ޔުނައިޓެޑް އަތުން ބަލިވެ އާސެނަލްގެ ހުރިހާ އުއްމީދެއް ފެނަށް

މުބާރިކް ރަފީއު އޭޕްރީލް 14، 13:49 0 ޚިޔާލު

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ ތައްޓަށް ކުރަމުން އައި ހުރިހާ އުއްމީޑެއް ބޭކާރުވެއްޖެއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅެވުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް އާސެނަލްއިންނެވެ. އެޓީމުގެ އަޑެބަޔޯ ލަނޑެއް ޖަހާ މެހެމާނުންނަށް ކުރިހޯދާ ދީފައިވަނިކޮށް ރަށު ޓީމަށް އެއްވަރުކޮށްދިނީ ޕެނަލްޓި ސްޕޮޓް މަތިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔުނައިޓެޑް މޮޅުވި ލަނޑު ޖަހައިިދިނީ ވަރަށް ރީތި ހިލޭ ޖެހުމަކުން ހާގްރީވްސްއެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނީ ތައްޓަށް އޮތް ހުރިހާ އުއްމީދެއް ފެނަށްފިޔަ ނަމަވެސް ރޭ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ

”އަހަރެމެންނަށް ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތަށްވެސް ލިބުނު, ހަމައެކަނި މަދުވި އެއްޗަކީ ނަސީބު“ އޭނާ ބުންޏެވެ.

ވެންގަރ ބުނީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުވެސް އޭނާގެ ޓީމުގައި އެއްވެސް ނަސީބެއް ނެތް ކަމަށާއި ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ތަށީގެ ޔަގީންކަން ލިބިފައި އެ ބީވެގެން ދިއުމުން ގޯސްކުރާނެ ފަރާތެއް ނޭގޭ ކަމަށެވެ.

ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ބްލެކްބާން ބައްދަލުކުރި މެޗް 3-1 އިން ކާމިޔާބުކޮށް ލިވަޕޫލް ވަނީ ތާވަލުގެ ހަތަރުވަނަ މަގާމަށް އަތްގަދަކޮށްފައެވެ. ލިވަޕޫލަށް ލަނޑު ޖަހައިދިނީ ޓޮރެޒް އާއި ވެރޮނިންއެވެ.--ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv