
މިދި އަހަރަކީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމުގެ 29 އަހަރުގެ ވެރިކަމަށް ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވި އަހަރެއްކަން ނޫސްތަކުގެ ސޮފުތާކަށް ބަލާލުމުން އެނގެ އެވެ.
އަހަރު ފެށިގެން އެންމެ ހަތަރު މަސް ދުވަސް ނުވަނީސް ރައީސް މައުމޫނަށް ކުރިމަތިވި އެންމެ ބޮޑު އެއް ...
އެބަޔަކަށް ލިބިޖެހޭ ހައްގެއް ހޯދުމަށްޓަކާ ދުނިޔެގެ އެތައް މިތަނުގައި ގިނަގުނަ މަސައްކަތްތައް ކުރަމުންގެންދެ އެވެ. އެއްބަޔަކު ސުލުހަވެރިކަމާއި އެކު ވާހަކަ ދައްކައިގެންނެވެ. އަނެއް ބަޔަކު އެމީހުންނަށް ލިބިފައިވާ އަރާއިބާރާ އެކުގަ އެވެ. އެގޮތުން އިސްލާހީ ބަދަލުތަކާއި އެކު ޒަމާނީ ޑިމޮކުރަސީއަކާ ދިމާލަށް މިކުޑަކުޑަ ދިވެހިރާއްޖެ ...
ތަރައްގީގެ މަސައްކަތްތައް ފެށުމުގެ ކުރިން ހަދަންޖެހޭ, އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓ(އީއައިއޭ) އަށް ބައެއް ފަރާތްތަކުން އެކަށީގެންވާ ސަމާލުކަން ދީފައި ނުވާކަން ފާހަގަކުރެވެ އެވެ.
އެންވަޔަރަންމަންޓް ރިސާރޗް ސެންޓަރު (އީއާރްސ) އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަހުމަދު ސަލީމް ވިދާޅުވީ އީއައިއޭ ނުވަތަ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެށްޓަށް ...
އަންނަ އަހަރަށް ފާސް ކުރި ބަޖެޓަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް އިސްލާހު ފާސްނުވީ އެންމެ ވޯޓެއް ނުލިބިގެންނެވެ. އޭރު މަޖިލީހުގައި ރައްޔިތުންގެ ފައިދާ އަށް މަސައްކަތްކުރާ ކަމަށް ވިދާޅުވާ ގިނަ މެމްބަރުން ތިއްބެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ...
2007 ވަނަ އަހަރަށް އަޅުގަނޑުމެން މިވަނީ އަލްވަދާޢު ކިޔާފައެވެ. އަހަރެއް ނިމި އާއަހަރަކާއި ކުރިމަތިލާއިރު ނިމިދިޔަ އަހަރުގެ ކާމިޔާބީއާއި ނާކާމިޔާބުގެ މައްޗަށް ބަލާލަން އެބަޖެހެއެވެ. އެގޮތުން ނިމިގެންދިޔަ އަހަރު ދާއިރާގެ ގޮތުގައި ފާހަގަކުރެވޭ ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވުމަށް ބަލާލަމާތޯ އެވެ؟
ހަމަޔަގީނުންވެސް ފާހަގަވެގެންދާ ކަންތައްތަކެއް ...
ރާއްޖޭގައި ގާނޫނީ ވަކީލު ކަމުގެ އިމްތިހާނެއް ފުރަތަމަ އޮތީ މުޙައްމަދު އަމީނުގެ ދައުރުގަ އެވެ. މިއިމްތިހާން އެކަށަ އަޅުއްވާފައި ވަނީ ވުޒާރަތުލް މައާރިފްގެ ފަރާތުންނެވެ. އިމްތިހާނު އޮތީ 9 ޖޫން 1951 ދުވަހު, ނާދީ ތަމައްދުން ގައެވެ. މިފެންވަރުގެ ގޮތުން އިމްތިހާނެއް ނަމަވެސް މިރޮނގުގެ ...
މިދިޔައަހަރުގެ ޖޫން 4 ވަނަ ދުވަހު ފެށުނު ރައްޔިތުންގެ މަޖިލީހުގެ ނިމިގެންދިޔަ ދައުރު(7002 ވަނައަހަރުގެ ތިންވަނަ ދައުރު) 24 ޖަލްސާއަށް ހޭދަވެފައިވަނީ ޖުމްލަ 62 ގަޑިއިރާއި 27 މިނިޓެވެ. އޭގެ ކުރީ ދައުރު (ދެވަނަ ދައުރުގައި) ބޭއްވިފައިވަނީ 26 ޖަލްސާ އެވެ. އަދި ހޭދަވެފައި ...
” ހަފީޒާ އެވެ. އިތރަށް އަހަރެން ހޯދަން މަސައްކަތް ނުކުރާށެވެ. އަދި އަހަރެންވެސް ހަފީޒާއަށް އުނދަގޫ ކުރާކަށް ނުވެސް ދާނަމެވެ. ހަފީޒާއެވެ. އަހަރެން ހަފީޒާ ބޭޒާރު ކުރާކަށް ބޭނުމެއް ނޫނެވެ. ތި ހަފީޒާއަކީ އަހަރެން ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެވެސް ބޮޑަށް ލޯބިވާ ކުއްޖެކެވެ.“ މިއީ ...
ނިމިގެން ދިޔަ 2007 ވަނަ އަހަރަކީ މިފަހުގެ ތާރީހުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔަ އަހަރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ މެދެއްހާ ހަމައަށް ދިޔައިރުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުޅުނީ ސާފުނުކުރާ ...
ފާއިތުވެދާ ކޮންމެ އަހަރަކާއި އެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އައު ކަންތައްތަކެއް ހިނގަމުން ދެއެވެ. އުފާވެރި މުނާސަބާތަކާއި ހިތާމަވެރިހާދިސާތަކެވެ. އަދި މުހިއްމު މަސައްކަތްތައް ފަދަ އެތައް ކަމެކެވެ. ތިރީގައި މިބަލާލަނީ ނިމިގެންދިޔަ 2007 ވަނަ އަހަރު ހިނގާފައިވާ މިފަދަ ކަންކަމުގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުން އެންމެ ...