މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ކައުބާގެ ތަޅުދަނޑިއެއް 9 މިލިއަން ޕައުންޑަށް ވިކިއްޖެ

އޭޕްރީލް 16، 12:16 0 ޚިޔާލު

މުސްލިމުންގެ އެންމެ މާތް ހަރަފްކަމަށްވާ މައްކާގައި ހުންނަ ކައުބާ ގެ ދޮރުކޮޅަށް 12 ވަނަ ގަރުނުގައި ހަދާފައިވާ ތަޅުދަނޑިއެއް ލަންޑަންގައި އޮތް ނީލަމެއްގައި ރެކޯޑް އަގެއް ކަމަށްވާ 2.9 މިލިއަން ޕައުންޑަށް ވިކިއްޖެއެވެ.

މީ އިސްލާމީ ސަގާފަތަށް ނިސްބަތްވާ އެއްޗެއް މީހާ އަގުބޮޑުކޮށް ވިކުނު ފުރަތަމަ ފަހަރެވެ. މި ތަޅު ދަނޑު ގަތް މީހާގެ ނަމެއް ނީލަން އިންތިޒާމް ކުރި ފަރާތުންވަނީ ހާމަކުރަން ދެކޮޅު ހަދާފެއެވެ. މިތަޅުދަނޑި ވިކިފައިވަނީ ކުރިން ހީކުރި ވަރަށްވުރެ 18 ގުނަ ބޮޑުކޮށެވެ.

އައްބާސީންގެ ދުވަސްވަރު ދަގަނޑުން ހަދާފައިވާ މި ތަޅުދަނޑީގައި ލިޔެވިފައިވަނީ ”މީ އަހަރެމެންގެ އިމާމް އަބޫ ޖައުފަރުން މުސްތަންސިރް އަބުލް އައްބާސް ގެ ދުވަސްވަރު މާތް ރަސްކަލާންގެ ގެކޮޅަށް ހަދާފައިވާ ތަޅުދަނޑި“ މިހެންނެވެ. މި ތަޅުދަނޑިގައި ހުންނަނީ 37 ސެންޓިމީޓަރެވެ.

އެކި ދުވަސްވަރު މަތިން ކައުބާގެ ދޮރުކޮޅަށް 58 ތަޅުދަނޑި ހަދާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މީގެ ތެރެއިން 54 ތަޅުދަނޑި މިހާރު އޮތީ ތުރުކީގެ މައި ދާރުލް އާސާރުގައެވެ. މިސްރުގެ ދާރުލް އާސާރެއްގަޔާއި ފްރާންސްގެ ވެރިރަށް ޕެރިހުގެ ދާރުލް އާސާރެއްގައިވެސް މިތަނުން އެއް ތަޅުދަނޑި އެބައޮތެވެ.

ކައުބާ އަކީ މުސްލިމުންގެ ދެވަނަ ގިބްލައެވެ.--ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv