
ފޮޓޯ ނެގުމާއި ސޫރަކުރެހުން
ފޮޓޯނެގުމާއި ސޫރަކުރެހުމަކީ ގަދީޒަމާނުން ފެށިގެން އިންސާނުން ކުރަމުން އަންނަ ކަމެއްކަން އިންސާނީ ތާރީހުން އަޅުގަނޑުމެންނަށް އެނގޭ ކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ.
ދުނިޔޭގެ އެހެން މުޖުތަމައުތަކެކޭ އެއްގޮތަށް އަޅުގަނޑުމެންގެ މިއިސްލާމީ މުޖުތަމައުގައި ވެސް ފޮޓޯނެގުމާއި ސޫރަކުރެހުމަކީ ވަރަށް ފުޅާދާއިރާއެއްގައި މިހާރު ކުރަމުން އަންނަކަމެއްކަމީ ހަގީގަތެވެ.
ތަފާތު ގޮތްގޮތަށް ތަފާތު ބޭނުންތަކުގައި އަޅުގަނޑުމެން ފޮޓޯނަގައި ސޫރަ ކުރަހަމުންދާއިރު އަޅުގަނޑުމެންގެ ރިވެތި އިސްލާމްދީނުގައި މިކަން އޮތްގޮތެއް ބަލާލުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ފެނެ އެވެ. އައްޝައިހު ސުއައިބު އަބުދުލް ރަހުމާން. ކިޔަވާވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖާމިއަތުލް އިމާމް ޔުނިވާރސިޓީން
ސުއައިބު ވިދާޅުވީ ބޭނުމެއް ޖެހިގެން ފޮޓޯނެގުމަކީ އެންމެ ރަގަޅު ކަމެއް ކަމަށެވެ.
” ދެކޮޅަށް ބަލާލާއިރު ބޮޑަށް ދޭހަވަނީ ބޭނުމެއް ޖެހޭ ވަގުތުތަކުގައި ފޮޓޯނެގުން ހުއްދަކަމަށް.“ ސުއައިބު ވިދާޅުވި އެވެ.
ސުއައިބު ވިދާޅުވީ އެހެންނަމެވެސް އެކަން ވާންޖެހޭނީ ދީނުގެ ގިއުގަޑުގެ ތެރޭގައި ހިމެނޭ ބޭނުމަކަށް ކަމަށެވެ.
ޑރ. މަޖީދު އަބުދުލް ބާރީ ކިޔަވާވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން.
މަޖީދު ވިދާޅުވީ ފޮޓޯނެގުމަކީ ރަސޫލު ޒަމާނުގައި އޮތްކަމެއް ވެސް ނޫން ކަމަށާއި އެކަމަކީ އަލަށް އީޖާދު ކުރެވިފައިވާ ކަމެއް ކަމަށެވެ.
” ފޮޓޯ ނެގުމާއި ބެހޭ ގޮތުން ބައެއް އިލްވެރިން އެބަހުރި ހުއްދަ ނޫން ކަމަށް ވިދާޅުވެފަވެސް އެހެންނަމަވެސް ގިނަ އިލްމްވެރިން ވިދާޅުވަނީ ސޫރަކުރެހުން ހަރާމްވީ ހިކުމަތް ފޮޓޯގައި ނުހިމެނޭކަމަށް. އެއީ މާތް ﷲ ހަލްގު ކުރެއްވި އެއްޗަކާއި އެއްފަދަ އެއްޗެއް އުފެއްދުމަށް މީހާ މަސައްކަތް ކުރެއްވުން ކަމަށް މަނާ ކުރެއްވި ހަދީސްގައި މިއޮންނަނީ.“ މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ ފޮޓޯ ނެގުން މިކަމުގެ ތެރެއަށް ނުދާ ކަމަށާއި ފޮޓޯ ސިފަވެގެން ދަނީ މޫނު ބަލާ ލޯގަނޑަކުން އެމީހާގެ ސޫރަ ފެންނަ ހެން ކެމެރާ ބޭނުން ކޮށްގެން ކަރުދާހަށްނަގާ އުސޫލަށް ކަމަށާއި ފޮޓޯނެގުން ހުއްދަކަމަށް ވަރަށް ގިނަ އިލުމްވެރިން ވިދާޅުވެފައިވާ ކަމަށެވެ. މަޖީދު ވިދާޅުވީ ހިޔަނި ހުންނަ އެއްޗިއްސާއި ހެދުމާއި ފުރާނަ ހުންނަ އެއްޗެއް ކުރެހުން ހުއްދަނުވާނެ ކަމަށެވެ.
” އިލްމްވެރިން ވިދާޅުވޭ ފުރާނަ ހުރި ފުރިހަމަ ނުކުރަންޏާ ހަމަ މައްސަލައެއް ނެތޭ. ފުރިހަމައެއްޗޭކޭ މިދެންނެވީ މިސާލަކަށް ކުރަހާއެއްޗެއް ކޮންމެވެސް ބައެއް ނުލައި ކުރެހީ. އިންސާނެއްގެ އެއްފައި ނުލައި ކުރެހީ.“ މަޖީދު ވިދާޅުވި އެވެ.
އައްޝައިހު މުހައްމަދު ރަމީޒު އަހުމަދު ކިޔަވާވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން.
ރަމީޒު ވިދާޅުވަނީ ފޮޓޯނެގުމާއި ސޫރަކުރެހުމަކީ އިލްމްވެރިންގެ އިހުތިލާފީ މައްސަލައެއް ކަމަށެވެ.
” މިމައްސަލަ ދަންނަބޭކަލުން ވަރަށް ތަފްސީލްކޮށް ތަފާތުގޮތްތަކަށް ހިޔާލު ފާޅުކުރައްވާފައިވާ މައްސަލައެއް. އެއްބައި ދަންނަބޭކަލުން ވިދާޅުވަނީ ސޫރައަކީ ހިޔަނި ހުންނަ އެއްޗެހިކަމަށް އެހެންވުމުން ކެމެރާއިން މިނަގާ ފޮޓޯ އަސްލު މަނާ ކުރެވިފައިވާ ސޫރައިގެ ތެރޭގައި ނުހިމެނޭނެ ކަމަށް.“ ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވީ ގިނަ ދަންނަ ބޭކަލުން ބުރަވެވަޑައިގަންނަވާ ގޮތުގައި ހިޔަނި ހުންނަ ހުރިހާ ދިރޭ އެއްޗެހީގެ ސޫރައަކީ ހުއްދަ ނުވާނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް މިކަމުގައި ހުރިހާ އެއްޗެއް ހުއްދަ ކުރާ ދަންނަ ބޭކަލުންވެސް އުޅޭ ކަމަށް ރަމީޒު ވިދާޅުވި އެވެ.
-
ބުރާސްފަތި، އޭޕްރީލް 3 2008، 20:07
މިއަކުން ނޭގުނެވެ. ބޭނުންވީމަ ފޮޓޯ ނެގުން ކިޔާފައި ހުއްދައެވެ. ބޭނުންނުވީމަ ސޫރަކުރެހުން ކިޔާފައި ހުއްދަ ނުވެއެވެ. ފޮޓޯ ނެގުމާއި ސޫރަކުރެހުމަކީ ހަމަ އެއްކަމެކެވެ. ފޮޓޯނެގުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެމީހާގެ ތަޞްވީރު ކުރެހުމެވެ. ދެން އޮތީ އަތުން ކުރެހުމެވެ. މިޒަމާނުގެ މޮޅެތި ކުރެހުން ތެރިން ކުރަހާފައި ހުންނަ ކުރެހުމާއި ކެމެރާއިން ކުރަހާ ކުރެހުމާއި ތަފާތެއް ނެތްވަރަށް ކުރަހައެވެ. ކެމެރާއިން ކުރެހިއަސް އަތުން ކުރެހިއަސް ޞޫރަވާނީ ޞޫރައަށެވެ. ވީ އިރު ޙަރާމް ވީ ކޮން އެއްޗެއް ކުރެހުންތޯއެވެ
-
އަންގާރަ، އޮކްޓޫބަރ 7 2008، 16:08
އަހަރުމެންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށްޓަކައި ފޮޓޮއެއް ނެގިދާނެ އެއީ މަސްއަލައެއް ނޫން