
އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ގާނޫނު އަސާސީ ނިންމަށް ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން ހާއްސަ މަޖިލީހުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެމްބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން އުނިކުރުމުގެ މައްސަލަ އެޖެންޑާކުރުމަށް އިދާރީ ކޮމެޓީން ލަފާއަރުއްވައިފި އެވެ.
ކޮމެޓީގެ މުގައްރަރު އަދި ހާއްސަ މަޖިލީހުގެ ލ. ...
ތާރީޚާއި ތަރިކައާ ބެހޭ ބައިނަލްއަގްވާމީ ދުވަސް އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖައްސައި އެކަން އިއުލާން ކުރައްވައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީޚާއި ތަރިކައާއި ބެހޭ ގައުމީ ސެމިނާރު ހުޅުއްވައި ދެއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ...
މިއަހަރުގެ ނޮވެމްބަރ މަހުގެ 30 ހުގެ ނިޔަލަށް ޤާނޫން އަސާސީ އިސްލާހްކޮށް ނިންމުމަށްޓަކައި މަސައްކަތް އަވަސްކުރުމުގެ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޤަވާއިދުގެ 25 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެންނަވައިފި އެވެ.
މިއިސްލާހުތައް ގެންނެވީ 3 ޖަލްސާއެއްގައި ބަހުސްކުރައްވާ މެންބަރުން ހުށަހެޅުއްވި އިސްލާހްތައް, މިއަދުއޮތް ރައްޔިތުންގެ ...
ހދ. އަތޮޅު މީހުން ބަދަލުނުކޮށް ހއ. ހަތިފުށި މީހުން ހދ. ހަނިމާދު އަށް ބަދަލުކުރަން އުޅޭތީ, އިންސާފުވެރިކޮށް ކަންތައްތައް ކުރުމަށް ގޮވާލައި ހދ. އަތޮޅުގެ ތިން ރަށެއްގެ ބަޔަކު ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން މިއަދު ބުނެފި ...
މިދިޔަ މޭ މަހު ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ހަތިޔާރު ބޯޓުގެ މައްސަލާގެ ޝަރީއަތުގައި ހަތަރު މީހެއްގެ މައްޗަށް 15 އަހަރަށް ޖަލަށް ލުމަށް ޖިނާއީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޓައިގަރުންގެ ބޯޓެއް ކަމަށް ބެލެވޭ އުޅަނދުގެ މައްސަލާގައި ޖިނާއީ ކޯޓުން ހުކުމް ކުރީ ...
ރާއްޖޭން ބޭރުން ގެނައި ކެބެޖް ބަސްތާތަކެއް އިންސާނުން ކެއުމަށް ބޭނުން ކުރާ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައިވާތީ އެތަކެތި ނައްތާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގާފައި ވަނިކޮށް އެތެރެކުރި ފަރާތުން އޭގެ ތެރެއިން ބައެއް ވިއްކާލައިފި އެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ...
އެމެރިކާއަށް ޓެރަރިޒަމުގެ ހަމަލައެއް ދިނުމަށް ރާވަމުން ދިޔަ މައްސަލައަކާ ގުޅިގެން ދިވެހިންގެ ބަޔަކާ މިދިޔަ އަހަރު ސުވާލުކޮށް ތަހުގީގުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒް ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަށް ...
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޕަބުލިކް ކުންފުނި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔައަހަރު ސާފް ފައިދާގެ ގޮތުގައި 40.93 މިލިޔަށް ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނިން މިކަން ހާމަ ކޮށްފައި ވަނީ ރޭ ސުޓެލްކޯ މާލަމްގައި ...
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހުރިހާ މަރުކަޒުތަކެއްގައި ދިރިއުޅެމުންދިޔަ ފުލުހުންގެ މިއަދު އެމަރުކަޒުތަކުން ނެރެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނީ ސިފައިންގެ މަރުކަޒުތަކުގައި އުޅެމުންދިޔަ ފުލުހުން އެމަރުކަޒުތަކުން ނިކުމެފައިވަނީ ސިފައިންނާއި ފުލުހުންނާއި ދެމެދު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ...
އަތޮޅުތަކާއި މާލޭގައި ހުރި ސަރުކާރުގެ އޮފީސްތަކުން 200 އެއްހާ މަންދޫބުން ހިމަނައިގެން ތާރީޚާއި ތަރިކައާ ބެހޭ ގައުމީ ސެމިނާރު ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
މުޖުތަމައުގެ އަފްރާދުންގެ ކިބައިގައި ތާރީޚާއި ތަރިކައާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި ސެމިނާރުގައި ...