
މާލޭގައި ރެސްޓޯރަންޓް ކެފޭ ހިންގާފަރާތްތަކުން ވަނީ ދާދި ފަހުން ބައްދަލުވުމެއް ބާއްވާފަ އެވެ. ޒުވާނުންގެ މަރުކަޒުގެ ސެމިނާރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި މީހުން ވަނީ ރެސްޓޯރަންޓް ކެފޭ ހިންގާފަރާތްތަކަށް ދިމާވާ މައްސަލަތަކާއި އެ ދާއިރާ ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް އެސޯސިއޭޝަނެއްގެ މުހިންމު ކަމާމެދު ...
މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ނީލަން ފިހާރަ އެނދުމާގުޅިގެން, ދިވެހި ފުލުހުންގެ 76ވަނަ އަހަރީދުވަހުގެ ހަރަކާތްތައް ފަސްކޮށްފިއެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ހަރަކާތްތައް މިފަސްކުރީ ވަކިމުއްދަތެއް ނެތްގޮތަށެވެ.
ފުލުހުންގެ 76ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތަކުގެތެރޭގައި ދިދަނެގުމާއި, ވިލިމާލެ ޕޮލިސްޓޭޝަން ހުޅުވުމާއި, ފުލުހުންނަށް ...
މާލޭގެ އެއް ނަމްބަރު ކުނިކޮށީގެ ހުޅަނގަށް ހުންނަ ނީލަން މުދާ ވިއްކާ ފިހާރައިގައި ތިންވަނަ ފަހަރަށް ރޯވެ އެ ތަން އަނދައި ހުލިވެއްޖެ އެވެ.
ފަތިހު 3:50ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި ނީލަން މުދާ ފިހާރައާއި އެތަނާ އިންވެގެން ހުރި ބައެއް ތަންތަންވަނީ އެއްކޮށް ...
އައްޑޫ ލިންކުރޯޑްގެ މަރަދޫ ތެރެއިން (ދަނޑިވަރު މިސްކިތާ ދިމާއިން) ސާދަ އަހަރުގެ ފިރިހެންކުއްޖެއްގެ ގައިގަ ކަޓަރު އަޅައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލަފިއެވެ.
ރޭ 8:30ހާއިރު ހިންގި މިހާދިސާގައި އަނިޔާ ލިބުނު 14 އަހަރުގެ ކުއްޖަކީ ސ . ފޭދޫ ކުއްޖެކެވެ. މިކުއްޖާގެ ބުރަކައްޓާއއި ބޮލުގެ ...
ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 50 މިލިޔަން ޔުއާން (7.3 މިލިއަން ޑޮލަރު)ގެ އެހީދިނުމަށް އެއްބަސްވެ ސޮއިކޮށްފި އެވެ.
ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިމަހުގެ 24ގައި އެއްބަސްވެފައިވަނީ ރާއްޖެއިން ހުށަހަޅާ މަޝްރޫއަކަށް ހަރަދު ކުރުމަށް މި ފައިސާ ދިނުމަށެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ...
އާރތް އަވަރ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެތެރެއިން އިއްޔެ އޮތް ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ސަރުކާރުން ހަމަޖެއްސެވި ހަމަޖެއްސެވުމަށް އިޖާބަ ނުދީ ގިނައަދަދެއްގެ ބަޔަކު މާލޭގައި ވެހިކަލްތައް ދުއްވައިފިއެވެ.
އިއްޔެ ހަވީރު 4:00ން ފެށިގެން ރޭ 12:00އާ ހަމައަށް ވެހިކަލް ނުދުއްވާގޮތައް ހަމަޖައްސަވާ ފައިމަގުގައި ...
މަސްތުވާތަކެތިކަމަށް ބެލެވޭ 9 ޕެކެޓާއެކު ލ.ފޮނަދޫ ބަނދަރު ސަރަޙައްދުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި, އިއްޔެ ހައްޔަރުކުރެވުނު މިމީހަކީ ލ.މާމެންދޫ, ޗޮންޗޮންގޭ, ޢަލީ ނަސީމު (30 އ)އެވެ. ފުލުހުން ހާމަކުރިގޮތުގައި އާންމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން މީނާ ހައްޔަރުކުރުމަށްފަހު ހަށިގަނޑު ބަލާ ...
މިއަހަރުގެ ދުނިޔޭގެ އާތް އަވަރ ފާހަގަ ކުރުމަށްޓަކާ ރޭ 8:30ން 9:30ށް ކަރަންޓް ބޭނުންކުރުން މަދުކުރުމުގެ ހަރަކާތުގެ ސަބަބުން 5ހާސް ކިލޯވޯޓް ކަރަންޓް ސަލާމަތް ކުރެވުނުކަމަށް ސްޓެލްކޯއިން ހާމަ ކޮށްފި އެވެ.
ސްޓެލްކޯއިން ރޭ ހާމަކުރިގޮތުގައި އާތް އަވާރގެ އެއްގަޑިއިރުގެ ސަބަބުން މާލޭގައި ކަރަންޓް ބޭނުންކުރަމުން ...
ލ.ގަން ތުނޑީ އަވަށު ބޭރުގައި އަޅާފައިއޮތް ސަފާރީއަކުން ބިޔަރު ދަޅުތަކެއް ބާލައިގެން ފަޅުރަށަކަށް ގެންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހަކީ ގަން ތުނޑީ އަވަށު ވައްކަރު / އަހުމަދު ރަޝީދު 22އ. އެވެ.
ގަން ޕޮލިސް ސްޓޭޝަންގެ ޕޮލިސް ސާރޖަންޓް ...
ރައީސް މުޙަންމަދު ނަޝީދު، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށާއި، އިންޑޮނީޝިއާގެ ރައީސް ސުސިލޯ ބަމްބަންގް ޔުދޮޔޯނޯއަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.
ރައީސް ނަޝީދު، ޕާކިސްތާނުގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް މިފޮނުއްވީ، ޕާކިސްތާނުގެ މިސްކިތަކަށް ދެވުނު ބޮމުގެ ޙާދިސާއެއްގައި އެތައްބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ...