ތ.ކިނބިދޫ އޮފީސް ދޮށަށް މިދިޔަ މާޗް މަހު އެއްވި ރައްޔިތުން ރޫޅާލުމުގައި ގަސްދުގައި ބައެއް މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކިނބިދޫގައި މާރޗް 29 ވަނަ ދުވަހު ހިނގި ހަމަނުޖެހުން ދިރާސާކޮށް ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ...
ރައްޔިތުންގެ ޚާއްޞަ މަޖިލިށް އެއްކުރެވިފައިވާ ގޮތުން ޤާނޫން އަސާސީ އިސްލާހްކޮށް ބައިތައް ވަކިވަކިން ތަސްދީޤް ކުރަން ފޮނުވާކަށް މިހާރު އޮތް ޤާނޫން އަސާސީން އެއްވެސް ވަރަކަށް ތަނެއް ނުދޭ ކަމުގައި ދިވެހިރައްޔިތުންގެ ޕާޓީން ބުނެފި އެވެ.
ބުދަ ދުވަހު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ...
ރައީސުލްޖުމްހޫރއިްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަށް ވަރަށް ހުތުރު ބަހުން ފާޑު ކިޔާފައިވާ އިމާދު ޞާލިހަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން, ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ހަވާލުކުރައްވައިފި އެވެ.
ރައްޔިތުންމަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު ކަމަށް އިމާދު ސާލިޙް ހަމަޖެއްސުމާ ގުޅިގެން އޭނާ ...
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ގެ ޑިރެކްޓަރ ޖެނެރަލް މަގާމު އަދާކުރައްވަމުންގެންދަވާ އަބުދުލް ޣަފޫރު އިބްރާހީމް ސަރުކާރުން ވަކިވެޑައިގެންނެވުމަށް އިސްތިއުފާ ހުށަހަޅުއްވައިފި ކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން ބުނެފި އެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ބޭފުޅަކު ...
ރާއްޖޭގެ ސްކޫލް ތަކުގައި ކީރިތި ޤުރްއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށްޓަކައި މުޤައްރަރުތައް އިޞްލާޙް ކުރެއްވުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދާކަމަށާއި މިމަސައްކަތް ނިމުމުން ކީރިތި ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ގްރޭޑް1 ން 7އަށް ކިޔަވައިދޭން ފެށޭނެ ކަމުގައި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫން ...
ދިވެހި ރާއްޖެއާ ބޭރުގެ ގައުމުތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން )މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2( އަންނަ އާދިއްތަ ދުވަހު ފާށާނެ އެވެ.
ހާރިޖީ ވުޒާރާއިން ބުނީ މިބައްދަލުވުމަކީ 2010ގައި އދ.ގެ ފަގީރުގައުމުތަކުގެ ލިސްޓުން ރާއްޖެއުނި ކުރުމަށް ނިންމާފައިވާއިރު, ރާއްޖެއަށް ލިބޭ ...
މާލޭގައި ހުންނަ އެންމެ ބޮޑު އެއް ސުކޫލުކަމުގައި ވާ މަޖީދިއްޔާ ސުކޫލުގައި މިއަދު ހެދުނު ގާތްގަނޑަކަށް 10 ޖަހައި އެހައި ކަންހާއިރު އަލިފާންގެ ހާދިސާއެއް ހިގައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރސްވިސްގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ހިފާފައި ހުރީ އެސްކޫލުގެ ފުރަތަމަ ބުރީ ފާޚާނާތެރޭގައި ...
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަކުރުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލްގެ އެތެރެއާއި ގޯތިތެރޭ ދުންފަތުގެ އިސްތިއުމާލުކުރުން މިއަދު ފެށިގެން މަނާ ކޮށްފި އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައިވަނީ އެ ހޮސްޕިޓަލުގައި ދުންފަތުގެ އިސްތިއުމާލުކުރުން ...
އަންހެނުންގެ އިއްފަތްތެރިކަން ގެއްލޭފަދަ އިޝްތިހާރުތައް ކުރަމުން ގެންދާތީ އަދާލަތުޕާޓީން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ޖަލީލާ ބައްދަލުކޮށްފި އެވެ.
އަދާލަތު ޕާޓީގެ ވަގުތީ އިސްތަރުޖަމާން އަދި ޤާނޫނީ ވަކީލު އަސަދުﷲ ޝާފިއީ ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ބުދަދުވަހު ވިދާޅުވީ އިޝްތިހާރުތަކާ ނުގުޅޭ ...
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ) މަސީ(ގެ އާއްމު ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
ރޭ 9ގައި ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަންގެ )ޝީ ބިލްޑިންގ(ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސީގެ އާއްމުޖަލްސާ ކެންސަލްކުރެއްވީ ކޯރަމްހަމަ ނުވެގެން ކަމަށް މަސީގެ ރައީސް އަބްދުﷲ މުޙައްމަދު ...