

އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން މީގެ ދެމަހެއްހާ ދުވަސްކުރިން ހަމަޖެހުމާއެކު ހަނދާނަށް އަންނަން ފެށީ ސާފްޗެމްޕިއަންޝިޕެވެ. އެ މުބާރާތަށް ދިވެހިން ވީ ތައްޔާރީތަކާއި ނެގި ފޯރިއެވެ. ހަގީގަތަށް ބުނާނަމަ އެއީ ދިވެހިން އަމިއްލަ ފަސްގަނޑުގައި އެންމެ އުފާނެގި ދުވަސްކޮޅެވެ. އެމުބާރާތުގެ ފޯރިވެސް ...
މިއަންނަ މެއި 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިހާތަނަށް 7000 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަންގެ މެންބަރ ފުއާދު ތައުފީގު މިއަދު ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް އަދި ހަފްތާއެއް ބާކީ އޮތް އިރު, މިހަފްތާއަކީ ...
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ބެލެވޭ, އާންމު އިންތިހާބަށް ހަރަދު ކުރުމަށް ފިނޭންސުން 38.5 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ބަޖެޓްގައި ...
އަންނަ މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ބައިވެރިވާ ތިން ކެންޑިޑޭޓަކު ބަރާބަރަށް ސާބިތު ދަރަނީގެ ފައިސާތައް ދައްކަމުން ނުދާ ކަމަށް ބުނެ ދިވެހި ގައުމީ ބޭންކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ ކޮލިފައިވެފައިވާ ކެންޑިޑޭޓުންގެ ...
ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ”ލޭންޑް ޓްރާސްޕޯޓް ކޮމެޓީން“ އެމްޕީއޭ ސަރައްހަދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް މަޖޫރީންގެ ތެރެއިން ބަޔަކު ނުކުމެ ހުއްޓުވައިފި އެވެ.
މިއަދު މެންދުރުފަހު އެމްޕީއޭ ސަރަހައްދުގައި ހުންނަ ބަނދަރުމަތީ މައިޒާނުގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލު ވުމަކީ އެ ޖަމިއްޔާގެ ޓްރާންސްޕޯޓް ...
ގާޒީންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅި އޮނިގަނޑުން އިސްފަނޑިޔާރުގެ އަސާސީ މުސާރަ 44ހާސް ރުފިޔާއަށް ހަމަޖެއްސުމަށް ހުށަހަޅައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާޒީންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އޮނިގަނޑުގައި ވާގޮތުން އިސްފަނޑިޔާރުގެ އަސާސީ މުސާރަ 11,100ރ. ...
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ބައެއް އަތޮޅު ކައުންސެލަރުންނާއި ރަށު ކައުންސެލަރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ މައުލޫމާތު ފޯނުން ލިބެމުންދާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު މިއަދު ވިދާޅުވީ ކޮމިޝަނަށް ޝަކުވާ ހުށަހަޅަން ޖެހެނީ ލިޔުމުން ކަމަށް ވީނަމަވެސް ...
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ސަރުކާރުން ރާއްޖެ އަށް އަންނަ ރަމަޟާން މަހަށް 20 ޓަނުގެ ކަދުރު ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޑިއާ އޮފިސަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ 20 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމުގައި އެގައުމުން ރާއްޖެއަށް ...
މި ހުސްވި މާރޗް 1ން 31ވަނަ ދުވަހުގެ ނިޔަލަށް މަގުމަތީގެ ގަވާއިދާ ހިލާފަށް ޕާރކް ކޮށްފައިހުރުމުގެ 500ށް ވުރެ ގިނަ އުޅަނދު ޓޯކޮށްގެން ފުލުހުން ނަގައިފި އެވެ.
ފުލުހުން ޓޯކޮށްގެން ނަގާފައިވާ އުޅަނދު ތަކުގެތެރޭގައި ހިމެނެނީ ކާރާއި ސައިކަލާއި ބައިސްކަލެވެ.
ޓޯކޮށްގެން ފުލުހުން ނަގާފައިވާ 521 އުޅަނދުތަކުގެ ...
އަންނަމަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 62 ދާއިރާގައި ކޮންޕްލެއިންސް ބިއުރޯ ޤާއިމް ކުރެވޭނެކަން އިލެކްޝަންޝް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ހއ (ތިލަދުންމަތީ އުތުރުބުރީ) ގައި 5 ބިއުރޯ ޤާއިމް ކުރައްވާނެއެވެ. ތިލަދުންމަތީ ގައި ބިއުރޯ ...