
11 ނޮވެމްބަރުގައި ހަވާލުވާ އިއްތިހާދުގެ ސަރުކާރުގެ ކެބިނެޓްގެ މަގާމުތައް ހަމަޖެއްސުމުގައި އެމްޑީޕީއާއިއެކު ދައްކަމުންދިޔަ ވާހަކަތަކާމެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ޑރ. ހަސަން ސައީދު އެ ވާހަކަ ތަކުން ވަކިވެއްޖެ ކަމުގެ ޚަބަރު ލިބިއްޖެއެވެ.
މި ޚަބަރު އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ޑރ. ...
މަރިޔަމް ނަޒްފާ
ތަފާތު އެކި މައްސަލަ ތަކާ ގުޅިގެން 18 ބިދޭސީއަކު ޑީޕޯޓު ކޮށްފި ކަމަށް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ބުނެފިއެވެ.
މީގެ ތެރޭގައި ހިމެނޭ މައްސަލަތަކަކީ މާރާމާރީ ހިންގުން, ހަށިވިއްކުން, ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުން, ސައްހަނޫން ވާކް ޕާމިޓް ...
ރާއްޖޭގައި ހިންގާ ކޯސްތަކުގެ ތެރެއިން ތިންމަސްދުވަހަށް ވުރެން ދިގުމުއްދަތުގެ ކޯސްތަކުތަކުގައި ސިވިލްސާވިސް މުވައްޒަފުންނަށް ބައިވެރިވެވޭނީ ވަޒީފާއިން ވަކިވެގެން ކަމަށް ބުނާ މާއްދާ ސިވިލްސާވިސް ގަވާއިދުން މިއަދު ވަކިކޮށް އެއަށް ބަދަލު ގެނެސްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިވިލްސާވިސް ...
މ.ލޮނިމިދިލިގޭ ގޯލިތެރޭގައި ރޭ ހިނގި މާރާމާރީއެއްގައި އުމުރުން 39 އަހަރުގެ މީހަކަށް ކަނޑިއަކުން ހަމަލާ ދީ ޒަޚަމް ކޮށްލައިފިއެވެ.
ރޭ ގާތްގަނޑަކަށް 11:45 ހާއިރު ހިނގި މިހާދިސާގައި އަނިޔާލިބިފައިވަނީ މއ. މަތިދުނި އަމީން އަލީއަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަ ކުރައްވާފައިވާ ގޮތުގައި މިމާރާމާރީގެ މައުލޫމާތު އެފަރާތަށް ...
މިސްރުގައި ސަރުކާރުގެ އެކިއެކި ސްކޮލަރޝިޕްތަކުގައި ކިޔަވަމުންދާ ދިވެހި ކުދިންނަށް އެކުދިންގެ އިނާޔަތުގެ ފައިސާ މިދިޔަ މަހު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރަން ފަށައިފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ނޫރައްދީން ވިދާޅުވީ ތިން ކުދިން މިސްރުން ގުޅާފައި ...
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިމާވި ހިތާމަވެރި ހާދިސާގައި ޝަހީދުވި ފަރާތްތަކާއި ތަންތަނުގެ މަންޒަރުތައް ހިމެނޭގޮތަށް ނަގާފައިވާ ފޮޓޯތަކުން ބައެއް ފޮޓޯތައް ސިފައިންގެ އަތުން ލީކުވެފައި ވާކަމަށް ފޮޓޯތައް ނެގި މުހަންމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވެއްޖެ އެވެ. ...
ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމާ ބައްދަލުކުރައްވައި ސަލާން ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުއްވާލުމަށް ހަމަޖައްސައިފި އެވެ.
ނޮވެމްބަރ 11 ވަނަ ދުވަހު ރައީސްކަމުން ވަކިވެ ވަޑައިގަންނަވާ ރައީސުލްޖުމުހޫރިއްޔާ ޢާއްމުންނާ ސަލާން ކުރެއްވުން އޮންނާނީ, މާދަމާއާއި އަދި އޭގެ އަނެއް ދުވަހު މެންދުރު ...
ރައީސުލްޖުމުހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ވީއެންމެ އަވަސް ފުރުސަތެއްގައި އިންޑިޔާއަށް ވަޑައިގެންދެއްވުން އެދި އިންތިހާބުވެފައިވާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އިންޑިޔާ ސަރުކާރުން ދައުވަތު އަރުވައިފި އެވެ.
އިންޑިޔާ ސަރުކާރުގެ ފަރާތުން މި ދައުވަތު އަރުވާފައިވަނީ އިންޑިޔާއަށް ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. އޭކޭ ޕާންޑޭ އެވެ.
އާދިއްތަ ދުވަހު ...
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މުސާރައާއި އެއްވަރުގެ މުސާރައެއް އެމަގާމު ފުރުއްވާފައިވާ ބޭފުޅަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މ އަތޮޅު މެންބަރ އަނީސާ އަހުމަދު ހުށަހެޅުއްވި ބިލުގެ ބަހުސް މާދަމާ އޮންނާނެ އެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ 30 އަހަރުވީ ސަރުކާރުގެ ގިނަ މަޤާމުތަކެއް ...
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި މަޤާމުގެ ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދަޅުވީ އިއްޔެ އެޕާޓީގެ މައި ހަރުގޭގައި ޕާޓީގެ މެންބަރުންނާ މުޚާތަބު ކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވީ ކުރިމަތީގައި ދެން ...