
ދެކުނު އޭޝިޔާގެ ގައުމުތަކުގައި ބަނޑުހައިހޫނު ކަމުގައި އުޅެންޖެހޭ މީހުންގެ އަދަދު 405 މިލިއަނަށް އަރާފައިވާ ކަމުގައި ޔުނިސެފުން ހާމަކޮށްފިއެވެ. ދިވެހިރާއްޖެއާއެކު ޖުމުލަ 8 ގައުމުގެ މައްޗަށް ހިމެނޭ ދެކުނު އޭޝިޔާއާއި ބެހޭ ގޮތުން މިމަހުގެ 1ވަނަ ދުވަހު އެޖަމާއަތުން ނެރުނު ރިޕޯޓެއްގައި ވަނީ 2004އިން ...
ސ.ހެރެތެރޭގައި ހިންގަމުން ގެންދާ ހަނދުފުށި ރިސޯޓް (ހެރެތެރެ)ގެ މައްސަލަ ޝަރީއަތަށް ހުށަހެޅި ދިގުލައިގެން ދާތީ އެމައްސަލައިގެ ބައިވެރިއެއްގެ ގޮތުން މައްސަލައިގެ ތެރެއަށް ވަންނަން ދައުލަތުގެ ބަންޑާރަ ނައިބު ނިންމަވައިފިއެވެ.
ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަށް އައްޔަން ކުރެވުނު ބަންޑާރަ ނައިބް އަލްއުސްތާޛު ...
އިންޑިއާގެ ޓުޓްކޮރިން އިން މުދާ ހިފައިގެން މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އަށް ދަތުރުކުރި އާގު ބޯޓެއް ކޮލަމްބޯ ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.
މެރިން އެކްސްޕޯޓް އެންޑް ޓްރޭޑިން ކޮމްޕެނީ (މެޓްކޯ)ގެ ”އެމްވީ މެދުފަރު“ ކޮލަމްބޯއާ ހަތަރު މޭލު ބޭރަށް އަޑިއަށް ދިޔައީ 1700 ...
ހ.ރީނދޫކޮކާގޭގައި ހަދާފައި ހުންނަ ”ބިއުޓީ ހެލްތު ބޮޑީ ލައިޓް“ މަސާޖްޕާލާގައި ފައިސާއަށް ހަށިވިއްކައިގެން ބަންދުކުރިތާ 8 މަސްފަހުން އެތަނުގައި އެކަން ކުރަނިކޮށް ފުލުހުން އަނެއްކާވެސް އިއްޔެ އަތުލައިގެންފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓްގެ އިނިސްޕެކްޓަރ ހަމްދޫން ރަޝާދު މިއަދު ވިދާޅުވީ ...
ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ކޮއްކޯފުޅު އަބުދުﷲ އަލްގީން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް)ގެ ދެ މިލިއަނަށްވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.
މިއަދުގެ ޝަރީއަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލު މަހާޒު ޝަރީފު ...
މޯލްޑިވިއަން އެއަރ ޓެކްސީގެ މަތިންދާބޯޓް އިއްޔެ ވެއްޓިފައި ވަނީ ތިރިކުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ބައެއް މޫދުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ޓީމުން ބުނެފި އެވެ.
ތަހުގީގު ޓީމުގައި ސިވިލް އޭވިއޭޝަނުގެ ފަރާތުން އިސްވެ ހުންނެވި އިބުރާހިމް ރަޝީދު ...
ދިވެހިދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޤާނޫނު ތަންފީޒް ކުރުމުގައި ވަކިފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށް އިއްޔެ ހުވާކުރެއްވި އާ ބަންޑާރަނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗްގައި އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރުމުގައި ވަކިފަރާތެއް އިސްތިސްނާއެއް ނުކުރައްވާނެ ...
2020ވަނަ އަހަރާ ހަމައަށް ދާއިރު, އެކިއެކި ބޭނުންތަކަށް ދިވެހިރާއްޖެއިން ތެޔޮ ބޭނުންކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާއި ގުޅުން ހުރި ލިޔުން ޝާއިއު ކުރާ ބީބީސީގެ ގްރީން ރޫމްއަށް ރައީސް ނަޝީދު ލިޔުއްވި ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ...
ވަކި އާދައެއްގެ މަތިން ރައީސް މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމަށް ނިންމަވައިފިއެވެ. މިގޮތުން، އެމަނިކުފާނު ދިވެހި ޤައުމާ އެންމެ ފުރަތަމަ މުޚާޠަބު ކުރައްވައި ދެއްވާ ރޭޑިއޯ އެޑްރެސް ދެއްވާނީ، އަންނަ ހުކުރު ދުވަހު ހެނދުނު 7:15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައެވެ.
ރައީސް ނަޝީދު، ...
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކާބެހޭ ދުވަހުގެ ޙަރަކާތްތައް، ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ...