

މިއަދު ފެށި އޯލް ޕާޓީ ޓޯކްސް ސިފަކުރެވެނީ އިންޓަނޭޝަނަލް ކޮމިއުނިޓިއަށް ދައްކާލާ ޑްރާމާއެއް ގޮތަށްކަމަށާއި ދެ ދައުރަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައި ހުރި މީހަކު އަލުން ރާއްޖޭގެ ވެރިކަން ކުރުން އެއީ ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުންކަމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ރައީސް ...
އަހުމަދު މުހްސިން އަދި ޢަބްދުﷲ ފާއިޤް
ހާއްސަ މަޖިލީހުގައި ތިއްބަވާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 16 މެމްބަރުން ސިޔާސީ ފަސް ޕާޓީއަށް ބަލާހުމަށް މިއަދު ފެށި ޕާޓިތަކުގެ ބައްދަލުވުމުގައި ހުށަހަޅައިފި އެވެ.
އިސްލާމިކް ޑިމޮކްރެޓިކް ޕަޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ޤާނުން އަސާސީ އިސްލާހް ކުރުމަށް ...
މަސްއޫލިއްޔަތު ކުޑަކުރެއްވުމަށް ފަހު އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް އާއިޝަތު އާޒިމާ ޝުކޫރު, ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް މިއަދު އިސްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެމްބަރުކަން ކުރައްވާ އަދި ހޯމް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި އާޒިމާ އަށް ...
ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ކަމަށް ބުނެ, ސުންނަތަށް އުޅެމުންދާ މީހުންނަށް ފުރައްސާރަކުރަމުންދާ އިރު, ދީނުގެ ހުކުމްތަކަށް ބޯނުލަބާ ފަރާތްތަކަށް ފިޔަވަޅު ނާޅާތީ އެކަމަށް ލަވަކިޔުން ހުއްޓާލާފައިވާ ކުރީގެ މަސްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އަލީ ރަމީޒު ...
ހޮނިހިރު ދުވަހު ނިމިގެން ދިޔަ ރަށްކުރިއަރުވާ ކޮމެޓީ (ރކއ)ގެ އިންތިހާބުގައި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ދީފައި ނުވާވާތީ ހިތާމަ ކުރައްވާކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފި އެވެ.
ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ...
އަލަށް އެކުލަވާލާ ގާނޫނު އަސާސީގެ, އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 15 ވަނަ މާއްދާއަށް މެންބަރުން ހުށަހެޅުއްވި އިސްލާހުތަކާއި އެކު އެ މާއްދާ ފާސްކޮށްފި އެވެ.
ރޭ އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 189 ވަނަ ޖަލްސާގައި 15 ވަނަ މާއްދާގެ (ހ) ޑްރާފްޓުގައިވާ ...
ގާނޫނު އަސާސީ އިސްލާހުކުރުމުގެ ހަގީގީ މަސައްކަތް ފެށުމާއެކު އުއްމީދުކުރެވުނީ އެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ހިނގައިދާނެކަމަށެވެ. ސަބަބަކީ ފުރަތަމަ ދެ ޖަލްސާއެއްގައި ވަރަށް އެކުވެރި ރޫހެއްގައި މަސައްކަތް ދިއުމާއެކު އެ ރޫހުގައި މަސައްކަތް ނިންމާލެވިދާނެ ކަމަށެވެ. ނަމަވެސް ކަންތައް ދަނީ އުއްމީދުކުރިގޮތާ ޚިލާފަށެވެ. ...
ޖަލުން ނުކުމެގެން ކ. މާފުށީ ގެއެއް ފަޅާލައިގެން ދެ ކުށްވެރިއަކު ހަތަރު މޮބައިލް ފޯނު ރޭ ވަގަށް ގެންގޮސްފި އެވެ.
ޖަލު ސަރަހައްދުގައި ހުންނަ ”ސަންޝައިން“ ގެ ފަޅާލައިގެން ހަތަރު ފޯނު ވަގަނށް ގެންގޮސްފައިވާނީ ރޭ ފަތިހު 4:00 އާއި4:30 އާ ދެމެދުގެ ވަގުތެއްގައި ...
ސައިކަލުގެ އެކިތަންތަނުގައި ސްޕީކަރު ހަރުކޮށްގެން ބާރަށް ލަވަޖަހަމުންދިޔަ ހަތަރު ސައިކަލެއް ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ އާންމު ފަރާތަކުން ލިބުނު މައުލޫމާތުގެ އަލީގައި މި ހަތަރު ސައިކަލް ހިފެހެއްޓުނީ މިހާރު ކުރިއަސް ގެންދާ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
” މިސައިކަލުތަކުގެ މަޑިދަށުގައި ސްޕީކަރުތައް ...
މިހާރު ވެރިކަމުގައި ހުންނެވި މައުމޫން ޢަބްދުލް ޤައްޔޫމާ ވާދަކުރެއްވުމަށް, އެމްޑީޕީން އެންޑީޕީން ކަނޑައަޅާ ކެންޑިޑޭޓަކު ހޯދުމަށް ބާއްވާ އިލެކްޝަންގައި ބައިވެރިވާނެ ކަމަށް, އެ ޕާޓީގެ ނާއިބް ރައީސް އިބްރާހިމް ހުސައިން ޒަކީ ވިދާޅުވެއްޖެ އެވެ.
ޖަޒީރާއަށް މިއަދު ދެއްވި އިންޓަރވިއު އެއްގައި ޒަކީ ވިދާޅުވީ ...