ފިރިމީހާއަށް ކިޔަމަންވުން އަނބިމީހާގެ ވާޖިބެއް
މަރިޔަމް ވަހީދު
ފިރިންނަށް ކިޔަމަންތެރި ވުމާއިމެދު ވަރަށް ގިނަ ގޮތްގޮތުން އަނބިންނަށް އަމުރުކުރެވިގެންވެއެވެ. ފިރިމީހާއަށް ނުކިޔަމަންތެރިވުމާއި، އޭނާ ރުޅިއެރުވުމާއި، ފިރިމީހާގެ ހައްޤުތަކަށް އިހާނެތިކޮށް ހިތުމަކީ ވަރަށް ނުބައިވެގެންވާ އަމަލެކެވެ. އަދި އެކަމަށް ވަރަށް ގިނަ އިންޒާރުދެއްވާފައިވާ ކަމެކެވެ.
ބައެއް އަންހެނުން ދެކޭގޮތިގައި ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަބުރަށް ހުތުރުއަރާ ކަމެކެވެ. އެހެންމީހުންެކުިމަތީގައި އަގުވެއްޓޭކަމެކެވެ.
ކީރިތި ރަސޫލާ ޙަދީޡު ކުރައްވާފައިވެއެވެ. ” (އެމީހެއްގެ ފާފައިގެ ނުބައިކަމުން) އެމީހުންނާއިމެދު ސުވާލުނުކުރެވޭނެ ތިންމީހަކު ޤިޔާމަތް ދުވަހުގައިވެއެވެ. ފުރަތަމައީ؛ ޖަމާއަތުން ވަކިވެގަންނަ މީހާއެވެ. (އިސްލާމީ ޤައުމުގެ) ވެރިޔާއަށް ނުވަތަ ޚަލީފާއަކަށް ހުންނަ މީހާއަށް ނުކިޔަމަންތެރި މީހާއެވެ. އަދި ނުކިޔަމަންތެރި ކަމާއިއެކުގައި މަރުވެގެންދާ މީހާއެވެ. ފަހެ އޭނާއާއި މެދުގައި ސުވާލުނުކުރެވޭނެއެވެ. ދެވަނަ މީހަކީ؛ އޭނާގެ ސާހިބުމީހާގެ ގާތުން ފިލައިގެންދާ އަންހެން ނުވަތަ ފިރިހެން އަޅު މީހާއެވެ. ތިންވަނައީ؛ އަންހެނާ އޭނާގެ ފިރިމީހާ ރަށުގައިނެިފައި އޭނާއަށް ދިރިއުޅުމުގެ ޚަރަދުތައް ހޯދައިދީ ދިރިއުޅުމުގެ މަގުތައް ފަހިކޮށްދީފައިވާހިނދު ޒީނަތްތެރިވެ އެހެނމީހުންނަށް ފަރިދަށްކަމުން (ހިލޭފިރިހެނުންނަށް ޒިނޭކުރުވުމަށް އެދުންވެރި ކުރުވަމުން) މިނިވަންކަމާއިއެކު ފާޙިޝްކަންތައްތަކަށް އަރައިގަންނަމުން ފިރިމީހާއާއާއި ވަކިން ހިނގާ މީހާއެވެ. ފަހެ އެބައި މީހުންނާއިމެދު ސުވާލުނުކުރެވޭނެއެވެ.“ އަދިވެސް ރަސޫލާ ޙަދީޡު ކުރެއްވީ ބަސްފުޅުއްގެ މާނައިގައިވެއެވެ. ” އެބައެއްގެ ކަންފަތަށްވުރެ މައްޗަށް އެބައިމީހުންކުރާ އަޅުކަންތައް އުފުލިގެން ނުދާނެ ތިން މީހަކުވެއެވެ. ފުރަތަމަ މީހަކީ؛ ސާހިބުމީހާގެ ކައިރިން ފިލައިގެން ގޮސްފައިވާ އަޅު އެބުރި އަތުވެއްޖައުމަށް ދާންދެންނެވެ. ދެވަނަ މީހަކީ؛ އޭނާގެ ފިރިމީހާ ރުޅިއައިސްފައިވާ ޙާލު އެރޭ ވޭތުުުކުރި އަނބިމީހާއެވެ. (އެރުޅިއަކީ ޝަރުއީގޮތުން ފިރިމީހާއަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ފިރިމީހާ އޭނާދެކެ އައި ރުޅިއެކެެެވެ.) އަދި ތިންވަނަ މީހަކީ؛ އެމީހަކާއި މެދުގައި މީސްތަކުން ނުރުހޭހިނދު ޖަމާާޢަތުގައި އިމާމުވެ ނަމާދުކުރާ މީހާއެވެ.“
ފިރިމީހާގެ ކަންތައްތައް އެންމެ ފުރިހަމައަށް އަދާކޮށް އޭނާއަށް ރަގަޅަށް ހިތިމަކީ އަނބިމީހާ އާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ރަސޫލާ ހަދީޡްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” އެމީހެއްގެ ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނާއަށް މާތް ﷲ ބައްލަވާ ވޮދިގެނެއް ނުވެއެވެ. އަދި އެކަމަކީ އޭނާގެ ފިރިޟިހާއާއި ނުލާ ނުކުރެވޭނެ ކަމެކެވެ.
އަދިވެސް އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ޙަދީޡޮ ކުރެއްވވިއެވެ. ”ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ﷲ ގަންދެއްވާ ވިދާޅުވިއެވެ. އެއްވެސް ފިރިހެނަކު އޭނާގެ އަނބިމީހާއަށް ތަންމައްޗަށް އައުމަށް ގޮވާލާހިނދު އެކަމަށް އެކަމަށް އިންކާރު ކުރާ އަންހެނާއަށް އޭނާގެ ފިރިމީހާ ރުހިއްޖައުމަށް ދާންދެން ކީރިތި ﷲ ކޯފާވެ ވޮޑިގެންވެއެވެ.“
މިޙަދީޡު ފުޅުންވެސް އެގެނީ ފިރިހެނުންނަށް އަންހެނުން ކިޔަމަންތެރިވާންވީ މިންވަރެވެ. ފިރިމީހާ ތަންމައްޗަށް އައުމަށް ގޮވާލާހިނދު އެކަމަށް އިޖާބަނުދީ ކަސޯޓީ ނުވަތަ ކުމްކުމް ބެލުމަކީ ފިރިމީހާއަށް ކިޔަމަންތެރިވުމެއްނޫނެވެ. ފިރިމީހާ ގޮވާލުމާއެކު ކޮންމެކަމެއްގައި ހުރެފަވެސް އަނބިމީހާ އަންނަންޖެހޭނެއެވެ. އެހެނީ ގަދަފަދަވަންތަ މަތިވެރިވަންތަ ﷲ އަށް ކިޔަމަންތެރިވެ އޭނާގެ ފިރިމީހާގެ ޙައްޤުތައް ފުރިހަމަކޮށްދީ އޭނާއަށް އިޙުލާސްތެރިކަމާއިއެކު ބޯލަނބައިފިނަމަ، ދެން އޭނާގެ ފިރިމީހަކީ އޭނާގެ ސުވަރުގެއެވެ. އެބަހީ، އެފަދަ އަންހެނާ ސުވަރުގެއަށް ވަދެވުމުގެ ސަބަބަކީ އޭނާގެ ފިރިމީހާއެވެ.، ހަމަ އެފަދައިން އޭނާގެ ފިރިމީހާއަށް ނުކިޔަމަންތެރި ވުމުގެ ސަބަބުން އަންހެނާ ނަރަކައަށް ވަދެވުމުގެ ސަބަބަކަށް ފިރިމީހާ ވެދެއެވެ.
-
އާދިތްތަ، އޭޕްރީލް 13 2008، 23:34
ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާ ނުކުރާނަމަ ވެސް ފިރިމީހާ ބުނާހާ ގޮތަކަށް ކަންތައް ކުރަން ޖެހޭނެތޯ؟ މިސުވާލުގެ ޖަވާބު ދެއްވުން އެދެން---- އަދި ފިރިމީހާ އަނބިމިހާގެ ހައްގުތައް އަދާނުކޮށްފިނަމަ އޭނާއަށް ހުރި ގިޔާމަތް ދުވަހުން ވަނީ ކިހިނެއްތޯ؟
-
ހޯމަ، އޭޕްރީލް 14 2008، 08:59
އެދުންވެރިކަމަކީ ދެމީހުން ވެސް ބޭނުންވާނެކަމެކެވެ. ނަމަވެސް ފިރިމީހާ އަނބިމީހާގެ ނިކަމެތި ކަމާމެދު ވިސްނާލާ ނުލާ ގެއަށް އާދެވޭ ކޮންމެ ފަހަރު އަނބިމީހާ ކައިރިން އުފާ ހޯދުމަށް އެދުމުން ވެސް ބަލިކަށި އަންހެނާ ކިޔަމަން ތެރިކަމާއެކު ބޯ ލަނބަންވީތޯ؟ އެކަންތަކަކީ ވެސް ކޮންމެވެސް ހުދޫދެއްގެ މަތީގައިވާކަމެއް. ނަމަވެސް ފިރިންނަށް ގަބޫލުކުރެވޭ ގޮތުގައި މިނިވަންކަން ގެއްލުވާލާ 24 ގަޑިއިރު ފިރިމީހާއަށް އެދުން ފުއްދައިދޭން ހުންނަމީހަކަށް އަނބިމީހާ ވާންޖެހޭ. ނަމަވެސް އަންހެނާ އަކީވެސް އިންސާނެތް އޭނާ އަށްވެސް ހައްގުތަކެއް ލިބިދޭންޖެހޭ. އެހައްގުތައް ހޯދައިނުދޭ ފިރިހެނުންގެ ޢަމަލް ތައް އެއްވެސް މީހަކަށް ނުފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް. އަހަރެމެންގެ މި ކުޑަ މުޖްތަމަޢުގައި ފިރިމީހާގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެގެން ކިޔަމަން ތެރިކަމާއެކު ފިރިމީހާގެ އަމުރަށް ކިޔަމަންވެ ލައިފް ޤުރުބާން ކުރަނީ ކިތައް އަނޗހެނުން ކަމެއް އެނގެނީ ކާކަށް ބާ؟ ވިސްނާލާ! ( ސްމައިލް ޕްލީޒް)
-
ހުކުރު، ޖޫން 13 2008، 22:41
ތިކަނބަލުންގެ ޙަޔާތުގެ ބައިވެރިޔަކަށް އެއްވެސް ހަރުދަނާކަމެއްނެތް، އުޅުން ވިޔާނުދާ، އަދި އަޚުލާގީފެންވަރުދައް ފިރިހެނެއް ހޮއްވެވީ ކީއްވެތޯއެވެ. ދެއްނެވޭނީ ދިވެހި އަންހެނުން އަދިވެސް މޮޔައީއެވެ. އެކަނބަލުން މި ބައްލަވަނީ ހަމައެކަނި ފިރިހެނެއްގެ ބޭރުފުށަށެވެ.އާ ސްޓައިލަކަށް އިސްތަށިގަނޑު ހަދާފަކުލަޖައްސާފަ ބޮޑިސައިކަލެއްގާ އުޅެންޏާ އެ ކަމުދިޔައީއެވެ. އެ ދުއްވާ ސައިކަލަކީ ތާކުން ވަގަށްނަގާފައިވާ އެއްޗަކަސް ވަރިހަމައެވެ.
