

އާޤާނޫން އަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް ނިސްބައްވާ ވ ކެޔޮދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޝާހިދު އަދި ނައިބުރައީސަކަށް ޑީއާރުޕީން ހުށަހެޅުއްވި ޕީޕަލްސް އެލަޔަންސް (ޕީއޭ)އަށް ނިސްބަތްވާ މ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ...
ދަރަންޏަށް މަސްވިއްކުމުގެ ބަދަލުގައި ލެޓަރ އޮފް ކެރެޑިޓް ނުވަތަ ރިވޮލްވިންގ އެލްސީއަކަށް މުދާ ވިއްކުމުގެ ނިޒާމެއް ގާއިމް ކުރުމަށް އޮޑިޓަރ ޖެނެރަލް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ)އަށް އަންގަވައިފި އެވެ. 2007ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ކުންފުނިތަކާއެކު މިފްކޯއިން ...
2007ވަނަ އަހަރު މިފްކޯއިން ގަނޑުކުރި ކަނޑުމަސް ބޭރުކުރުމުގެ ތެރޭގައި ވެފައިވާ އިހުމާލުގެ ސަބަބުން ކުންފުނީގެ ފައިދާއިން 8.73 މިލިއަން ރުފިޔާ އުނިވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފި އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2007ވަނަ އަހަރު ކުންފުނީގެ މަސްބޭރު ކުރުމަށް ޗާޓަރު ބޯޓްތައް ހިފައިގެން ...
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މިހާރު ދެއްވާ 62,000 ރުފިޔާ 37,000 ރުފިޔާއަށް ކުޑަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފިއެވެ.
ޑީއާރުޕީއަށް ނިސްބަތްވިނަމަވެސް އަމިއްލަގޮތުން ކުރިމަތިލައްވައިގެން ހޮވިވަޑައިގެންނެވި ނަޝީދުގެ މިހުށަހެޅުމުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ...
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ)ގެ އެސެޓަށްވުރެ ދަރަނި 500 މިލިއަން ރުފިޔާ އިތުރު ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެ އެވެ. 2007ވަނަ އަހަރުގެ މިފްކޯގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި 2002ވަނަ އަހަރު ނިމުނުއިރު އެކުންފުންޏަށް އެކި އަހަރުމަތިން ...
1979ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އާންމު ޚިދުމަތުގެ އިނާމު ނުދެވި ލަސްވަމުން ދިއުމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ޝަކުވާ ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޒުހައިރު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުން ދެމުން ...
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގަމުންދާ ޕޯސްޓް ސުނާމީ އެގްރިކަލްޗަރަލް އެންޑް ފިޝަރީޒް ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން އަތޮޅުތެރޭގައި ގާއިމުކުރަމުން ގެންދާ މަސްމާރުކޭޓުތަކުގެ ތެރެއިން ގއ.ގެމަނަފުށީ މަސްމާރުކޭޓާއި, ތ. ހިރިލަންދޫ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ގއ.ގެމަނަފުށީގައި ...
މުސްލިމް ވޯލްޑް ލީގުގެ ފަރާތުން ހިންގާ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް ރިލީފް އޮގަނައިޒޭޝަން އިން ރާއްޖޭގައި ޔަތީމުޚާނާއެއް އަޅައިދިނުމަށް މިހާރު އެއްބަސް ވެފައިވާ ކަމަށާއި މިކަމާ ބެހޭގޮތުން ކުރަންޖެހޭ މަޝްވަރާ ތައްކޮށް އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ޖޫން މަހުގެ ތެރޭގައި އެޖަމާއަތުގެ ވަފުދެއް ...
ބައިނަލްއަގުވާމީ މުޖުތަމައުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ވަކި ޚާއްސަކަމެއް ނުބަހައްޓަވާ ކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ, ކުރީގެ ރައީސްއާއި ދޭތެރޭ މިހާރުގެ ސަރުކާރުން ކަންތައް ކުރައްވާގޮތް ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ...
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގަވާ ކޯސްތަކުގެ ތެރެއިން އެލަވަންސް ދެއްވާ ކޯސްތަކުގައި ރަޖިސްޓްރީވެގެން މިހާރު ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުންނަށް، އެދަރިވަރަކު ފުރިހަމަ ކުރަމުން ގެންދާ ކޯސް ނިމެންދެން، އެލަވަންސް ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
މިކަން މިގޮތަށް މި ހަމަޖެއްސެވީ، މިކަމާ ބެހޭގޮތުން މިދިޔަ ...