލީ, އަހަރެންގެ ވަގުތު އައިސް ޖެހިއްޖެ, ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް މަޖާކޮށް“ އޭނާ ބުންޏެވެ.
ރޮމާރިއޯ ވަނީ 1990 އާއި 1994 ވަނަ އަހަރުގެ ވޯލްޑްކަޕްގައިވެސް ބްރެޒިލް ގައުމީ ޓީމަށް ކުޅެފައެވެ. އަދި 1994 ވަނަ އަހަރުގެ މުބާރާތް ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އެކަކީ އޭނާއެވެ. ބްރެޒިލް ގައުމީ ޓީމަށް 73 މެޗް ކުޅެދީ 54 ގޯލްވެސް އޭނާ ޖަހާފައިވެއެވެ.
ކްލަނބް ލެވެލްގައި އޭނާގެ ރަން ދުވަސްވަރު ހޭދަކުރީ ސްޕޭނުގައެވެ. ސްޕޭނުގެ ވެލެންސިއާ އާއި ބާސެލޯނާ އަށްވެސް އޭނާ ކުޅުނެވެ. ގަތަރުގެ ކްލަބަކަށާއި އެމެރިކާ އަދި އޮސްޓްރޭލިއާގައިވެސް އޭނާ ވަނީ ކުޅެފައެވެ.--ރޮއިޓާސް