

ޑީއާރުޕީގެ ޒައީމް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ތ އަތޮޅަށް ކުރެއްވި ކެންޕޭން ދަތުރުފުޅުގެ ޚަރަދުތަކުގެ ފައިސާ ތ އަތޮޅުގެ އިމަޖެންސީ ފަންޑުން ދައްކާފައިވާކަން ފަޅާ އަރައިފިއެވެ.
ތ އަތޮޅު މީހަކު މިހާރު ވަނީ އެމައްސަލަ, ކޮރަޕްޝަންގެ މައްސަލައެއް ކަމުގައި ދެކޭތީ އޮޑިޓްކޮށްދިނުމަށް އެދި އޮޑިޓަރ ...
ރިޔާސީ އިންތިޚާބާ ބެހޭގޮތުން ސްޕްރީމު ކޯޓަށް ހުށަހެޅި ހުރިހާ މައްސަލައެއްވެސް މިއަންނަ ބުރާސްފަތި ދުވަހު ނިންމާނެ ކަމަށް އެކޯޓުން ބުނެފިއެވެ.
އެކޯޓުން އާންމުކުރި އިއުލާނެއްގައިވަނީ އެކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ލިބަރަލް ޕާޓީން އިލެކުޝަނާ ދެކޮޅަށް ކުރި ދައުވާގެ ހުކުމު އިއްވުން ބުރާސްފަތި ދުވަހު ...
މިސްރާއި ރާއްޖެ އަދި ސޫރިޔާ ފިޔަވައި އިސްލާމީ ނުވަ ގައުމަކަށް މިއަދަކީ އީދު ދުވަހެވެ. އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން މިއަދު އީދު ފާހަގަ ކުރި ގައުމުތަކުގެ ތެރޭގައި ގިނައީ ޚަލީޖު ނުވަތަ މެދުއިރުމަތީގެ ގައުމުތަކެވެ.
އޭގެ ތެރޭގައި މުސްލިމުންގެ އެންމެ މުގައްދަސް ބިންކަމަށްވާ މައްކާ ...
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާތައް އަލުން ކެޕިޓަލްމާކެޓް ޑިވެލޮޕްމަންޓް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) ވިޔަފާރި ކުރަން ފެށުން އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ބުނެ އެ މައްސަލަ އޭއެންޑީސީގެ ބޯޑުގެ ޗެއަރމަން ބައިވެރިނުކުރައްވައި އަލުން ބަލާދިނުމަށް އެޓާނީޖެނެރަލް އާޒިމާ ޝަކޫރު ...
މުޅިދުނިޔެއަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ” ކޮކާ ކޯލާ“ ގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު މޮބައިލް ފޯނަކާއި ޕްރިޕެއިޑް ކަނެކްޝަން ކިޓެއް އަދި 200 ރ ޕްރިޕެއިޑް ވައުޗާއެއް ހޯދުމުގެ ފުރުސަތު ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފި ...
ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ވަޒީފާގެ ގާނޫނުން ނިގުޅައިގެންފައިވާތީ އަންނަ މަހުގެ ފަސްވަނަދުވަހު ހަޅުތާލުކުރުމަށް ނިންމާފައިވަނިކޮށް ބިލަން ހުށަހަޅާފައިވާ އިސްލާހުތަށް ބައެއް ސިޔާސީޕާޓީތަކުން އަންނަމަހު ހަވަނަ ދުވަހު ފާސްކުރާނެ ކަމުގެ ޔަގީންކަށް ދިނުމުން ހަޅުތާލު ފަސްކޮށްފައިވާ ކަމަށް ޓުއަރިޒަމް އެންޕްލޮއީ އެސޯސިއޭޝަން( ...
ހުސައިން ޞަލާހު މަރުވި ހާދިސާ ފޮރުވުމަށް ގާސިމް އިބްރާހިމް މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީ އިންތިހާދުން ބުނި ބުނުމަށް އެމްޑީޕީން ރައްދުދީފި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ބުނީ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ...
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރާއްޖޭގައި ހަދާ ފަސް އާބަން ސެންޓަރުގެ ތެރެއިން އެއް އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުދުއްފުށި ވެގެން ދާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ބަޔަކާ ބައްދަލުކޮށް ގާސިމް އިބްރާހިމް ވިދާޅުވީ އާބަން ސެންޓަރުތަކަކީ ...
ވަކާލާތު ކުރުމުގެ ފާސްނެތް ފަރާތްތަކަށް ސްޕްރީމު ކޯޓުގައި ވާހަކަ ދައްކަން ފުރުސަތު ދީފައިވާތީ އެކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރ 28 ގެ ތާރީޚު ޖަހާފައި އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ސްޕްރީމު ކޯޓަށް ފޮނުވާފައިވާ ...
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ޕަކެޓާއެކު 6 މީހަކު ގަލޮޅު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ހ.ޕެންޓަންވިލާ 54އ. އަބްދުﷲ ނަސީމް, ގ.ޕާރކަރު ހައުސް 22އ. ހުސައިން ޝަރީފް, ހ.ހުދުފިނިފެންމާގެ 02އ. އަބްދުﷲ އަޒްބާން އަދި ސިނަމާލެ 11201, ...