
އިންޑިއާގެ އެންމެ ބޮޑު ވެހިކަލް އުފައްދާ ކުންފުނި ކަމުގައިވާ ޓާޓާ މޮޓޯސްގެ ފައިދާ %30 ދަށްވެއްޖެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޓާޓާ މޮޓޯސް އިން ބުނާގޮތުގައި ފައިދާ ދަށަށް ގޮސްފައިމިވަނީ ވެހިކަލް އުފައްދަން ބޭނުންވާ ސާމާނުގެ އަގު ބޮޑުވެ އަދި ފައިސާގެ އެކްސްޗޭންޖް ރޭޓަށް ...
ޖަރުމަންގެ ލުފްތާންސާ އެއާލައިންގެ ޓެކްނިކަލް އަދި ކޭޓަރިން ގެ ބައިގައި މަސައްކަތަކުރާ މުވައްޒަފުން ކުރަމުންދާ ހަޅުތާލުގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
ވާރޑި ޓްރޭޑް ޔޫނިއަނަށް ނިސްބަތްވާ މި އެއާލައިންގެ ގާތްގަނޑަކަށް 5000 އެއްހާ މުވައްޒަފުން ހަޅުތާލު ކުރަމުންދާތާ 3 ދުވަސްވެފައިވާއިރު ...
އަންނަ މަހު ޒިމްބާބްވޭގެ ފައިސާގެ އަގަށް ބަދަލުގެނެސް ނޫޓޫތަކުން 10 ސުމެއް ކަނޑާލާނެކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރނަރ ވިދާޅުވެއްޖެއެވެ. އޭރުން 10 ބިލިއަން ޑޮލަރު ވާނީ 1 ޑޮލަރަށެވެ.
ގަވަރނަރގެ މި އިޢުލާނާއިއެކު ޒިމްބާބްވޭގެ ރައީސް ރޮބަރޓް މުގާބޭ ޓީވީ މެދުވެރިކޮށް ...
ބައިނަލްއަޤްވާމީ ވިޔަފާރިއާއި ބެހޭ ވާހަކަތައް ކުރިއަށް ނުގެންދެވި ނާކާމިޔާބުވެގެން ނިމިގެންދިޔައީ އެކަމުގައި އެމެރިކާއިން އިހުމާލުވެ، އެކަންތައް އެގޮތަށް ކުރިއަށް ގެންދަން ބޭނުން ނުވުމުގެ ސަބަބުން ކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ހާމަކޮށްފިއެވެ.
އީޔޫގެ ވިޔަފާރިއާއި ބެހޭ ވެރިޔާ ޕީޓާރ މެންޑެލްސަން ވިދާޅުވި ގޮތުގައި ވާހަކަތައް ފެއިލް ...
އިސްރާއީލުގެ ބޮޑުވަޒީރު އިހޫދު އޮލްމާޓް ސެޕްޓެމްބަރމަހު މަޤާމުން އިސްތިޢުފާ ދެއްވާނެކަން އިޢުލާން ކުރައްވައިފިއެވެ. އޮލްމާޓް ވިދާޅުވެފައިވާ ގޮތުގައި ކަދީމާ ޕާޓީގެ ފަރާތުން ސެޕްޓެމްބަރމަހު އާވެރިއަކު ހޮވުމަށްފަހު އޭނާ ވެރިކަމުގައި ނުހުންނަވާނެ ކަމަށެވެ.
އަދި އޭގެފަހުން ބާއްވާ އިންތިޚާބުގައި އޭނާ ވާދަނުކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. ރިޝްވަތާއި ޚިޔާނާތުގެ މައްސަލަތަކެއްގައި ...
2006 ވަނަ އަހަރު ގެނެވުނު އަސްކަރީ އިންޤިލާބެއްގައި މަޤާމުން ދުރުކުރެވިފައިވާ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ އަނބިކަނބަލުން ޕޮޖަމަން ޝިނަވަތުރާ ޓެކްސް ދެއްކެވުމުގައި މަކަރު ހައްދަވާ އޮޅުވާލައްވާފައިވާކަމަށް ބެންކޮކްގެ ކޯޓުގައި ސާބިތުވުމާ ގުޅިގެން ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ.
އެހެންނަމަވެސް، ކަފާލާތު ...
ޖަރުމަނުގެ ބަޔާން މިއުނިކްގެ ފްރެންޗް މިޑްފީލްޑަރ ފްރޭންކް ރިބެރީގެ އަނިޔާވެފައިވާ ހުޅު އަންނަ ހުކުރު ދުވަހު އަނެއްކާވެސް އޮޕަރޭޝަން ކުރާނެ ކަމަށް ބަޔާން އިން ބުނެފިއެވެ.
ރިބެރީ އަށް އަނިޔާވެފައިވަނީ ޔޫރޯ 2008ގައި އިޓަލީ އާއި ފްރާންސް ބައްދަލުކުރި މެޗުގައެވެ. މިފަހަރުގެ އޮޕަރޭޝަން ކުރަނީ ކުރިން ...
މެލޭރިއާ ޖެހި ރަނގަޅުވެފައިވިއަސް އަދިވެސް ފުލް ފިޓްނެސް ނުލިބޭ އާސެނަލްގެ ސެންޓަރބެކް ކާލޫ ޓޯރޭ އަށް ސީޒަން ފެށެއިރު ކުޅެވޭވަރުވާނެ ކަމަށް އެޓީމުގެ ކޯޗް އާސެން ވެންގަރ ބުނެފިއެވެ.
ޓޯރޭ އަށް މެލޭރިއާ ޖެހުނީ އާސެނަލް ޓީމާއެކު އާސީޒަންގެ ތައްޔާރީތަށް ވުމަށް އޮސްޓްރިއާއަށް ކުރި ޒިޔާރަތުގައެވެ. ...
އޮލިމްޕިކްސް ފުޓުބޯޅަ މުބާރާތުގައި ކުޅުމަށް ޗާއިނާ އަށް ދާން ބޭނުންވެފައިހުރި އާޖެންޓިނާގެ ލަޔޮނެލް މެސީ ބާސެލޯނާ އިން ހިފަހައްޓަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއަދުގެ ވަގުތެއްގައި ޗައިނާ އަށް ދާނެ ކަމަށް އެކްލަބުން ބުނެފިއެވެ.
އެކުވެރިކަމުގެ މެޗޭއް ކުޅުމަށް މިވަގުތު އިޓަލީގައި އުޅޭ ބާސެލޯނާ އިން ...
ފާއިތުވި ވިއްސަކަށް އަހަރަކީ ދިވެހިންގެ ދިރިއުޅުމަށް ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެކެވެ.
އެގޮތުން ދިރިއުޅުމަށް އައި ބަދަލުތަކާއެކު, ކުނި އުފެދޭ މިންވަރު އާދަޔަ ހިލާފަށް އިތުރުވަމުން އައިސްފައިވާކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެފަދަކަންކަން ހައްލު ކުރުމަށާއި ކުންޏާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ...