މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް
އިނގިރޭސި ވިލާތުގެ މުސްލިމުންގެ އަދަދު ދެ މިލިއަނަށް އަރައިފި
އިންގެރޭސި ވިލާތުގެ މުސްލިމުންގެ އަދަދު ދެމިލިއަނަށް އަރައިފި ކަމަށް މިހާރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އެގައުމުގެ ދާހިލީ ސެކެޓްރީ ޖެކް ސްމިތާއި ހަވާލާދީ ދަ ގާޑިއަން ނޫހުން ހަބަރު ދީފިއެވެ.
އެނޫހުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން އިނގެރޭސިވިލާތުގައި މުސްލިމުން އުޅޭވަރު ބެލިއިރު އެ އަދަދު އުޅެނީ 1.6 މިލިއަނުގައެވެ. އަދި އިސްލާމް ދީނަކީ އެގައުމުގައި އެންމެ ބާރަށް ފެތުރެމުންދާ ދީން ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
ވަރަށް ފަހުން ވެޓިކަން އިން ނެރުނު ނޫސްބަޔާނެއްގައިވަނީ ދުނިޔޭގައިވެސް މިވަގުތު އެންމެ އާބާދީ ބޮޑު ދީނަކީ ކްރިސްޓިއަން ދީން ނޫން ކަމަށާއި އެއީ އިސްލާމް ދީން ކަމަށެވެ. ކިތަންމެ އާބާދީ ބޮޑަށް މުސްލިމުންނަކީ މިވަގުތު މާބޮޑު އާރެއް ލިބިފައިވާ ބައެއް ނޫންކަމުން އެކަމުގެ ހިތާމަ މުސްލިމުން ދަނީ ކުރަމުންނެވެ.
