

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެން މެންބަރަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒައީމްކަމުގައި ހުންނެވި ދ.އަތޮޅު މެންބަރ އަހުމަދު ސިޔާމް ހިމެނިވަޑައިގެންފައިވާކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ހާޒިރީއަށް ...
ހެންވޭރުގައި ހުންނަ އިބްރާހިމީ މިސްކިތުގައި އިމާމްވެ އިއްޔެ ހުކުރު ނަމާދު ކުރެއްވުމަށް, މިނިސްޓްރީ އޮފް ހޯމް އެފެއާރޒުގެ ޑިރެކްޓަރ ޖެނެރަލް މަގާމުގައި ހުންނެވި ޑރ. އަފްރާޝީމް އަލީ ވަޑައިގަތުމުން އެތައް ބަޔަކު މިސްކިތުން ފައިބައި, ހުކުރު ނަމާދަށް ފަހު އޭނާއަށް ހަމަލަދީ ހިންގި ހަމަނުޖެހުންތަކާ ...
ރޭ އަލިމަސް ކާނިވަލުގައި މިއުޒިކު ޝޯއެއް ހިނގަމުން ދަނިކޮށް އެސަރަހައްދުގައި ހިންގި މާރާމާރީގައި 3 މީހަކު އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ މިހާދިސާގައި އަނިޔާ ލިބުނު, ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދެމުންދަނީ އިންދިރާގާދީ މެމޯރިއަލް ...
ޅ.ހިންނަވަރުގައި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ހަދަމުންދާ ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ ހައިމާކު އޭގައި އިންމީހާ އާއެކު މޫދަށް ފުރޮޅާލައިފި އެވެ.
މިއަދު 11.30 އެހާކަންހާއިރު ހިނގި މިހާދިސާގައި ހައިމާކުގައި އިން ބިނދޭސީ މީހާގެ އަތުގެ ދެތަނަކުން ޒަހަމްވެފައި ހުރިކަމަށް ހިންނަވަރު ކަތީބު އިބްރާހީމް އަލީ ...
ރާއްޖޭގައި ވިހާ ކުދިންގެ 22 އިންސައްތައަކީ އެކަށީގެންވާވަރަށް ވުރެ ބަރުދަން ލުއި ކުދިން ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ ޔުނިސެފުން ބުނެފި އެވެ.
ކުޑަކުދިންގެ ހާލަތު އަންގައިދިނުމަށް އދ.އިން ކޮންމެ އަހަރަކު ނެރެމުން އަންނަ ރިޕޯޓްގައި ބުނެފައިވަނީ 2006 ވަނަ އަހަރާއި ހަމައަށް ...
މަސްތުވާތަކެއްޗާ އެކު މާލެއިން އިއްޔެ ދެ މީހުން ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސް ބުނީ މީގެ ތެރޭއިން އެކަކު ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު 12:30 އެހާ އިރު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއްގެ މައުލޫމާތު އާންމުގެ ފަރާތަކުން ދިނުމާ ގުޅިގެން ފުލުހުން ...
އިނަރ މޯލްޑިވްސް ކުރިން ހިންގި އިމާރާތުގައި އޭސް ޓްރެވަލްގެ ނަމުގައި އެހެން ކުންފުންޏެއް ހިންގަމުން ދަނިކޮށް ގޭގެ ވެރިފަރާތުން އިމާރާތުގައި ބޮޑުތަޅު އަޅުވާފައިވަނިކޮށް ފުލުހުން މެދުވެރިވެ ތަޅު ހުޅުވައިފި އެވެ.
ސްރީލަންކަން ހޮލިޑޭސްއާ އޭސް ޓްރެވެލް ނަމުގައި އިނަރ މޯލްޑިވްސްގެ އެއްހިއްސާދާރު މުހައްމަދު ފިރާގު ...
ޑރ އަފްރާޝީމް އަލީ ބޭނޫންކޮށްގެން ބަޔަކު އެހިންގަނީ ވަރަށް ބޮޑު ޕްރޮޕެގެންޑާއެއް ކަމަށް އަދާލަތު ޕަޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި އަދާލަތު ޕާޓީގެ ޢާއްމު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ...
ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުއްލިގޮތަކަށް ގިނަ ޑިޕޮލޮމެޓިކް މިޝަންތަކެއް ބޭރު ގައުމުތަކުގައި ހުޅުވާފައި އެވަނީ ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ދައުލަތުގެ ސަފީރުކަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރ. މެމްބަރު އިބްރާހީމް ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ. ...
އިސްލާމް ދީނާ ގައުމަށްޓަކައި އަދި ވަތަނަށްޓަކާ ރާއްޖޭގައި މިހާރު މިއޮތް ވެރިކަން ބަދަލުކުރުމުގެ ދުވަސް އަތުވެއްޖެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ރޭ ދަރުބާރުގޭގައި އޮތް އެޕާޓީގެ ޢާއްމު ބައްދަލުވުމެއްގައި އެޕާޓީގެ ގާނޫނީ މުޝީރު އަދި އިސްތަރުޖަމާން އަސަދުﷲ ޝާފިއީ ވިދާޅުވީ އިސްލާމް ...