
ވެސްޓް އިންޑިސްގެ ކްރިކެޓް ޓީމް އިންގްލެންޑަށް ކުރާ ޒިޔާރަތުގައި ކުޅޭ އެން ޕަވަރ ޓެސްޓް ސިލްސިލާގެ ތިންވަނަ މެޗް އިންގްލެންޑް ކާމިޔާބުކޮށް ސިލްސިލާވެސް އެޓީމް ކާމިޔާބުކޮށްފިއެވެ.
އިއްޔެ މެޗްގެ ފަސްވަނަ ދުވަހު ވެސްޓް އިންޑީސް ކުޅެން އެރި އިރު ދޭން ޖެހިފައި އޮތް 150 ލަނޑު ...
މިއަހަރުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ރެއާލް މެޑްރިޑްގެ ކުޅުންތެރިން ފަރުވާ ކުޑަނުކުރުމަށް އެޓީމުގެ ކޯޗް ފަބިއޯ ކަޕޭއްލޯ އިންޒާރުކޮށްފިއެވެ.
”އަދި ތައްޓެއް ނުލިބޭ, އަހަރެމެން އެއްވެސް ވަރަކަށް ފަރުވާ ކުޑަކޮށްލައިގެން ނުވާނެ“ ސްޕޭނުގެ ޗެމްޕިއަންކަން ހަތަރު އަހަރަށްފަހު ކާމިޔާބުކުރުމަށް ...
ބަންގްލަދޭޝްގެ އެކިހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 80 މީހުން މަރުވެފައިވާ ކަމުގައި ކަމާބެހޭ އިދާރާތަކާ ޙަވާލާދެއްވާ ބީބީސީއިން ޚަބަރުދީފިއެވެ. އެފަރާތުން ޚަބަރުދޭގޮތުގައި މިޙާދިސާގައި ގިނަ މީހުން މަރުވެފައިވަނީ ކިސަޑާއި ފެނުގެތެރޭގައި ގެނބިގެންނެވެ. އަދި އިތުރު ވަރަށް ގިނަމީހުން ގެއްލިފައިވާ ކަމުގައިވެސް އޮފިޝަލުން ...
އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ތަމަޅަ ޖަމާޢަތުން ބާރުގަދަ ބޮމެއް ގޮއްވާލަން ތައްޔާރީތައް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ބޮޑުވަޒީރު ރަތުނަސިރީ ވިކްރަމަނައިކާ ވިދާޅުވެއްޖެއެވެ.
ވިކްރަމަނައިކާ ވިދާޅުވި ގޮތުގައި ...
39 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ހުރިހާ މެޗަކުން މޮޅުވެގެން ޕޮލިސް ކްލަބް ދަތުރުކުރި ނަމަވެސް އެއީ ބަލިނުކުރެވޭވަރުގެ ޓީމެއްނޫން ކަމަށް ހިރިޔާއިން ބުނެފި އެވެ.
ކުރިން ކުޅުނު ދެމެޗުގައިވެސް ޕޮލިސް އަތުން ބަލިވެފައިވާ ހިރިޔާގެ ކޯޗު އިސްމާއީލް ޖިނާޒު މިއަދު ...
ހުވަނދު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށުނު ކަމަށް ތާރީޚުން ފެންނަނީ. ދީނީ ކަމެއްގެ ގޮތުގައި މިސްރުމީހުންގެ ފަރާތުންނެވެ. ހުވަނދު ބޭނުން ކުރަން ފުރަތަމަ ފެށުނީ ދުންދަނޑީގައާއި ގައިގައި ލުމަށެވެ. ގައިގައި ހުވަނދު ބޭނުން ކުރަނީ ބޭސްވެރިކަމުގެ ގޮތުންނާއި މީރުވަސް ދުއްވުމަށެވެ. މި ސަގާފަތް ...
މާފުށީ ޖަލުގައި މިހާރު ކުރަމުންދާ ބަނޑު ހައިހޫނު ހަޅުތާލަށް 7 ހަތް ދުވަސް ވެފައި ވާއިރު މާލޭގައި ހުންނަ އަތޮޅުވެހީގައި ބަޑުހައި ހޫނުކަމުގެ ހަޅުތާލެއް މިއަދު ފަށައިފި އެކަން ގޯހުން ގޯހަށް ދާން ފަށައިފި އެވެ.
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުވެހީގައި ތިބި ...
މިހާރު ގޯސްވެފައިވާ ޖަލުގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅުއްވައިފި އެވެ.
އައްޑުއަތޮޅު މެންބަރ މުހައްމަދު އަސްލަމް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން އެޕެޓިޝަން ހުށަހަޅުއްވަން މަސައްކުރެއްވުމުން މަޖިލީހުގެ ރިޔާސަތުން ރައީސް އަހުމަދު ޒާހިރު އެކަން ހުއްޓުވާ ޤަވައިދުގެ ...
” ތިން އިރު ކާލައިގެން ޓީވީބަލަން ތިބެންވީތަ؟ “ ޖަޒީރާގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މާފުށީ ޖަލުގެ ތިން ނަމްބަރު ޔުނިޓްގައި އުމުރަށް ހުކުމް ކޮށްފައިވާ މީހަކު ބުންޏެވެ.
އުމުރުން 29 އަހަރުގެ އެ ޒުވާނާ ހަށިގަނޑު ވަރުގަދަ ވެފައި ބިޔަ އެވެ. އޭނާގެ ...
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތަށް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމަށްޓަކައި ދިރާސާކޮށް ބެލުމަށް މާލިއްޔަތާ ބެހޭ ކޮމެޓީއާ ޙަވާލުކުރުމަށް ހުށަހަޅައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ...