ރޮނާލްޑީނިއޯ މިލާނަށް އަންނާނެ އިޓަލީގެ ބޮޑުވަޒީރު
ބްރެޒިލްގެ ރޮނާލްޑިނިއޯ އޭސީ މިލާނަަށް އަންނަ ސީޒަންގައި ބަދަލުުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައިވާ ކަމަށް އިޓަލީގެ އާ ބޮޑުވަޒީރު އަދި މިލާނުގެ ރައީސް ސިލްވިއޯ ބާލުސްކޯނީ ވިދާޅުވެއްޖެއެވެ.
ތިންވަނަ ފަހަރަށް އިޓަލީގެ ބޮޑު ވަޒީރުކަމަށް އިސްވެފައިވާ ބާލުސްކޯނީ އާއި މެންޓެކާލޯ ރޭޑިއޯ އިން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ރޮނާލްޑީނިއޯ އޭނާގެ ކްލަބަށް އަންނާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.
ބާލުސްކޯނީ ވިދާޅުވީ ބޮޑުވަޒީރުކަން ލިބުމުގެ އުފަލުގައި ބޭއްވި ހަފްލާ އަށް ރޮނާޅްޑީނިއޯގެ އެޖެންޓުވެސް އައި ކަމަށާއި އަދި އޭނާ އާއި ބައްދަލުކޮށްފައިވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ރޮނާލްޑިނިއޯގެ އެޖެންޓް ވަނީ ބާލުސްކޯނީ އަށް ރޮނާލްޑީނިއޯގެ ޖޯޒީއެއް ވެދުމަކަށް އަރުވާފައެވެ.
ބާސެލޯނާގެ ސަޕޯޓަރުންގެ ރުހުން ލިބިފައިވާ ރޮނާލްޑިނިއޯ ބާސެލޯނާ ދޫކޮށްލަނީ ކޯޗާއި މައްސަލަ ޖެހިގެން ކަމަށް ބެލެވެއެވެ.--ގޯލް