
ޒަޚަމް ތަކަކާއެކު މަރުވެފައި އޮއްވާ އަތޮޅުވެއްސާ ދިމާ މޫދުން ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ މަރުގެ ޙަޤީގަތް ދެނެގަތުމަށްޓަކައި, ދިވެހިސަރުކާރުން އޭނާގެ ހަށިގަނޑު ލަންކާއަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހަދާއިރު ފުލުހުންނާއި ދިވެހި ސަރުކާރު އަދި ހިއުމަންރައިޓްސް ކޮމިޝަންގެ ބޭފުޅުން ބައިވެރިކޮށްގެން ވަރަށް ...
ހަބީބް ބޭންކުން 7.5 މިލިއަން ޑޮލަރު (100 މިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ޔޮޓްޓުއާރސް މޯލްޑިވްސް އަށް ދީފިއެވެ.
މިއަދު މެންދުރު ހަބީބް ބޭންކުގައި މިކަމަށްޓަކައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މިލޯނު އެއްބަސްވުމުގައި ޔޮޓްޓުއާރސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޢަބްދުﷲ ޖާބިރެވެ. އަދި ...
ފައިސާގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރެފައިވާ ތިން އަމުރަކަށް ފުލުހުން އަމަލުނުކުރުމުން މ. މުލީ ކޯޓުގައި ބަލަމުންދާ މައްސަލައެއް ނުބެލިވާތާ ފަސް މަސްވެއްޖެ ކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ބުނެފި އެވެ.
ސުނާމީގައި ގެއްލުން ލިބުނު ގެތަކެއް ...
އެއަރޕޯޓްގައި އެކްސިޑެންޓެއް ހިނގާ އައިލެންޑް އޭވިއޭޝަންގެ ޑޯނިޔާ މަތިންދާބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢިލް ސުޖާޢު ވިދާޅުވީ އިއްޔެ މެންދުރު ހިނގި މިހާދިސާ ހިނގާފައި ވަނީ ޓްރާންސް މޯލްޑިވްސް އެއަރވޭސްގެ ފޮށިއުފުލާ ވެހިކަލަކުން ޑޯނިޔާ ...
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ގައުމީ މަޖުލީހުން ފާސްކޮށްގެން މާދަމާ ރާއްޖޭގައި ބާއްވާ މުޒާހަރާގައި އަތޮޅުތެރޭގެ ދާއިރާތަކުންނާއި ގޮފިތަކުން ބައިވެރިވާނެ ކަމަށް އެފަރާތުން ބުނެފި އެވެ.
އެމްޑީޕީން ބުނީ މާދަމާ ހަވީރު 4ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާގައި މިހާތަނަށް ބައިވެރިވާނެ ކަމަށް ދެދާއިރާއަކުންނާއި އެއްގޮފިން ވަނީ ...
ޓެލެވިޒަން މޯލްޑިވްސް އިން އެތަނުގައި މަސައްކަތް ކުރި ތިން ޕްރޮޑިއުސަރަކު ގަވައިދާ ޚިލާފަށް ވަޒީފާއިން ވަކި ކުރިކަމަށް ބުނާ މައްސަލާގައި ޓީ.ވީ.އެމް އާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތަކުގެ ތެރެއިން މިއަދު ބޭއްވި ތިން އަޑުއެހުމުގެ ތެރެއިން ދެއަޑު އެހުމެއް ދައުލަތުގެ ވަކީލުން ...
މިއަހަރުގެ ޖެނުއަރީ މަހަށްވުރެ ފެބުރުއަރީ މަހު ރާއްޖޭގެ އިންފުލޭޝަން)ތަކެތީގެ އަގުމައްޗަށް ދިއުން( ރޭޓް ދަށަށް ގޮސްފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިންގް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުން ދައްކައިދޭ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓްވަނީ ފެބުރުއަރީ މަހު ...
މަގުމަތީގެ ރައްކާތެރިކަމާބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހޭލުންތެރި ކުރުމުގެ ހަރަކާތެއް ރާއްޖޭގައި މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން ބުނެފިއެވެ.
ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ މިމަހުގެ 23 ...
އެފް އޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ފާއިތުވެދިޔަ ދެއަހަރު ހޯދި ތަށި މިލުކު ކުރުމަށްޓަކާ ނިއުރޭޑިއަންޓް ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލުގައި އިއްޔެ ހަވީރު ކުޅެވުނު ފޯރިގަދަ މެޗުން ނިއު މޮޅުވީ ވިކްޓަރީ އާއި ވާދަކޮށް 1 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 71 ...
އިއްޔެގެ މެޗުގައި ޔޫގެންޑާގެ ފޯވަޑް ކަސިރީ އިދުރީސްގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށާއި އޭނާއަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް ނިއުގެ ކޯޗު ގާޑް ބުނެފި އެވެ.
ސީޒަންގެ ކުރީކޮޅު އޭނާ ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހިގެން ތަކުރާރުކޮށް ވާހަކަ ...