
މިއަދު ހެނދުނު ހަލަވެލި ރިޒޯޓްގެ އޭރިއަލް ފޮޓޯތަކެއް ނެގުމަށްޓަކައި 4 ފޮޓޯގްރާފަރުން ގޮވައިގެން އުދުހެމުން ދިޔަ މޯލްޑިވިއަން އެއަރޓެކްސީގެ ޓްވިންއޮޓަރ (ޑީއެޗްސީ 6) ފްލައިޓް އެރިޒޯޓްގެ ވިލުތެރެއަށް ވެއްޓިއްޖެ އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 10:30ހާއިރު ވެއްޓުނު މިފްލައިޓުން ދަތުރުކުރީ އެފްލައިޓުގެ ފަޅުވެރިންގެ ގޮތުގައި ދަތުރުކުރި ...
ބަންޑާރަ ނައިބު ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅުއްވި ގާނޫނީ ވަކީލު ހުސްނުއް ސުއޫދަށް ބަންޑާރަ ނައިބުކަން ދިނުމަށް ނުފެންނަކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި ޕީޕަލްއެސޮސިއޭޝަން (ޕީއޭ) ކުރި މަސައްކަތް ފޭލުވެ, ސުއޫދަށް މަޖިލީހުން ރުހުން ދިނުމަށް ފާސްވެއްޖެ އެވެ.
ބަންޑާރަ ނައިބު ކަމުގެ ...
ބޮޑެތި ޒަހަމްތަކަކާ އެކު ހުޅުމާލޭ ގޮނޑުދޮށުގައި މަރާލާފައިވާ މީހާ މަރާލާފައިވަނީ އެކަކު އެކަނި ނޫންކަމަށާއި އެކަމާގުޅުންހުރި އެހެން ބަޔަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ މަރުވެފައިއޮތް ހުޅުމާލޭ އުތުރު ފަރާތު ކުލަބްމެޑާ ދިމާލު އަތިރިމަތީގައި މިއަދު އޮތް ނޫސްވެރިންނަށް މައުލޫމާތުދިނުމުގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ އެހާދިސާއާ ...
2007ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ, އެމީހުން އެކަމުން ސަލާމަތް ކުރުމަށް 37.98 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާއިރު, އެކަމުގެ ނަތީޖާ އެކަށީގެންވާ ވަރަށް ނެރެވިފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފި އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ...
ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް 2007ވަނަ އަހަރު 17 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ޕްރޮވިޑެންޓް ފަންޑުގެ 2007ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއެކުގައި ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ އެއަހަރު މުވައްޒަފުންގެ އެކައުންޓްތަކަށް ބެހުމަށް ފައިދާގެ ...
މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގައި ހުރި 1.3 މިލިއަން ޑޮލަރު ބޭނުންކޮށްގެން ކުންފުންޏަށް ބޭނުންވާ ބައެއް ތަކެތި ގަނެފައިވާތީ ޕްރޮވިޑެންޓް ފަންޑުގައި ހުރި މުވައްޒަފުންގެ ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށް އޮޑިޓަރ ޖެނެރަލް މުޙަންމަދު ނައީމް ވިދާޅުވެއްޖެ އެވެ. 2007ވަނަ އަހަރު އެމްއެންއެސްއެލް އޮޑިޓްކުރުމަށްފަހު, ...
ސަރުކާރުގެ އާގްބޯޓް ކުންފުނި އުފަންވީ 1948ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މިކުންފުނި 1984ވަނަ އަހަރު އުވާލައި, ކުންފުނީގައި ހުރި ބޯޓް ފަހަރުގެ ތެރެއިން ކޮންމެ ބޯޓެއްގެ މިލްކްވެރިކަން ބެލެހެއްޓުމަށް ކޮންމެ ބޯޓަކަށް ވަކި ކުންފުންޏެއް ސަރުކާރުން އުފެއްދި އެވެ. ...
-މުޙައްމަދު ނަސީމު-
ދުނިޔޭގައި މިހާރު ހުރި ގުދުރަތީ ގޭހުގެ ތިން ބައިކުޅަ އެއްބައި ހުރީ އާކްޓިކްގެ ގަނޑުފެންތަކުގެ އަޑީގައި ކަމަށާއި ދުނިޔޭގައި މިހާރު ފެންނަން ހުރި ތެލުގެ ރިޒާވްގެ 13 އިންސައްތަ ވެސް ހުރީ އެސަރަހައްދުގައި ކަމަށް ސައިންސްވެރިން މިހާރު ވަނީ ބުނެފަ އެވެ.
ބިމާއި ކަނޑުތަކުގެ ...
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތުގައި އިއްޔެ ފެށި މި ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ...
މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުމުގެ ތެރެއިން، ސަރަޙައްދުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ގޮތްތައް ސާރކުން ހޯދަން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރަޙައްދުގެ ޤައުމުތަކުގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި، އެފެންވަރުގެ ...