

”ޕްރައިވަޓައިޒް ކުރުން“ މިއީ މިހާރު އެންމެ ބޮޑަށް އެންމެ ގަދަޔަށް ކުރުވޭ ބަހުސެވެ. ޕްރައިވަޓައިޒް ކުރުމަކީ ކޮބައިބާއެވެ. ޕްރައިވަޓައިޒް ކުރުމަކީ ސަރުކާރަކުން ދޭ ހިދުމަތެއް އަމިއްލަ ފަރާތަކަށް ދޫކޮށްލުން ނުވަތަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއްގައި އަމިއްލަ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިއްސާ ކުރުމެވެ.
ޕްރައިވަޓައިޒް ކުރުމުގައި ...
މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ)ގެ ރައީސް ފ.ފީއަލީގައި އާންމުންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ދަނިކޮށް އޭނާގެ މޫނަށް މީހަކު ކުޅުޖެހި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އެމްއެސްޑީޕީގެ ރައީސް އަމިއްލަ ގޮތުން ބިލެއްދޫ ދާއިރާއަށް ކުރިމަތިލައްވައި ރޭ އެރަށުގައި ކެމްޕޭނު ކުރަމުން ދަނިކޮށް އޭނައާ ދެކޮޅަށް ...
ތ.ތިމަރަފުށިގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް ތާއީދު ކުރާ މީހެއްގެ ގައިގާ ޑީއާރުޕީއަށް ތާއީދު ކުރާ ބަޔަކު ކަޓަރު އަޅައި ޒަހަމް ކޮށްފި އެވެ.
ތިމަރަފުށިން ވާހަކަދެއްކި މީހަކު ބުނީ މިއަދު ހެނދުނު 8:15ހާއިރު އެރަށުގައި ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާނަށް ތާއީދު ކުރާ ...
ސުކޫލް ކުދިން ނޫސްވެރިކަމަށް އަހްލުވެރިކުރުމުގެ ގޮތުން ދެ ސުކޫލެއްގައި މީޑިއާ ކްލަބް ތައާރަފްކޮށްފި އެވެ.
ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް މިއަދު ތައާރަފްކުރެވުނު މީޑިއާ ކުލަބް ތައާރަފް ކޮށްފައިވާ ދެސުކޫލަކީ ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަދި މަޖީދިއްޔާ ސުކޫލްގައެވެ.
މީޑިއާ ކުލަބް ...
އަބުރާ ބެހުމުގެ މައްސަލަތައް ޖިނާއީ މައްސަލައެއްގެ ގޮތުގައި ނުބައްލަވާ މަދަނީ މައްސަލަތަކެއްގެ ގޮތުގައި އެމައްސަލަތައް ބެއްލެވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު, ޕްރޮސެކިއުޓަރ ޖެނެރަލަށް ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ސަފްމާއިން އިންތިޒާމްކުރި ފަރިއްކޮޅެއްގައި ...
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އޫރު ރޯގާ ރާއްޖެއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުގެ ދަށުން, މިރޯގާއަށް ޝައްކުކުރެވޭ ކޭސްތައް ދެނެގަތުމަށް އިއްޔެ ހަވީރުގެ ނިޔަލަށް 4049 ފަސިންޖަރުން މާލޭ ވައިގެ ބަނދަރުން ސްކްރީން ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ...
އަންނަ ހޮނިހިރުދުވަހު ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހިނގާނުހިނގާ ގޮތް ބެއްލެވުމަށް ކޮމަންވެލްތުގެ ފަރާތުން ފޮނުވި މާހިރުންގެ ޓީމެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ކޮމަންވެލްތުގެ މިޓީމު ރާއްޖެއަށް ފޮނުވާނެކަން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ އިއްޔެ ވަނީ ރަސްމީކޮށް އިޢުލާންކުރައްވާފަ އެވެ.
ކޮމަންވެލްތުގެ ...
ލ.ކައްދޫ ސިނާއި މަގުގައި މިދިޔަ މަހުގެ 28ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލ.ފޮނަދޫ ބަގީޗާގެ އުމުރުން 22އ. އަލީ ނާފިއު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވެއްޖެއެވެ.
މިއެކްސިޑެންޓްގައި އަލީ ނާފިއުގެ ބޮލަށާއި ގައިގެ އެކިތަންތަނަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވެއެވެ. ...
އާންމު އިންތިހާބުގެ ކަންތައްތައް އޮމާންކަމާއެކު ގެންދިއުމަށް މާލެތެރެ ބަލަހައްޓަން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މާލެތެރޭގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް މިދުވަސްވަރު ހިނގުމަކީ އެކަމުގެ ސަބަބުން އިތުރު އެތައް ކަންތައްތަކަށް މަގުފަހިވެދާނެ ކަމަކަށް ވާތީ އެކަންތައް ތަކުން މުޖުތަމައު ސަލާމަތް ކުރުމުގެ ގޮތުން އިންތިހާބަށް ...
ރައީސް މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ، މާމެންދޫ، އަދި ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ މެންދުރުފަހު ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫއަކީ ދަނޑުވެރި ރަށެއްކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އަމާޒަކީ، ރަށުގެ ހުރިހާ ދަނޑުތަކަކަށް ކަރަންޓުގެ ޚިދްމަތް ...