
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމް މިހާރު ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފެނިގެން އެދަނީ އިންތިގާލީ ސަރުކާރެއް ނެތި, ދެންބާއްވާ އިންތިޚާބު މިނިވަން ނުވާނެ ކަމުގެ ހެކިތަކެއް ކަމުގައި ޕާޓީތައް ގުޅިގެން އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން (އިއްތިހާދުން) ބުނެފި އެވެ ...
ރަށު ކަތީބު އަންގަވައިގެން ހއ.ދިއްދޫ އިރު އުތުރު ފަރާތުން ގޮނޑުދޮށުން ވެލިނެގުމާ ގުޅިގެން ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށްފި އެވެ.
މިމަހުގެ ހަވަނަ ދުވަހު ރައީސް މައުމޫނު ދިއްދޫއަށް ވަޑައިގެން ނެވުމަށް ހަމަޖެހިފައިވާތީ ރަށުގެ މަގުތަކަށް ވެލި އެޅުމަށްޓަކާ މިއަދު ހެނދުނު 9 ޖަހާ ...
ޅ ނައިފަރުގައި އެހެލާފައި ހުރި 21 ރިޔަނުގެ މަސްދޯންޏެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.
ނައިފަރު އުތުރުފަރާތުގައި އެހެލާފައިހުރި ‘ކާމިޔާބު’ނަމަކަށް ކިޔާ ދޯނީގައި އަލިފާން ރޯކޮށްލާފައި ވާކަމުގެ މައުލޫމާތު ޅ ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބިފައިވަނީ ރޭ 12:30 އެހާ އިރުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ...
އާގާނޫނު އަސާސީއަކަށް ވާސިލުވުމަށް ވަގުތީ ސަރުކާރެއް އެކުލަވައި ނުލައިފިނަމަ މިހާރު މިއޮތް ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ކުރަމުންދާ ދަތުރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން މުހައްމަދު ...
މަސްވެރިންގެ ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމްކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ...
ސައިރިކްސް ކޮމްޕިއުޓަރގެ ފަރާތުން ތ. ދިޔަމިގިލި މަދަރުސާގައި ކުރިއަށް ގެންދާ ކޯހެއްގައި ކިޔަވައިދިނުމަށް ބޭނުން ކުރަން ގެންގޮސް ފައިހުރި 7 ލެޕްޓޮޕް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފި އެވެ.
ދިޔަމިގިލި މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލް ޔޫސުފް ޒަކަރިއްޔާ މިއަދު ވިދާޅުވީ ލެޕްޓޮޕްތައް ވަގަށް ނަގާފައިވަނީ ...
ނ. އަތޮޅުގެ ތިން މެމްބަރަކު ވޯޓުލަމުން ދާގޮތާ މެދު ނުރުހޭކަމަށް ބުނެ ނ. ޅޮހީގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފި އެވެ.
ގައުމީ އެއްބައި ވަންތަކަމުގެ ގުޅުމުން އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ޒިއާރަތުގައި, ރޭ ޅޮހީގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ ތެރެއިން ގިނަމީހުން ބައިވެރިވެ, ...
” އަޅުގަނޑުމެން ކުރިމަތި މި ލަނީ ކުށްވެރިންތަކަކާ. އެމީހުން ތިބީ އަނދަވަޅު ކޮނެގެން. އެމީހުންގެ އަތުގައި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ޒާތުގެ ބައިވަރު ސާމާނު އަބަހުރި. އޭގެ ތެރޭގައި ތޫނުކޮށްފައި ހުރި ދަގަނޑުބުރިއާއި ވަޅިފަދަ ތަކެތި ހިމެނޭ. ކޮންމެ މީހަކު ވެސް އެމީހެއްގެ ރައްކާތެރި ...
ޓްރެފިކް ގަވާއިދާ ހިލާފްވެގެން 22 މީހެއްގެ ލައިސަންސް ހިފަހައްޓާ ޓްރާންސްޕޯޓަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ލައިސަންސް ހިފަހައްޓާ ޓްރާންސްޕޯޓަށް ފޮނުވާފައި ވަނީ ޑިސެމްބަރ މަހުގެ 24 ން 31 ގެ ނިޔަލަށް ޓްރެފިކް ފުލުހުން މާލޭގެ އެކިސަރަހައްދު ތަކުގައި ޓްރެފިކް ޗެކްޕޮއިންޓްތައް ގާއިމް ...
އިންޑިއާ ކަނޑުގައި ހިންގާ ‘ކަނޑުމަހުގައި ފާހަގަ ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ފާހަގަ އަނބުރާ ގެނެސްދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 10،000ރ އަށް ވުރެ ބޮޑު ފައިސާގެ އިނާމެއް މިއަހަރުގެ މަސްވެރިންގެ ދުވަހު ދޭގޮތަށް ހަމަޖައްސައިފައިވާކަށް މެރިން ރިސާރޗް ސެންޓަރު(އެމްއާރްސީ)ން ބުނެފި އެވެ. ...