މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އަންހެން ދަރިންގެ މާތްކަން

އޭޕްރީލް 10، 14:06 1 ޚިޔާލު

މަރިޔަމް ވަހީދު

އަލަށް ދަރިމައިވާ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބޭނުންވަނީ ފިރިހެންދަރިއެކެވެ. އަދި އަންހެންދަރިއެއް ލިބުމަކީ އެމީހުންގެ ބަދުނަސީބު ކަމުގައިދެކެއެވެ.

الشورى 49،50 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ އުޑުތަކާއި ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އެކަލާނގެ އިރާދަކުރަށްވާއެއްޗެއް އެކަލާނގެ ހައްދަވައެވެ. އެކަލާނގެ އިރާދަކުރައްްވާ މީހަކަށް އަންހެންދަރިން ދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރން ދެއްވައެވެ. ނުވަތަ އެމީހުންނަށް ފިރިހެން ދަރީންނާއި އަންހެންދަރީން ދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ދަރިމައިނުވާ މީހަކު ކަމުގައި ލައްވައެވެ.

މިއާޔަތުު ގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދެމަފިރިންގެ ޙާލަތު ހަތަރު ގޮތަކަށް ކަނޑައަޅުއްވާފައެވެ. އަދި މިއާޔަތުގައި ކަޑައެޅިގެން އަންގަވާފައިވަނީ ކޮންމެ ދެމަފިރިއަކަށްވެސް އެކަލާނގެ މިންވަރުކުރެއްވި ޖިންސެއްގެ ދަރިން ދެއްވާނެއެވެ. އެހެން ކަމާއެކު ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް މިންވަރު ކުރައްވައި އިރާދަކުރެއްވި ދަރިއަކާމެދު ހިތްހަމަ ނުޖެހުމަކީ އެމީހަކަށް ﷲ ގެ ކޯފާއަށް ހުށައެޅުމުގެ ސަބަބެކެވެ. ޝައްކެއްނެތެވެ. އަންހެން ދަރިންނަކީ ﷲ ގެ ވަރަށް މަތިވެރި ނިއުމަތެކެވެ. އެކަލާނގެ ދެއްވާދެއްވުމެކެވެ.

އަންހެންދަރިއަކު ލިބުމުން އެކަމާ ކަންބޮޑުވެ، ފޫހިވެ ހިތްހަމަ ނުޖެހުމަކީ ޖާހިލިއްޔަ ޒަމާނުގެ ސިފައެކެވެ. މިފަދަ މީހުންނާއިމެދު މާތް ﷲ ކީރިތި ޤްރުއާނުގެ النحل 58،59 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި އެއިން މީހަކަށް އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަދިރިވެގެން ދެއެވެ. އޭނާ އަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. އެމީހަކަށް ދެވުނު ޚަބަރުގެ ނުބައިކަމުން މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެއެވެ. ނިކަމެތިކަންމަތީ އޭނާ އެކުއްޖާ ގެންގުޅޭނީ ބަވެއެވެ؟ ނުވަތަ ފަސްގަނޑު ތެރެއަށް އެކުއްޖާ ފޮނުވާލާނީބާވެއެވެ؟ ދަންނާށެވެ! އެބައިމީހުންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.

މިއީ އަޅުގަނޑުމެން އުޅެންވީ ގޮތެއް ނޫނެވެ. ދަރީންނަކީ މާތް ﷲ ދެއްވާ އަގުބޮޑު ނިއުމަތެކެވެ. އެހެންކަމުން އަންހެންދަރިއެއް ލިބުނުކަމުގައިވިޔަސް ރަނގަޅަށް ބަލާބޮޑު ކުރުމަކީ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ވާޖިބެކެވެ.

މާތް ﷲ ރުއްސުންލެއްވި އަނަސްބުނު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލަ ﷲ صلى ﷲ علىه وسلم ޙަދީޘު ކުރެއްވެވިއެވެ. މީހަކު ދެއަންހެން ކުދިން ބާލިޣުވެ ތަޞަައްރަފު ފުދެންދެން ބަލާބޮޑުކޮށް ތަރުބިއްޔަތު ކޮށްފިނަމަ ޤިޔާމަތް ދުވަހުން އޭނާ އަންނަހުށީ ތިމަންކަލޭގެފާނާއި މިހާ އަރިސްކޮށެވެ. (މިހެން ޙަދީޡް ކުރެއްވުމަށްފަހު) އެކަލޭގެފާނު ދެއިނގިލިފުޅު ކައިރި ކުރައްވައި ދައްކާލެއްވިއެވެ. (އަނަސްގެފާނު ވިދާޅުވިއެވެ.) އެއީ އެމީހަކު އިތުރު އެކަލޭގެފާނާ އަރިސްވާނެ މިންވަރު ދޭހަ ކޮށްދެއްވުމުގެ ގޮތުން ކުރެއްވި އިޝާރާތެކެވެ.

އަދި ހަމަ އެހެންމެ މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްދުވަހަކު އަންހެނަކު އޭނާގެ ކުޑަކުޑަ ދެ އަންހެންދަރީން ގޮވައިގެން ތިމަންކަމަނާގެ އަރިހަށް ކާއެއްޗަކަށް އެދިގެން އައެވެ. އޭރު ތިމަންކަމަނާގެ ގޭގައި އެެެންމެ ކަދުރުކޮޅެއް ފިޔަވައި އެހެން އެކަށްޗެއްވެސްނެތެވެ. ފަހެ ތިމަންކަމަނާ އެކަދުރު އޮށް އެ އަންހެން މީހާއަށް ދެއްވުމުން އޭނާގެ ދެ ދަރީންނަށް އެއެތިކޮޅު ބަހާލަ ދިނެވެ. އޭނާ އެއިން ކުޑަ އެތިކޮޅެއްވެސް ނުކައެވެ. އެއަށްފަހު ގެއިން ނުކުމެގެން އޭނާ ދިޔައެވެ. އެއަންހެން މީހާ ގެއިންނުކުތް ތަނާހެން ރަސޫލާ ގެއަށް ވަޑައިގެންނެވިއެވެ. އަދި އެއަންހެން މީހާގެ ވާހަކަ އެކަލޭގެފާނުގެ އަރިހުގައި ތިމަން ކަމަނާ ދެންނެވީމެވެ. އެހިނދު ރަސޫލާ ޙަދީޡް ކުރެއްވެވިއެވެ.

“ އަންހެން ދަަރީންގެ ފަރާތުން މީހަކަށް އެއްވެސް ދައްޗެއް ފޯރިނަމަ (ނުވަތަ އަންހެންދަރީން ލިބިގެން) އެކުދީންނަށް ހެޔޮކޮށް ހިތައިފިމީހާ (ދަންނާށެވެ.) އެކުދީންނަކީ އެމީހަކާ ނަރަކައާ ދެމެދުގައިވާ ހުރަހެއް ކަމުގައި (ﷲ) ލައްވާ ހުއްޓެވެ.”

އެހެންކަމުން އަންހެންދަރިންނާއިމެދު ނަފްރަތުކޮށް އެކުދީންނަށް އިހާނެތިވުމުގެ ނުބައިކަން ކިތަންމެހައިވެސް ބޮޑެވެ. އެކަން ހިމެނެނީ ﷲ އެމީހަކަށް މިންވަރު ކުރައްވައި އެކަލާނގެ ޙަޟްރަތުން ދެއްވި ދެއްވުމުގެ މައްޗަށް ނުރުހުން ތެރިވުން ކަމުގައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia

    އަންގާރަ، ޖުލައި 1 2008، 16:43
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv