މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

މަސްޖިދުލް ހަރަމް ބޮޑުކުރުމުގަ މަޝްރޫއު ފަށައިފި

އޭޕްރީލް 16، 12:35 0 ޚިޔާލު

އިތުރުވަމުން އަންނަ ހައްޖުވެރިންނާއި އުމްރާވެރިންނަށްޓަކައި މައްކާގައި ހުންނަ މަސްޖިދުލް ހަރަމް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކައުބާ ހުންނަ މި މިސްކިތް ބޮޑު ކުރުމުގެ ގޮތުން މިހާރުވަނީ މިސްކިތާއި ޖެހިގެން އުތުރާއި ހުޅަނގު އުތުރަށް ހުރި ގެތަކާއި ހޮޓާތަށް ބަދަލުދިނުމަށްފަހު އެގެތަށް ނަގައި ތެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި ސައުދީ ފޯން ކުންފުންޏާއި ސައުދީ ކަރަންޓް ކުންފުނިންވެސް ވަނީ މި ހިސާބުގެ ގެތަކަށް ހިދުމަތް ދިނުންވެސް ހުއްޓާލާފައެވެ.

އަދުލުވެރި ބަދަލުގެ ގޮތުގައި މިހިސާބުގަނޑުގެ ބިމުގެ ވެރިންނަށް ސައުދީ ސަރުކާރުން ވަނީ 6 ބިލިއަން ރިޔާލަ ދޭން ހަމަޖައްސާފައެވެ.

ޝާމިއްޔާ އާއި ޝުބައިކާ ސަރަހައްދުން ގާތް ގަނޑަކަށް 1000 ގެއާއި ހޮޓާ މި މަޝްރޫއުގެ ދަށުން ނަގާނެ އެވެ.

ދެހަރަމްގެ ޚާދިމް އަލްމަލިކް އަބްދުﷲ ބުން އަބްދުލް އަޒީޒް ބިން އާލް ސުއޫދް ހަފިލަހުﷲ ގެ ސީދާ އޯޑަރުގެ ދަށުން މިފަހަރު މިސްކިތަށް އިތުރުކުރެވޭ ބައިގެ ސަބަބަުން މިސްކިތުގައި އެއްފަހަރާ އަޅުކަން ކުރެވޭ މީހުންގެ އަދަދު އިތުރު ބައިލައްކަ އަށް އަރާނެއެވެ. މިސްކިތް ބޮޑުކުރަން ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 3 ލައްކަ ކޮޑި މީޓަރެވެ.

”މީ މިމިސްކިތިގެ ތާރީހުގައިވެސް ހިންގޭ އެންމެ ބޮޑު މަޝްރޫއު, މި މަޝްރޫއު ނިމުމުން މުޅި މައްކާގެ މޫނުމަތިވެސް ބަދަލުވެގެން ދާނެ“ މައްކާގެ މޭޔަރ އުސާމާ އަލް ބަދުރު ވިދާޅުވިއެވެ.

ތާރީހުގެ އެކި ހިސާބުތަކުން މަސްޖިދުލް ހަރަމް ވަނީ ގިނަ މަރާމާތުތަކެއް ކޮށް ބޮޑުކޮށްފައެެވެ. ސައުދީގެ ކުރީގެ ރަސްގެފާނު އަލްމަލިކު ފަހްދް ބިން އަބްދުލް އަޒީޒް އާލް ސުއޫދް ރަހިމަހުﷲގެ ޒަމާނުގައިވެސް މި މިސްކިތް ބޮޑުކުރެވުނެވެ.

ސައުދީ ސަރުކާރުން ހައްޖުވެރިންނާއި މެދު އަބަދުވެސް ވަރަށް ހާއްސަ އަހައްމިއްޔަތެއް ބަހައްޓައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv