މެތިއަސް އިސްރާއިލަށް

މުބާރިކް ރަފީއު އޭޕްރީލް 15، 14:31 0 ޚިޔާލު

ކުރީގެ ޖަރުމަނުގެ ބައިނަލް އަގުވާމީ ކުޅުންތެރިޔާ ލޮތަރ މެތިއަސް އިސްރާއީލްގެ މެކަބީ ނެތަންޔާ އަށް ކޯޗް ކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.

އިސްރާއީލް ލީގުގެ ދެވަނައިގައި މިވަގުތު އޮތް ނެތަންޔާ އިން މެތިއަސް އަށް ދީފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ނެތަންޔާގެ އޯނަރަކީ ޖަރުމަނު މީހެއް ކަމަށްވެއެވެ. ނަތަންޔާ އަކީ 1970 އާއި 1980 ގެ އަހަރު ތަކުގައި އިސްރާއީލްގައި ދެވަނައެއް ނެތް ވަރުގެ ޓީމެކެވެ.

އިސްރާއީލްގެ ޓީމަށް ސޮއިކުރުމަށްފަހު މެތިއަސް ބުނެފައިވަނީ އިސްރާއީލް ކަހަލަ ގައުމަކަށް އާދެވުމުން އުފަލުން ފޮޅިފައިވާ ކަމަށެވެ.

އިސްރާއީލަށް މިސްރާބު ބަދަލުކުރުމުގެ ކުރިން މެތިއަސްވަނީ ޔޫރަޕްގެ ބައެއް ކުދި ކްލަބް ތަކަށް ކޯޗް ކޮށްދީފައެވެ.

މެތިއަސް އަކީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި މަރަޑޯނާގެ އާޖެންޓީނާ ބަލިކުރި ޓީމުގެ ކެޕްޓަނެވެ. އޭާ ޖަރުމަނު ގައުމީޓީމަށް 150 މެޗް ކުޅެދީފައިވެއެވެ.

ކްލަބް ލެވެލްގައި އިޓަލީގެ އިންޓަރ މިލާނަށް ގިނަ ދުވަސްތަކެއްގައި އޭނާ ކުޅުނު ނަމަވެސް މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ.--ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv